އީސަ ގަބޫލުކުރައްވާ ގޮތުގައި ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާނެ

ކުރީގެ މަޖިލިސް މެންބަރު އީސާ: އޭނާ ގަބޫލުކުރައްވާ ގޮތުގައި ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާނެ -- ފޮޓޯ: އަދަދު ފައިލް

ކުރީގެ މަޖިލިސް މެންބަރު އީސާ: އޭނާ ގަބޫލުކުރައްވާ ގޮތުގައި ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާނެ -- ފޮޓޯ: އަދަދު ފައިލް

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު އީސާ ވިދާޅުވެއްޖެ އެވެ. 

އަދަދު ނޫހުން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމުގައި އީސަ ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަނުކުރެއްވުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެއް ކަމަށެވެ. އެގޮތުން ރިޔާސީ ރޭހުގައި ނަޝީދު ވާދަކުރައްވާނެ ކަމަށް އީސަ ވިދާޅުވި އެވެ. 

"އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން އަޅުގަނޑު ގަބޫލުކުރަނީ މި ރިޔާސީ ރޭހުގައި ރައީސް ނަޝީދު ވާދަ ނުކުރުން އެއީ ވުމަށްވުރެ ނުވުން ގާތް ކަމެކޭ. ނުކުރުން އެއީ ވުމަށްވުރެ ނުވުން ގާތް ކަމެކޭ. އެނގޭތޯ. އަދި އެއަށްވުރެ މީހުންނަށް އަޑުއަހަން ފަސޭހަގޮތަކަށް ބަދަލުކޮށްލާނަން. ރައީސް ނަޝީދު ވާދަނުކުރުން އެއީ ނުވެ ނުދާނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އީސަ ވިދާޅުވި އެވެ. 

ސިޔާސީ މަސައްކަތަކީ ވަރަށް ޕްރޮފެޝަނަލް ހަމަތަކެއްގެ ތެރޭގައި ހިފަހައްޓައިގެން އޭނާ ކުރަމުންދާ މަސައްކަތެއްކަން ފާހަގަކުރައްވާ އީސަ ވިދާޅުވީ ހިތްހަމަނުޖެހޭ ކޮންމެފަހަރަކު އެއީ އެމީހަކާ ދެކޮޅަށް މަސައްކަތްކުރަން ޖެހޭ ކަމެއް ކަމަށް ދެކިގެން ނޫޅުއްވާ ކަމަށެވެ. 

މިގޮތުން ޕާޓީގެ ލީޑާޝިޕަށް ގެންނަން މަސައްކަތްކުރާ މީހަކީ އެމީހެއްގެ ސަބަބުން ގައުމަށާއި އެމްޑީޕީއަށް ފައިދާކުރާނެ ގާބިލު މީހަކަށްވާން ޖެހޭ ކަމަށާއި ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. 

"އަޅުގަނޑު ވަރަށް އުންމީދުކޮށްގެން މިހުންނަނީ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ޕްރައިމަރީއަށް ނުކުމެވަޑައިގަންނަވާނެ ކަމަށް. ވަރަށް އުންމީދުކޮށްގެން އަޅުގަނޑު މިހުންނަނީ. އެނގޭތޯ. އަޅުގަނޑު މަސައްކަތްކުރަން ގައުމު މިއޮތް ހާލަތުން ގައުމަށް އަރައިގަނެވޭނީ، މި ހާލަތު ބަދަލުކުރެވޭނީ މިހާރު އެމްޑީޕީގެ ޕްރައިމަރީއަށް ވާދަކުރައްވަން ތިއްބެވި ބޭފުޅުންނަށް ބަލާއިރު ތަޖުރިބާކާރު އެންމެ ބޮޑު ބޭފުޅަކީ އަޅުގަނޑު ގަބޫލުކުރަނީ އިބްރާހިމް މުހައްމަދު ސޯލިހު،" އީސަ ވިދާޅުވި އެވެ. 

އީސަ ވިދާޅުވީ ސިޔާސީ ދާއިރާގައި ކުރިއަށްދިޔުމަށް ނަޝީދު އާއި ސޯލިހުގެ އިތުރުން އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ވަރަށް ބޮޑަށް އެހީތެރިވެދެއްވި ކަމަށާއި އެކަމަށް އެ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރާ ކަމަށެވެ. 

އީސަ މިހެން ވިދާޅުވި ނަމަވެސް ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވާނެކަން ނަޝީދު ވަނީ މީގެ މާ ކުރިން އިއުލާންކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ތާއީދު ކުރައްވާނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއަށް ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox