ހިމަލަޔަން ބޯޑަރުގައި ބޮޑު ކާރިސާއެއް: 96 މަރު، އެތައް ސަތޭކަ ބަޔަކު ގެއްލިފައި

Aug 27, 2026, 7:30 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ހިމަލަޔަން ބޯޑަރު ސަރަހައްދުގައި ބުދަ ދުވަހު ފަރުބަދައަކުން ބޮޑު ބައެއް ކަނޑައިގެން ގޮސް ކޯރަކަށް ފޭބުމުގެ ސަބަބުން ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގައި، މަދުވެގެން 95 މީހުން މަރުވެ، ސަތޭކައަށްވުރެ ގިނަ ފަތުރުވެރިން ގެއްލިއްޖެ އެވެ.

މި ކާރިސާއާ ގުޅިގެން އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބޯޑަރު ސަރަހައްދުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ފެނާ އެކު އޮޔާ ގޮސްފަ އެވެ. ދެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި މަރުވި މީހުންގެ އަދަދު މިއަށްވުރެ މާ މަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

މި ހާދިސާގައި ނޭޕާލްގެ ގިނަ އަދަދެއްގެ ގެދޮރާއި، މަގުތަކާއި ކަރަންޓު އުފައްދާ މަރުކަޒުތައް ފެނާ އެކު ގޮސްފައިވާއިރު، ޓިބެޓުގެ އޮފިޝަލުން ވިދާޅުވީ ގީރޮންގް ކައުންޓީގެ ބޯޑަރު ސަރަހައްދަށް ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި ގިނަ ބަޔަކު މަރުވެފައިވާނެ ކަމަށް ބެލެވޭ ކަމަށެވެ.

Advertisement

ނޭޕާލްގެ ފޮރިން މިނިސްޓަރު ޝިޝިރު ޚާނާލް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ބުދަ ދުވަހު ވިދާޅުވި ގޮތުގައި، މި ފެންބޮޑުވުން މެދުވެރިވީ އެ ސަރަހައްދަށް އައި ބިންހެލުމެއްގެ ސަބަބުން ސުނޯގަނޑެއް ކަނޑައިގެން ދިއުމާ ގުޅިގެން ކަމަށް ބައެއް ރިޕޯޓުތައް ބުނާ ކަމަށެވެ.

ނޭޕާލާއި ޓިބެޓުގެ ބޯޑަރުގެ ޗައިނާ ފަޅީގައި ހަރުކޮށްފައިވާ ސަލާމަތީ ކެމެރާތަކުން ފެންނަ ގޮތުގައި، ހިލަޔާއި ޗަކަ އާއި ފެންގަނޑު އައިސް އިމާރާތްތަކާއި އުޅަނދުތައް ސުންނާފަތިކޮށްލުމުގެ ކުރިން ގިނަ ބަޔަކު އެ ސަރަހައްދުން ސަލާމަތްވާން ދުވަމުން ދިޔަ އެވެ.

ބިމުގެ 2،000 މީޓަރު (6،560 ފޫޓު) މަތިން އޮހިގެން އައި މި ކަޅު ފެންގަނޑާ ގުޅިގެން، ނޭޕާލާ ބޯޑަރު ހިއްސާކުރާ އިންޑިއާގެ އުއްތަރު ޕްރަދޭޝް އަދި ބިހާރު ސްޓޭޓަށް ވަނީ ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ނެރެފަ އެވެ.

ބިހާރުގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި ހަ ޑިސްޓްރިކްޓަކުން މިހާތަނަށް 5،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު، ޖުމްލަ 10،000 އާއި 12،000 އާ ދެމެދުގެ އަދަދަކަށް މީހުން ބަދަލުކުރުމަށް ވަނީ ރޭވިފަ އެވެ.

ނޭޕާލްގެ ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އެ ސަރަހައްދުން ގެއްލުނު މީހުންގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 341 ފަތުރުވެރިން ހިމެނެ އެވެ. މީގެ ތެރޭގައި އިންޑިއާގެ 100 އަށްވުރެ ގިނަ މީހުންނާއި، އެމެރިކާގެ ތިން މީހަކާއި އިނގިރޭސިވިލާތުގެ 12 މީހަކު ހިމެނެ އެވެ. މީގެ އިތުރުން އެ ސަރަހައްދުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ވަނީ ގެއްލިފަ އެވެ.

ނޭޕާލް ފުލުހުން ބުނި ގޮތުގައި ރެސްކިއު ޓީމުތަކުން މިހާތަނަށް 95 މީހެއްގެ ހަށިގަނޑު ވަނީ ހޯދާފަ އެވެ. އަދި ޒަޚަމްވި 65 މީހަކަށް އެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި ވެރިރަށް ކަތަމަންޑޫގެ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެ އެވެ.

ދެކުނު ކޮރެއާއިން ބުނި ގޮތުގައި އެ ގައުމުގެ ހައިޑްރޯޕަވަރު ޕްލާންޓެއްގައި މަސައްކަތް ކުރަމުންދިޔަ އަށް މީހަކު ވެސް ވަނީ ގެއްލިފަ އެވެ.

ބިންގަނޑު ކަނޑައިގެން ދިޔަ ސީދާ ސަބަބު އަދި ކަށަވަރު ނުވި ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރު ފޯ ޖިއޯސައިންސަސް (ޖީއެފްޒެޑް) އިން ބުނީ ސީސީޓީވީ ފޫޓޭޖުން ފެންނަ ވަގުތުގެ ހަތް މިނެޓު ކުރިން އެ ސަރަހައްދަށް 4.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox