ނޭޕާލްގައި ތިން އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލައިފި

Aug 25, 2026, 7:31 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ނޭޕާލްގެ މަދޭޝް ޕްރޮވިންސްގައި އުމުރުން އެންމެ ތިން އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، މަރާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަންބޮޑުވުން އުފެދިއްޖެ އެވެ.

މަދޭޝް ޕްރޮވިންސްއިން އެ ކުއްޖާ ގެއްލިގެން ހޯދާތާ ތިން ދުވަސް ފަހުން، މިދިޔަ ހަފުތާގައި އެ ކުއްޖާ މަރުވެފައި އޮއްވާ ފެނުނު ހާދިސާއާ ގުޅިގެން އެ ގައުމުގައުި ދަނީ މުޒާހަރާތައް ކުރަމުންނެވެ. 

މި މައްސަލައާ ގުޅިގެން މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ސަރަހައްދުގެ ފުލުހުންގެ ތަރުޖަމާނަކު ބުނެފައިވެ އެވެ.

މި އަނިޔާވެރި އަމަލާ ގުޅިގެން ގާނޫނީ އިސްލާހުތަކަށް ގޮވާލާ އަޑުތައް ގަދަވެފައިވާއިރު، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފުރާވަރުގެ ކުއްޖެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި ލީކުވުމާ ގުޅިގެން، ތަހުގީގުގެ ކުރީކޮޅު ފުލުހުން އިހުމާލުވެފައިވާ ކަމުގެ ތުހުމަތުތައް ވެސް ވަނީ އަމާޒުވެފަ އެވެ.

އެ ވީޑިއޯގައި ފެންނަނީ ފުލުހުންގެ ބަންދުގައި ހުރި ފުރާވަރު އުމުރުގެ ތުހުމަތު ކުރެވޭ ކުއްޖަކު ބަޔާން ދޭ މަންޒަރެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހެއްގެ ވީޑިއޯ ލީކުވި ގޮތާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ނޭޕާލްގެ ސިމާރާ ސިޓީގައި ދުވަސްތަކެއް ވަންދެން ކުރިއަށްދިޔަ މުޒާހަރާތަކަށް ފަހު، އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިން ސަރުކާރުގެ ވަޒީރުންނާ ބައްދަލުކޮށް، މިދިޔަ ހަފުތާ ބަންދުގައި ވަނީ ލިޔުމުން އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ.

މި އެއްބަސްވުމުގެ ދަށުން، ސީރިއަސް ކުށްތަކާ ގުޅޭ ގާނޫނުތައް މުރާޖައާ ކުރުމަށާއި، މަރުވި ކުއްޖާގެ ހަނދާނުގައި ބިނާއެއް ބިނާކުރުމަށް ސަރުކާރުން ވަނީ ވައުދުވެފަ އެވެ.

މި ހާދިސާއާ ގުޅިގެން، ކުޑަކުދިން ކުރާ ކުށްތަކާމެދު ނޭޕާލުން އަމަލުކުރާ ގޮތާ މެދު ބޮޑު ބަހުސެއް ވަނީ އުފެދިފަ އެވެ. އެގޮތުން ރޭޕް ނުވަތަ މަރުގެ ކުށް ސާބިތުވާ ކުޑަކުދިންނަށް ވެސް މިހާރަށް ވުރެ ހަރުކަށި އަދަބު ދިނުމަށް ބައެއް ކެމްޕޭނަރުން ދަނީ ބާރުއަޅަމުންނެވެ.

ނޭޕާލް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2017 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމުގެ 25،500 އަށްވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފަ އެވެ.

މި މައްސަލަތަކުގެ ތެރެއިން 3،200 އަށްވުރެ ގިނަ މައްސަލައަކީ އުމުރުން 10 އަހަރުން ދަށުގެ އަންހެން ކުދިންނަށް ކުރި ޖިންސީ އަނިޔާގެ މައްސަލަތައް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox