އޮޑި ސްޕޯޓްސް ކްލަބް އަށް އޭޝިއާގެ ތަޖުރިބާ ހުރި ޕޯޗުގަލްގެ ކޯޗެއް

Aug 6, 2026, 12:05 PM
އޮޑި ސްޕޯޓްސް ކްލަބާ ހަވާލުވާން އެއްބަސްވެފައިވާ، ޕޯޗުގީސް ކޯޗު ރުއީ ގްރެގޯރިއޯ.

އޮޑި ސްޕޯޓްސް ކްލަބާ ހަވާލުވާން އެއްބަސްވެފައިވާ، ޕޯޗުގީސް ކޯޗު ރުއީ ގްރެގޯރިއޯ.

އޮޑި ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ، ޕޯޗުގަލްގެ ރުއީ ގްރެގޯރިއޯ ހަމަޖައްސައިފި އެވެ. 

އުމުރުން 57 އަހަރުގެ ރުއީ ގްރެގޯރިއޯ ޓީމާ ގުޅެންދެން، އޮޑީގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަނީ އެސިސްޓަންޓް ކޯޗު، އަހުމަދު ފައްރާހު (ފައްރަ) އެވެ. 

އޮޑި ސްޕޯޓްސް ކްލަބުން ބުނީ، އާ ކޯޗު ވަރަށް އަވަހަށް ޓީމާ ގުޅޭނެ ކަމަށެވެ. 

ރުއީ ގްރެގޯރިއޯ ވަނީ ކޯޗިންގެ އެކި ޕްރޮޖެކްޓްތަަކުގައި، ޕޯޗުގަލް، މިޔަންމާ، ލެބަނަން، ސައުދީ އަރަބިއްޔާ، އިންޑިއާ އަދި އެންގޯލާގައި މަސައްކަތްކޮށްފަ އެވެ.

އެ ގޮތުން، މިޔަންމާގެ ޑްރެގަން ސްޓާ ޔުނައިޓެޑްގެ ހެޑް ކޯޗަކަށް އެންމެ ފަހުން މަސައްކަތްކުރި ރުއީ ގްރެގޯރިއޯ ވަނީ ލެބަނަންގެ ސަލާމް ޒްގާތާގެ ކޯޗުކަން ކުރުމުގެ އިތުރުން، ގާނާގެ ބެރަކޫމް ޗެލްސީގެ ކޯޗަކަށް ވެސް މަސައްކަތްކޮށްފަ އެވެ. ސައުދީ ޕްރޯ ލީގުގައި އަލް ތާވޫން ވާދަކުރިއިރު އެސިސްޓަންޓް ކޯޗަކަށް ހުރި ރުއީ ގްރެގޯރިއޯ ވަނީ މީގެ ކުރިން ތިން ސީޒަނެއްގައި ބެންގަލޫރުގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. 

ޕޯޗުގަލްގެ އެކި ޑިވިޝަންތަކުގެ ކްލަބްތަކުގައި މަސައްކަތްކުރި ރުއީ ގްރެގޯރިއޯ ވަނީ އެންގޯލާގެ ރެކްރެޓީވޯ ޑަ ކާލާގައި ވެސް މަސައްކަތްކޮށްފަ އެވެ. 

ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު، މިދިޔަ ސީޒަނުގައި އަލަށް ފުރަތަމަ ޑިވީޝަނުގައި ވާދަކުރި އޮޑިން ފުރަތަމަ ހަމަޖެއްސި ކޯޗަކީ، އޮސްޓްރޭލިއާގެ އިއަން އެންޑްރޫ ގިލަން އެވެ. އެ ޓީމު ގޮވައިގެން އެންޑްރޫ ފަރިތަކުރުންތައް ކުރިއަށްގެންދިޔަ ނަމަވެސް، އަމިއްލަ ކަމެއްގައި ފުރަން ޖެހުމުން މިދިޔަ އަހަރު މެއި މަހު ޓީމާ ވަކިވި އެވެ. މެއި މަހު ބޭއްވި ޕްރީ ސީޒަން މުބާރާތް، އެފްއޭއެމް ލީގު ކަޕްގައި އޮޑި އަށް ކޯޗުކޮށްދިނީ، އެސިސްޓަންޓަކަށް ހުރި، ފަރުހާދު އިސްމާއިލް (ފަރޭ) އެވެ. އެ މުބާރާތުގެ ފައިނަލުގައި އޮޑި ކުޅުނެވެ. 

އޭގެ ފަހުން، އޮޑިން ވަނީ ދިވެހި ޕްރިމިއާ ލީގު ފެށުމުގެ ކުރިން، ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުގެ ގައުމީ ލެވަލްގެ ކޯޗެއްގެ ގޮތުގައި، 2013 ގައި ކޯޗިން އަށް ނުކުތް ގާސިއާ ގެނެސްފަ އެވެ. ގާސިއާގެ ކޯޗުކަމުގައި ލީގުގެ ދެ ވަނަ ހޯދައި، އޮޑިން ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި އެވެ. އެކަމަކު، އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން ނިއު އަތުން ބަލިވީ އެވެ. އޮޑިން ވަކިވެ ގާސިއާ ހަވާލުވެފައިވަނީ، އޮމާން ލީގުގެ ސަހާމް ކްލަބާ އެވެ. 

އަށާރަ އަހަރަށް ފަހު، ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް ކަޕް ވިނާސް ކަޕް އެނބުރި އައިސްފައިވާއިރު، އެ މުބާރާތުގެ ދެ މެޗެއް ވަނީ ކުޅެފަ އެވެ. އެ ގޮތުން، އެ މުބާރާތުގައި ކުޅޭ ހަތަރު ޓީމުން ވެސް މި ސީޒަނުގެ ކުރިއަށް އޮތްތަނުގައި ނުކުންނަނީ ބިދޭސީ ކޯޗުންނާ އެކު އެވެ.

އެ ގޮތުން، މާޒިޔާގައި ހުރީ، ޗެކް ރިޕަބްލިކްގެ ކޯޗު، ތޯމްސް ޓްރޫޗާ އެވެ. ނިއުގައި، ސްޕެއިނުގެ ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ) ހުރިއިރު، ބުރުގައި ހުރީ، ސްޕެއިނުގެ ކޯޗު، ކްރިސްޓިއަން ރޮޑްރިގޭޒް އެވެ. އޮޑީގެ ކޯޗު، ރުއީ ގްރެގޯރިއޯ ވެސް ވަރަށް އަވަހަށް އެ ޓީމާ ގުޅޭނެ އެވެ. 

ކަޕް ވިނާސް ކަޕްގައި ކުޅުނު ފުރަތަމަ ދެ މެޗަށް ބަލާއިރު، ނިއު އިން ވަނީ 5-0 އިން ބުރު ބަލިކޮށްފަ އެވެ. އޮޑި އަތުން މާޒިޔާ މޮޅުވީ 2-1 އިންނެވެ. 

މުބާާރާތުގެ ދެ ވަނަ މެޗުތައް މިއަދު ކުރިއަށްދާއިރު، ހަވީރު ކުޅޭ މެޗުގައި މާޒިޔާ އިން ބުރުއާ ބައްދަލުކުރާނެ އެވެ. އަދި، މިރޭ އޮޑިން ކުޅޭނީ ނިއުއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox