ސައުތު އޭޝިއަން ޔޫތު މިކްސް ޑަބަލްސް އިވެންޓްތަކުން ހަލަފް، ދީމާ އަދި އަލްސާ ފައިނަލަށް

Apr 11, 2026, 8:46 AM
ގައުމީ ޓީޓީ ޓީމުގެ އަލްސާ (ކ)، ހަލަފް (މ) އަދި ދީމާ

ގައުމީ ޓީޓީ ޓީމުގެ އަލްސާ (ކ)، ހަލަފް (މ) އަދި ދީމާ

އިންޑިއާގެ ޝިމްލާގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް މުބާރާތުގެ ދެ އުމުރުފުރާއެއްގެ މިކްސް ޑަަބަލްސް އިވެންޓްތަކުން، ރާއްޖޭގެ މުހައްމަދު ހަލަފް ރާފިއު، ފާތިމަތު ދީމާ އަލީ އަދި އައިޝަތު އަލްސާ ނާފިޒު ފައިނަލަށް ދަތުރުކޮށްފި އެވެ. 

މި ދެ އިވެންޓްގައި ވެސް ދެކުނު އޭޝިއާ ގައުމުތަކުގެ ފަސް ޕެއާ އަކުން ވަނީ ވާދަކޮށްފަ އެވެ. 

އެ ގޮތުން، 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓްގެ ސެމީ ފައިނަލުގައި، ހަލަފް އާއި އަލްސާގެ ޕެއާ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި 3-1 އިން ސްރީ ލަންކާގެ ސަނޮން މެނޮވެލްގޭ އާއި ޗަނޫކީ ކަރްޔަވަސަމްގެ ޕެއާ ބަލިކޮށްފަ އެވެ. ފަހަތުން އަރައި ހަލަފް އާއި އަލްސާ މޮޅުވި މި މެޗުގެ ސެޓުތައް ގޮސްފައިވަނީ، 11-07، -5-11، 8-11 އަދި 10-12 އިިންނެވެ. މިއަދު ކުޅޭ މި އިވެންޓްގެ ފައިނަލުގައި އަލްސާ އާއި ހަލަފްގެ ޕެއާ ކުޅޭނީ އިންޑިއާގެ އަދިތުޔާ ދާސް އާއި އަންކޮލިކާ ޗަކޮރަބޯތީގެ ޕެއާއާ އެވެ. 

Advertisement

ނަވާރަ އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓްގައި، ހަލަފް އާއި ދީމާގެ ޕެއާ ވަނީ، ސެމީ ފައިނަލުގައި ބަންގްލަދޭޝްގެ އަބުލް ހަސީބް އާއި ކޮއީ ސައިގެ ޕެއާ އަތުން 3-0 އިން މޮޅުވެފަ އެވެ. މި މެޗުގެ ސެޓުތައް، ހަލަފް އާއި ދީމާގެ ޕެއާ އިން ކާމިޔާބުކުރީ 11-2، 11-6 އަދި 11-9 އިންނެވެ. ފައިނަލުގައި ހަލަފް އާއި ދީމާ ވާދަކުރާނީ އިންޑިއާގެ ޕްރިޔަނޫޖް ބަޗާރިޔާ އާއި ޖެނިފާ ވަރްގީސްގެ ޕެއާއާ އެވެ. 

މި މުބާރާތުގެ ޓީމު އިވެންޓުން ރާއްޖޭގެ 15 އަހަރުން ދަށުގެ އަންހެން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އަދި، މިކްސް ޑަބަލްސްގެ ދެ އިވެންޓުން ފައިނަަލަށް ދިއުމާ އެކު، އިތުރު ދެ މެޑަލް މި ވަނީ ޔަގީންވެފަ އެވެ. 

މި މުބާރާތަކީ، އަންނަ ޖޫން މަހު އޮމާންގެ ވެރި ރަށް، މަސްކަޓްގައި އޮންނަ އޭޝިއަން ޗެމްޕިއަންޝިޕުގެ ކޮލިފިކޭޝަނެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox