ހިމަލަޔަން ބޯޑަރު ކާރިސާ: 1،500 މީހުން ގެއްލި، 165 މަރު

Aug 27, 2026, 1:16 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ހިމަލަޔަން ފަރުބަދަތަކުގެ ކައިރީގައި އޮންނަ ކޯރަކަށް ފަރުބަދައިގެ ބައެއް ކަނޑައިގެން ގޮސް ކުއްލިއަކަށް ފައިބާ، ފެންބޮޑުވުމާ ގުޅިގެން ނޭޕާލާއި ޗައިނާގެ ޓިބެޓު ސަރަހައްދުން ގެއްލުނު މީހުންގެ އަދަދު 1500 އަށް އަރައިފި އެވެ.

ގެއްލުނު މީހުންގެ ތެރޭގައި 700 އަށްވުރެ ގިނަ ބޭރު ގައުމުތަކުގެ ރައްޔިތުން ހިމެނެ އެވެ.

ބުދަ ދުވަހު ހިނގި މި ހާދިސާގައި ނޭޕާލްގެ ވެރިރަށް ކަތަމަންޑޫ އާއި ޓިބެޓުގެ ލާސާއާ ގުޅުވައިދޭ، ގިނަ ބަޔަކު ބޭނުންކުރާ މަގެއް ވަނީ ސުންނާފަތިވެފަ އެވެ. މީގެ ސަބަބުން އެކި އަވަށްތަކާއި ވާދީތަކުގައި ތާށިވެފައި ތިބި އެތައް ހާސް ބަޔަކަށް އެހީގެ ސާމާނު ފޯރުކޮށްދިނުމަށާއި، ސަލާމަތްވި މީހުން ހޯދުމަށް ނޭޕާލްގެ ރެސްކިއު ޓީމުތަކުން މިހާރު ދަނީ ހެލިކޮޕްޓަރު ބޭނުންކުރަމުންނެވެ.

ފުލުހުން ލަފާކުރާ ގޮތުގައި މި ހާދިސާގައި މަރުވި މީހުންގެ އަދަދު 165 އަށްވުރެ މައްޗަށް އަރާނެ އެވެ.

"މީހުން ހޯދުމުގެ މަސައްކަތް އަލުން ފަށާފައިވާއިރު، އިތުރު ހަށިތައް ފެންނާނެ ކަމަށް ބެލެވޭތީ މަރުވި މީހުންގެ އަދަދު އިތުރުވާނެ،" ފުލުހުންގެ ތަރުޖަމާނު އަބީ ނާރަޔަން ކަފްލޭ ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

ނޭޕާލް ފަޅިން ގެއްލުނު 826 މީހުންގެ ތެރޭގައި ގާތްގަނޑަކަށް 500 ބޭރު ގައުމުތަކުގެ މީހުން ހިމެނޭ ކަމަށް ފުލުހުންނާއި ޓޫރިޒަމް އޮފިޝަލުން ވަނީ ބުނެފަ އެވެ.

ގެއްލިފައިވާ 24 އަށްވުރެ ގިނަ ގައުމުތަކުގެ ފަތުރުވެރިންގެ ތެރޭގައި އިންޑިއާގެ 177 މީހުން، އެމެރިކާގެ 63 މީހުން، އޮސްޓްރޭލިއާގެ 34 މީހުން، އިނގިރޭސިވިލާތުގެ 33 މީހުން އަދި ކެނެޑާގެ 25 މީހުން ހިމެނެ އެވެ.

މެލޭޝިއާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ ގައުމުގެ 55 ރައްޔިތަކާ ގުޅޭނެ ގޮތެއް ނެތް ނަމަވެސް، އެއްވެސް މީހަކު މަރުވިކަން ކަށަވަރުވެފައެއް ނުވެ އެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ ސީސީޓީވީން ބުރާސްފަތި ދުވަހު ރިޕޯޓުކުރި ގޮތުގައި ޓިބެޓުގެ ގީރޮންގް ކައުންޓީން 558 މީހުން ވަނީ ގެއްލިފަ އެވެ. އޭގެ ތެރޭގައި 260 ބޭރު ގައުމުތަކުގެ މީހުން ހިމެނެ އެވެ. ޗައިނާ ސަރުކާރުން ބުނެފައިވަނީ އެ ގައުމުން މަރުވި މީހުންގެ އަދަދު އަދި އުޅެނީ ތިނެއްގައި ކަމަށެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ގީރޮންގް ބޯޑަރު ސަރަހައްދުން ބާރު މިނުގައި އައި ޗަކައާއި ފެންގަނޑު ވަނީ އެތައް ބަޔަކާ އެކު ބާރު ސްޕީޑެއްގައި ކޯރެއްހެން ގޮސްފަ އެވެ. އަދި ފެންގަނޑު ތިރިއަށް ދަތުރުކުރި ވަރަކަށް ނޭޕާލްގެ ގިނަ އަދަދެއްގެ ގެދޮރާއި، މަގުތަކާއި ކަރަންޓު އުފައްދާ މަޝްރޫއުތައް ވަނީ ހަލާކުވެފަ އެވެ.

ނޭޕާލް ސިފައިންގެ ތަރުޖަމާނު ރާޖާ ރާމް ބަސްނެތް ވިދާޅުވީ، އެންމެ ބޮޑަށް އަސަރުކުރި ސަރަހައްދުތަކަށް އަވަށްޓެރި އިންޑިއާއިން ފޯރުކޮށްދިން ޓެންޓާއި ކާބޯތަކެތި ފަދަ ޒަރޫރީ ސާމާނު ހެލިކޮޕްޓަރު މެދުވެރިކޮށް ފޯރުކޮށްދެމުންދާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިފައިންނާއި ފުލުހުން ހިމެނޭހެން 5،000 އަށްވުރެ ގިނަ މީހުން ރެސްކިއު އޮޕަރޭޝަނުގައި ބައިވެރިވަމުންދާއިރު، ބުރާސްފަތި ދުވަހު އެކަނިވެސް 125 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ. އޭގެ ތެރޭގައި 20 ބޭރު މީހުން ހިމެނެ އެވެ.

ނޭޕާލްގެ ބޮޑުވަޒީރު ބަލެންދުރަ ޝާހު ވަނީ އެންމެ ބޮޑަށް ގެއްލުންވި އެއް ސަރަހައްދު ކަމަށްވާ ނުވަކޮޓްގެ ހާލަތު ބައްލަވާލެއްވުމަށް އެއްގަމު މަގުން އެ ސަރަހައްދަށް ވަޑައިގެންފައި ކަމަށް ބޮޑުވަޒީރުގެ އޮފީހުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވެ އެވެ.

ނޭޕާލްގެ އޮފިޝަލުންގެ ފުރަތަމަ ރިޕޯޓުތައް ބުނާ ގޮތުގައި އެ ސަރަހައްދަށް އައި ބިންހެލުމެއްގެ ސަބަބުން ގަނޑުފެންގަނޑެއްގެ ތިރީ ބައި ކަނޑައިގެން ގޮސް ފެންބޮޑުވުމަށް މެދުވެރިވީ އެވެ.

ނަމަވެސް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި ކުރިން 4.4 މެގްނިޓިއުޑްގެ ބިންހެލުމެއް ކަމަށް ރިޕޯޓުކުރެވުނީ، ގަނޑުފެނާއި ހިލަތައް ކަނޑައިގެން ދިއުމުގެ ސަބަބުން އުފެދުނު ލޮޅުމާ ގުޅިގެންނެވެ.

ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ގީރޮންގް ސަރަހައްދުގައި އޮތް ފެންގަނޑެއްގެ ސަބަބުން އިތުރު ނުރައްކަލެއް އޮތްކަން ފާހަގަކޮށްފަ އެވެ. ކުރިއަށް އޮތް ތަނުގައި ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ، މިކަމުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ހުރަސް އެޅިދާނެ ކަމަށް ސީސީޓީވީން ރިޕޯޓުކުރެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުވެސް ޓިބެޓުގެ ޕިއުރެޕާ ގްލޭޝިއާ މަތީގައި އޮތް ފެންގަނޑެއް ބަންޑުންވެގެން ނޭޕާލަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ކާރިސާތަކާ ބެހޭ އެޑްވައިޒަރަކު އެ ސަރަހައްދަށް ފޮނުވަމުންދާ ކަމަށާއި، 500،000 ޑޮލަރުގެ އެހީ ފޯރުކޮށްދޭނެ ކަމަށެވެ.

ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ގައުމުން ވެސް މި ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، މިއީ "ވަރަށް ބޮޑު ހިތާމައެއް" ކަމަށެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ، ހާލުގައި ޖެހިފައިވާ ނޭޕާލްގެ ރައްޔިތުންނަށް އެހީތެރިވުމަށް އދ. ގެ ޓީމުތަކުން ސާމާނާއި މީހުން ފޮނުވަމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox