އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން ތޮއްޔިބު ޝަހީމް އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރުކުރަނީ

ތޮއްޔިބު ޝަހީމް މީގެ ކުރިން ފުލުހަށް ހާޒިރުކުރި ދުވަހު -- ފޮޓޯ: ސަން އޮންލައިން

ތޮއްޔިބު ޝަހީމް މީގެ ކުރިން ފުލުހަށް ހާޒިރުކުރި ދުވަހު -- ފޮޓޯ: ސަން އޮންލައިން

ސޯޝަލްމީޑިއާ އެކްޓިވިސްޓު، އަދި އެޓޯލް ޕްރެސްގެ އެޑިޓަރު، ތޮއްޔިބު ޝަހީމް ސޯޝަލްމީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުވާން އަނެއްކާ ވެސް އަންގައިފި އެވެ.

އެކްސްގައި ތޮއްޔިބު ކުރި ޕޯސްޓަކާ ގުޅިގެން އޭނާ ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ މެންދުރުފަހު 2:00 ޖަހާއިރަށެވެ. މިއީ އެ މައްސަލައިގައި އޭނާ ފުލުހަށް ހާޒިރުކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ފުލުހަށް ހާޒިރުކުރީ ސެޕްޓެމްބަރު 26، 2024، ގަ އެވެ.

އޯގަސްޓު 21، 2024، ގައި އެކްސްގައި ތޮއްޔިބު ޕޯސްޓުކޮށްފައި ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، އެމަނިކުފާނު ހައްޔަރުކުރުމަށް އަސްލު ނޫން ކޯޓު އަމުރެއްގެ ދަށުން ހިންގި ހަރަކާތްތައް ތަހުގީގުކޮށް ތައްޔާރުކޮށްފައިވާ ކަމަށް ބުނާ ރިޕޯޓެއްގެ ހަތަރު ސަފުހާ އެވެ.

ތޮއްޔިބުގެ ފޯނު 17 ދުވަހަށް ހިފެހެއްޓުމަށްފަހު ދޫކޮށްލައިފި

ތައްޔިބު ވިދާޅުވީ މިޒަމާނުގައި ދިރިއުޅުމުގެ ހުރިހާކަމެއް ބިނާވެފައި އޮންނަނީ ފޯނާއި އެހެނިހެން އޮންލައިން އަދި އޮފްލައިން އެޕްލިކޭޝަންތަކަށް ކަމަށް. ނަމަވެސް އެނާގެ ފޯން ހިފެހެއްޓުމުން ދިރިއުޅުމަށް ކުރާ ހުރިހާ ކަމަކާއި ގުޅުންތައް ހުއްޓުނުކަމަށް.

އެ މައްސަލައިގައި ތޮއްޔިބުގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ސައްހަ ލިޔުމަކަށް ބަދަލު ގެނައުމާއި އެ ހަދާ ލިޔުން ނަކަލު ކުރުމުގެ އިތުރުން އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމުގެ ކުށް ކުރި ކަމަށެވެ. އެ ކުށަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ އަމަލެކެވެ.

އެ ތުހުމަތުގައި މީގެ ކުރިން ތޮއްޔިބު ފުލުހަށް ހާޒިރުކޮށް ބަޔާން ނެގުމަށްފަހު، އަނެއްކާ ފުލުހަށް ހާޒިރުކުރަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން އިތުރު ތުހުމަތުކޮށް ބަޔާން ނެގުމަށް ކަމަށް ތޮއްޔިބު މި ނޫހަށް ބުންޏެވެ.

ސޯޝަލްމީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކް ވަސީލަތްތައް ވެސް މީގެ ކުރިން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފެހެއްޓި އެވެ. އެ ތަކެތި ފުލުހުން ދޫކޮށްލީ 17 ދުވަސްފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox