އަންނަ އަހަރު ފުޓްބޯޅައިން ރިޓަޔާކުރުމުގެ ފުރުސަތު ބޮޑު ކަމަށް ނޯޔާ ބުނެފި

Jul 31, 2026, 10:20 AM
ޖަރުމަނާއި ބަޔާން މިއުނިކްގެ ގޯލްކީޕަރު، މެނުއަލް ނޯޔާ.

ޖަރުމަނާއި ބަޔާން މިއުނިކްގެ ގޯލްކީޕަރު، މެނުއަލް ނޯޔާ.

މިއުނިކް (ޖުލައި 31) - އަންނަ އަހަރު ފުޓްބޯޅަ އިން ރިޓަޔާކުރުމުގެ ފުރުސަތު ބޮޑު ކަމަށް ބަޔާން މިއުނިކަށް ކުޅޭ ޖަރުމަނުގެ ގޯލްކީޕަރު، މެނުއަލް ނޯޔާ ބުނެފި އެވެ. 

އުމުރުން 40 އަހަރުގެ ނޯޔާ މިދިޔަ ސީޒަނަށް ފަހު ބަޔާންގެ ކޮންޓްރެކްޓް އާ ކުރިއިރު، އޭނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި ނިންމުން އުވާލައި، ދާދި ފަހުން އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ވޯލްޑް ކަޕްގައި ޖަރުމަނު ޓީމަށް ކުޅެފަ އެވެ. ވޯލްޑް ކަޕްގެ ގަދަ 32 ބުރުގައި ޕެރަގުއޭ އަތުން ބަލިވެ، ޖަރުމަނު މުބާރާތުން ކެޓިއިރު، އެ މެޗަށް ފަހު، ނޯޔާ ވަނީ، ތިން އަހަރު ތެރޭ، ދެ ވަނަ ފަހަރަށް ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ. 

އަނިޔާގެ މައްސަލަތަކުގެ ސަބަބުން މިދިޔަ ދެ ސީޒަނުގައި ވެސް ގިނަ މެޗުތަކެއް ގެއްލުނު ނޯޔާ ބުނީ، ކުރިއަށް އޮތް ސީޒަނަކީ އޭނާގެ ފަހު އަހަރަށް ވުން ވަރަށް ގާތް ކަމަށެވެ. 

Advertisement

"(މި ސީޒަނަށް ފަހު) އަހަރެން ރިޓަޔާކުރާނެ ކަމަށް ފެންނަނީ. 85 ޕަސެންޓް ކަންކަން ހިނގި ގޮތަށް ބަލާއިރު އަހަރެން ރިޓަޔާކުރުން އޮތް މިދިޔ ސީޒަނަށް ފަހު ވެސް. އެކަމަކު، ބަޔާންގައި މިހާރު އޮތް ސްކޮޑާއި ޓީމުގައި ތިބި ސްޓާފުންނާ އެކު މަސައްކަތް ކުރުން ވީ ވަރަށް ގަޔާވާ ކަމަކަށް،" ނޯޔާ ބުންޏެވެ. 

މިދިޔަ ސީޒަނުގައި ބަޔާނުން ވަނީ ޖަރުމަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފަ އެެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ބަޔާން ކެޓީ އެ މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ފަހަރު ހޯދި ޕީއެސްޖީ އަތުންނެވެ. 

ނޯޔާ އަށް މިދިޔަ ސީޒަނުގެ ގިނަ މެޗުތަކެއް ގެއްލުނުއިރު، ބަދަލުގައި ކުޅެން އަރައި، ދެ ވަނަ ކީޕަރު، ޖޯނަސް އާބިގް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ނޯޔާ ބުނީ، މެޗުތަކުގައި ކުޅެނީ މިއީ އެންމެ ފަހު މެޗޭ ހިތަށް އަރުވައިގެން އެ ވިސްނުމުގައި ނޫން ކަމަށެެވެ. 

"އެ ކަހަލަ ވިސްނުންތަކެއް ނުގެންގުޅެން. އަބަދުވެސް ޓީމު މޮޅުކޮށްދެވޭތޯ މަސައްކަތް ކުރަނީ. ކޮންމެ ވެސް ހިސާބަކުން ރިޓަޔަކުރަން ޖެހޭނެކަން އަބަދުވެސް ވިސްނަން،" ނޯޔާ ބުންޏެވެ. 

ޝާލްކާ ދޫކޮށް ނޯޔާ، ބަޔާނަށް ސޮއިކުރީ 2011 ވަނަ އަހަރު އެވެ.  ނޯޔާ، ބަޔާނާ އެކު މި ފަަހަރު ކޮންޓްރެކްޓް އާ މި ކުރީ އެމެރިކާ އާއި ސައުދީ އަރަބިއްޔާގެ ކްލަބްތަކުގެ ހުށަހެޅުންތަކެއް ދޫކޮށްލައިފަ އެވެ. 

ހަމުގެ ކެންސަރަށް ތިން ފަހަރު ފަރުވާ ހޯދި ނޯޔާ ވަނީ، ބަޔާނާ އެކު، ދެ ޗެމްޕިއަންސް ލީގު ހޯދުމުގެ އިތުރުން 13 ފަހަރު ޖަރުމަނު ލީގު ތަށި ހޯދައިފަ އެވެ. އަދި، ބަޔާނާ އެކު، ނޯޔާ ހޯދި ތަށިތަކުގެ ޖުމްލަ އަކީ، 33 ޓްރޮފީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox