ރައީސް އޮފީހުގެ ކުރީގެ މުވައްޒަފުގެ ޕާސްޕޯޓު ދޫކޮށްލުމަށްފަހު އަނެއްކާވެސް ހިފަހައްޓައިފި

ރައީސް އޮފީސް: އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގާ ގުޅިގެން ކަމަށް ބުނެ އެ އޮފީހުގައި މަސައްކަތްކުރި މުވައްޒަފެއްގެ ޕޯސްޕޯޓު ހިފެހެއްޓި މިއީ ދެވަނަ ފަހަރު - ފޮޓޯ: އަދަދު

ރައީސް އޮފީސް: އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގާ ގުޅިގެން ކަމަށް ބުނެ އެ އޮފީހުގައި މަސައްކަތްކުރި މުވައްޒަފެއްގެ ޕޯސްޕޯޓު ހިފެހެއްޓި މިއީ ދެވަނަ ފަހަރު - ފޮޓޯ: އަދަދު

އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ކަމަށް ބުނެ ފުރުން މަނާކުރި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފުގެ ޕާސްޕޯޓު ދޫކޮށްލުމަށްފަހު އަނެއްކާވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި  އެ މުވައްޒަފުގެ ޕާސްޕޯޓް އަދި ޓްރެވަލް ޑޮކިއުމަންޓްތައް ހިފަހައްޓާފައި ވަނީ މިއަދުން ފެށިގެން ނޮވެމްބަރު 26، ގެ ނިޔަލަށެވެ.

މިފަހަރު ވެސް އޭނާ ފުރުން މަނާކުރީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށެވެ. މީގެ ކުރިއެކޭ އެއްގޮތަށް މިފަހަރު ވެސް މައްސަލައިގެ ހަމައެކަނި ހެއްކަކަށް އޮތީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެކެވެ.

Advertisement

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ފުރުން މަނާކޮށްފި

"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ޖިނާއީ ތަހުގީގަކަށް، ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކާއި "އަދަދު" ނޫހުގެ އިސްވެރިންގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން ވަނީ ހިފަހައްޓާފައި. މި މައްސަލައިގައި ފުލުހުން ވަނީ އެ ނޫހުގެ އޮފީސް ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފައި.

އަދަދު އިން އައިޝާ ޑޮކިއުމެންޓްރީ ގެނެސްދިންތާ މަސް ދުވަސް ފަހުން، މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ފެށީ އެ ޑޮކިއުމެންޓްރީގައި ރައީސްއަށް ކުރި ތުހުމަތުތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއާ ސުވާލުކުރި ދުވަހު އެވެ. އެމަނިކުފާނު ދެއްވި ޖަވާބުގައި އެ ތުހުމަތުތައް ދޮގުކުރަމުން، އެ މައްސަލައިގައި ދައުވާކުރާނެކަމުގެ އިންޒާރު މުއިއްޒު ދެއްވި އެވެ.

ފުލުހުން ތުހުމަތުކުރަނީ އެ ޑޮކިއުމެންޓްރީގައި އަދަދު ނޫހުން މުއިއްޒުއަށް ގަޒްފުގެ ތުހުމަތުކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރު ހޯދަމުން ފުލުހުން ބުނެފައި ވަނީ އެ ޑޮކިއުމެންޓްރީ ތައްޔާރުކުރުމުގައި އަދި ޕަބްލިޝްކުރުމުގައި ހަރަކާތްތެރިވި އެންމެންނަކީ ގަޒްފު ކުރުމުގެ ކުށުގެ ތުހުމަތުކުރެވޭ މީހުން ކަމަށެވެ.

 މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އަދަދު ނޫހަށް ރެއިޑުކޮށް މި އޮފީހުގައި ނޫސްވެެރިކަން ކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ގެންގޮސްފަ އެވެ. އަދިވެސް، އެ ތަކެތި ވީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

އައިޝާ ޑޮކިއުމަންޓްރީގައި ކޮށްފައިވާ ތުހުމަތުތައް މުއިއްޒު ވަނީ އިއްޔެ ދޮގު ކުރައްވާފަ އެވެ. މި ޑޮކިއުމެންޓްރީ ގެނެސްދީފައިވަނީ ވާހަކަތައް ކިޔައިދޭ މީހާއަކީ ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox