ނޭޕާލަށް އެހީވާން މޯލްޑިވިއަން ރެޑް ކްރެސެންޓުން ހުޅުވާލައިފި

Aug 29, 2026, 9:41 AM
ނޭޕާލުގައި ކޯރެއް ބަންޑުންވެ ހިނގި ހާދިސާގައި ގެއްލުންވި ސަރަހައްދެއްގައި މީހަކު ހަރަކާތްތެރިވަނީ: އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 600 އަށް ވުރެ އިތުރުވެއްޖެ -- ފޮޓޯ: ގެޓީ އިމޭޖާސް

ނޭޕާލުގައި ކޯރެއް ބަންޑުންވެ ހިނގި ހާދިސާގައި ގެއްލުންވި ސަރަހައްދެއްގައި މީހަކު ހަރަކާތްތެރިވަނީ: އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 600 އަށް ވުރެ އިތުރުވެއްޖެ -- ފޮޓޯ: ގެޓީ އިމޭޖާސް

ނޭޕާލް/ޓިބެޓް ބޯޑަރު ސަރަހައްދުގައި ފެން ބޮޑުވެ ހިނގި ހާދިސާގައި އެ ގައުމަށް އެހީވާން މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) އިން ފަންޑެއް ހުޅުވާލައިފި އެވެ. 

މިދިޔަ ބުދަ ދުވަހު އެ ސަރަހައްދުގައި ފެން ބޮޑުވީ ފަރުބަދައަކުން ފޭބި ގާތަކެއް ކޯރަކަށް އެޅި، ކޯރު ބަންޑުންވުމުގެ ސަބަބުންނެވެ. އެ ހާދިސާގައި މިހާތަނަށް 626 މީހުން ވަނީ މަރުވެފަ އެވެ. އަދި ގެއްލުނު މީހުންގެ އަދަު 2500 އަށް ވުރެ މައްޗަށް ގޮސްފި އެވެ. 

"އެމްއާރްސީ ނޭޕާލް ސޮލިޑަޓަރީ ފަންޑު" ގެ ބޭނުމަކީ ކޯރު ބަންޑުންވުމުގެ ކާރިސާގައި އަސަރުކޮށްފައިވާ މީހުންނަށް ބޭނުންވާ ކުއްލި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ރެޑް ކްރެސެންޓުން ބުނެ އެވެ. 

އެ ފަންޑުން ލިބޭ ހުރިހާ ފައިސާއެއް، އިންޓަނޭޝަނަލް ފެޑެރޭޝަން ފޯ ރެޑް ކްރޮސް މެދުވެރިކޮށް ދޭނީ ނޭޕާލް ރެޑް ކްރޮސް ސޮސައިޓީއަށް ކަަމަށް އެމްއާރްސީ އިން ބުނެ އެވެ. 

ކޯރު ބަންޑުންވުމުގެ ހާދިސާގައި 93،000 މީހުންނަށް އެކި ގޮތްގޮތުން އަސަރުކޮށްފައިވާ ކަމަށް ނޭޕާލުގެ ސަރުކާރުން ބުނެ އެވެ. އޭގެ ތެރޭގައި ގެދޮރު ސުންނާފަތިވި މީހުންގެ އަދަދު ވެސް އެތައް ހާހަކަށް އަރަ އެވެ. 

އެ ހާދިސާގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ޗައިނާ އާއި އިންޑިއާ ސަރުކާރުން ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. ރެސްކިއު ޓީމުތަކުން މިހާތަނަށް 3700 މީހުން ސަލާމަތްކޮށްފައިވާ ކަމަށްވެ އެވެ. 

ގެއްލުނު މީހުންގެ ތެރޭގައި، ޓިބެޓުގެ ކައިލާޝް ފަރުބަދައަށް އަޅުކަން ކުރަން ދިޔަ ހިންދޫ ދީނުގެ މީހުން ވަރަށް ގިނަ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ. ގެއްލުނު ފަތުރުވެރިންގެ އަދަދު 777 އަށް އަރާ ކަމަށް ބައެއް ރިޕޯޓުތަކުން ބުނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox