ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރިސޯޓުތައް ބަނގުރޫޓުވެ، މަސައްކަތްތެރިން މަގުމަތިވެދާނެ: ނަޝީދު

Aug 29, 2026, 9:48 PM
ރައީސް ނަޝީދު: ވިދާޅުވީ ސަރުކާރުން ދަނީ ގައުމު ބަނގުރޫޓު ކުރަމުން ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރައީސް ނަޝީދު: ވިދާޅުވީ ސަރުކާރުން ދަނީ ގައުމު ބަނގުރޫޓު ކުރަމުން ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރަން މަޖުބޫރު ކުރުމުން ރިސޯޓުތައް ބަނގުރޫޓުވެ، މަސައްކަތްތެރިން މަގުމަތިވެދާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އާމްދަނީގެ 40 ޕަސެންޓު މާރު ކުރަންޖެހުމުން ރިސޯޓުތައް ބަނގުރޫޓުވެ، ވަޒީފާތައް ގެއްލި، ރިސޯޓު ވިޔަފާރިއާ ގުޅިފައިވާ އެހެން ވިޔަފާރިތައް ބަނގުރޫޓުވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. 

"ވިޔަފާރިވެރިޔާއަށް ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރުމަށް މަޖުބޫރު ކުރުމުން އެ ވިޔަފާރިތައް ދެކޮޅު ނުޖެހި ބަނގުރޫޓުވެދާނެ. ވިޔަފާރިވެރިޔާ ބަނގުރޫޓުވީމާ މީހުންގެ ވަޒީފާތައް ގެއްލޭނެ. ރިސޯޓު ވިޔަފާރިއާ ގުޅުންހުރި ދެން ހުރި ހުރިހާ ވިޔަފާރިއަކަށް އަސަރު ކުރާނެ. މި ސަރުކާރު މި ގެންދަނީ ރާއްޖެ ބަނގުރޫޓު ކުރަމުން،" ނަޝީދު ވިދާޅުވެފައިވެ އެވެ. 

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރު ކުރަންޖެހުމުން އިންވެނސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމަށް ވެސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. 

"ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތަކަކީ ޑޮލަރުން ލޯނު އަދާ ކުރާ ބައެއް. އަދި ގިނަ ރިސޯޓުތަކަކީ ބޭރުގެ ބޭންކުތަކުން ލޯނު ހޯދައިގެން ތަރައްގީކޮށްފައިވާ ބޭރުގެ އިންވެސްޓްމެންޓުތައް. ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓު ކުރަނީ އެކަށީގެންވާ ފައިދާއެއް ލިބޭތީ. އެކަން ބަދަލުވެއްޖެ ނަމަ އިންވެސްޓަރުންގެ އިތުބާރު ގެއްލުމުގެ އިތުރުން ފަތުރުވެރިކަމުގެ މުސްތަގްބަލު ނުރައްކަލަކަށް ހުށަހެޅޭނެ،" އެމްޑީޕީއިން ނެރުނު އެ ބަޔާނެއްގައި ނަޝީދު ވިދާޅުވެފައިވެ އެވެ. 

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން މަޖޫބުރު މި ކުރީ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 23 ރުފިޔާއަށް އަރައި ދިވެހި ރުފިޔާގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާ ދަނޑިވަޅެއްގަ އެވެ. ސަރުކާރުން ތުހުމަތު ކުރަނީ ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރަނީ ރިސޯޓުތަކުން ކަމަށެވެ.

ނިމިދިޔަ ހަފުތާގައި އިއުލާނު ކުރީ ފިޔަވަޅުތަކެއްގައި، ސަރުކާރުން ވަނީ ރިސޯޓުތަކާއި އާންމުން ހިމެނޭ ގޮތަށް ކަޅު ބާޒާރާގުގައި ޑޮލަރު ވިއްކާ ވިޔަފާރިތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގައި ޝާމިލްވާ މީހުންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތު އަމާޒުކުރައްވައިފަ އެވެ. 

"ރާއްޖޭގެ ގާނޫނުގައި ބުނާ ގޮތުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް، ހުއްދަ ނުނަގައި ކުރުމަކީ ޖިނާއީ ކުށެއް. މާނައަކީ ހުއްދަ ނުނަގައި މަނީ އެކްސްޗޭންޖް ކުރުމަކީ ޖިނާއީ ކުށެކޭ. އެ ޖިނާއީ ކުށް ކޮށްގެން ހޯދާ ފައިސާ އަމިއްލަ ގޮތުގައި ބޭނުން ކުރުމާއި ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމާއި އޭގެ އިތުރު ފައިދާ ހޯދުމަކީ ރާއްޖޭގެ ގާނޫނުގައި މިވަގުތު ބުނާ ގޮތުން މަނީ ލޯންޑަރިން،" އޭނާ ވިދާޅުވި އެވެ. 

ޑޮލަރުން އާމްދަނީ ލިބޭ މީހުންނަށް ވެސް ހުއްދަ ނުނަގައި ޑޮލަރު މާރު ނުކުރެވޭނެ ކަމަށް އިއްޔެ ސަރުކާރުން ވަނީ ބުނެފަ އެވެ. 

"ހުއްދަ ނުނަގާ ޑޮލަރު އެކްސްޗޭންޖް ކުރުމަކީ ރާއްޖޭގެ ގާނޫނުގައި ޖިނާއީ ކުށެއް އެއީ. ވަކިވަކި ފަރުދުން ވެސް އެބަ ހިމެނޭ މީގެ ތެރޭގައި އިނގޭތޯ؟ މިސާލަކަށް އަޅުގަނޑަށް މުސާރަ ލިބެނީ ޑޮލަރުން އަޅުގަނޑު އަނެއްކާ ކަޅު ބާޒާރަށް ޑޮލަރު ވިއްކަނީ. އެއީ ހުއްދަ ނުނަގާ މަނީ ޗޭންޖް ކުރުން އެނގޭތޯ؟ ބައި ޑެފެނިޝަން،" އިހުސާން ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox