ޕީއެންސީ މެންބަރުން ވިދާޅުވަނީ ކައުންސިލްތަކުން ވަކި ސަރުކާރު ހަދައިގެން ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އަޅާ ކަމަށް

ޖޫން 4، 2024؛ ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ޖޫން 4، 2024؛ ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރާއްޖޭގެ ކައުންސިލްތަކުން ވަކި ސަރުކާރުތަކެއް ގޮތަށް އޮޕަރޭޓުކޮށް، މައި ސަރުކާރުން ހިންގަން ނިންމާ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއަޅާ ކަމަށް ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކުން ބަލަހައްޓާ ބިންތައް ބޭނުންއިރަކު، ސަރުކާރަށް ނެގޭ ގޮތަށް އޮތް އިސްލާހު ފާސްކުރުމަށް ގޮވާލައި ސަރުކާރު އަޑީގައި އޮވެގެން މަޖިލީހަށް ހުށަހެޅި ޕެޓިޝަނަށް ބަހުސްކުރައްވަމުން ޕީއެންސީ މެންބަރުން ވަނީ ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މަޖިލީހުގައި މިއަދު ބަހުސްކުރައްވަމުން އޭދަދުށީ ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ސަލީމް ވިދާޅުވީ ރާއްޖޭގައި އޮންނަނީ ޔުނިޓަރީ ދައުލަތެއްކަން ބައެއް ކައުންސިލްތަކުން ހަނދާން ނައްތާލައިފައިވާ ކަމަށެވެ.

Advertisement

"އެ ޔުނިޓަރީ ދައުލަތް ބަދަލުވާ ކަހަލަ ގޮތަކަށް ބައެއް ކައުންސިލްތަކަށް ހީވާކަހަލަ ތިމަންނަމެން މިއީ ވަކި ސަރުކާރެކޭ އިއްޒަތްތެރި ރައީސް،  ތިމަންނަމެންނަކީ ވަކި ސަރުކާރެކޭ،" ސަލީމް ވިދާޅުވި އެވެ.

ކައުންސިލްތަކުގެ ނުފޫޒުން ރަށްރަށުގެ މެދުގައި ބައިބައިވުން އުފައްދާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ. ގައުމު އިސްލާހުކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކަންބޮޑުވަނީ މިހެން ދަމުންދަމުން ގޮސް ކުރިއަށް އޮތް 10 އަހަރުދުވަހުގެ ތެރޭގައި ކޮންމެ އަތޮޅެއް ވަކީން، ތިމަންނަމެންނަކީ ވަކި އަތޮޅެކޭ، ތިމަންނަމެންނަށް މައި ސަރުކާރުން ބާރެއް ނުފޯރުވޭނެޔޭ، މި ހިސާބަށް މި ކަންކަން ހިނގައިދާނެ،" ސަލީމް ވިދާޅުވި އެވެ.

އެ މައުލޫގައި ވާހަކަދައްކަވަމުން ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުލްލަތީފް މުހައްމަދު ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ކައުންސިލްތަކާ ހެދި ސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ނުހިންގިފައި އެބަހުރި ކަމަށެވެ.

"ސަރުކާރުން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް، ތަރައްގީއަށްޓަކައި ކުރަންޖެހޭ ވަރަށް ގިން ކަންތައްތައް ނުކުރެވިފައި އެބަހުރި އެ ރަށްރަށުގެ ބިންތައް ނުދީގެން، ނުވަތަ ހަމަޖައްސައިނުދީގެން." ލަތީފް ވިދާޅުވި އެވެ.

ކައުންސިލްތަކުން ބަލަހައްޓާ ބިންތައް ސަރުކާރަށް ނެގޭގޮތަށް ހުށަހެޅި ބިލު ޕީއެންސީގެ ފުރިހަމަ ތާއީދާއެކު ބަލައިގެންފި

ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލްތަކުގެ އިހުތިސާސުން ބިންތައް ވަކިކޮށް ސަރުކާރަށް ނެގޭގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

ސަރުކާރަށް ތާއީދުނުކުރާ ކައުންސިލަރުންގެ މެޖޯރިޓީ އޮތް ކައުންސިލްތަކުން ސަރުކާރަށް ޖެއްސުންކޮށް ފުރައްސާރަ ކުރަމުންދާ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.

ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭ ބިލާ އެއްކޮޅަށް ސަރުކާރު އަޑީގައި އޮވެގެން މަޖިލީހަށް ދެވަނަ ޕެޓިޝަނެއް ހުށަހެޅީ އެއް ކަމެއްގައި އެއް ފިޔަވަޅެއް އަޅަން ގޮވާލައި ކިތަންމެ ގިނަ ޕެޓިޝަނެއް ވެސް ހުށަހެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަދަލުކުރުމަށްފަހު އެވެ.

މަޖިލިސް ގަވާއިދަށް އެ ބަދަލު ގެނައީ ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭ ބިލާ އެއްކޮޅަށް ސަރުކާރު އަޑީގައި އޮވެގެން ފުރަތަމަ ހުށަހެޅި ޕެޓިޝަނަށް 855 މީހުންގެ ސޮއި ހަމަވުމާއެކު، އެ ޕެޓިޝަން ހުށަހެޅި ބޭފުޅާއަށް އޮޅިގެން ވަނީ އެ ޕެޓިޝަން ކޮމިޓީއަށް ފޮނުވުމުންނެވެ.

ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ސަރުކާރުން ފެށީ، އެ ބިލާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނެއްގައި ސޮއި ހަމަކޮށް މަޖިލީހުގެ ތަޅުމާ ހަމައަށް މައްސަލަ ގޮސްފައި ވަނިކޮށެވެ. ސޯޝަލް މީޑިއާ އެކްޓިވިސްޓު މިދުއަމް ސައުދު ހުށަހެޅި ޕެޓިޝަނުގައި އޮތީ އެ ބިލަކީ ލާމަޒުކަޒީ ގާނޫނޫގެ ރޫހާ ހިލާފު ބިލެއް ކަމަށް ބުނެ އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox