ބުރު ދޫކޮށް ޖޭންނޭ އޮޑި ސްޕޯޓްސް ކްލަބަށް

May 4, 2026, 3:18 PM
ހުނަރުވެރި މިޑްފީލްޑަރު، އަބްދުﷲ ޖުނައިދު (ޖޭންނޭ).--- ފޮޓޯ: ބުރު ސްޕޯޓްސް ކްލަބް

ހުނަރުވެރި މިޑްފީލްޑަރު، އަބްދުﷲ ޖުނައިދު (ޖޭންނޭ).--- ފޮޓޯ: ބުރު ސްޕޯޓްސް ކްލަބް

ނިމިދިޔަ ސީޒަނުގައި ބުރު ސްޕޯޓްސް ކްލަބަށް ކުޅުނު މިޑްފީލްޑަރު، އަބްދުﷲ ޖުނައިދު (ޖޭންނޭ)، އޮޑި ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެ އެވެ. 

އޮޑި އަކީ ފުރަތަމަ ޑިވިޝަނުގައި ޖޭންނޭ ފެންނާނެ ފަސް ވަނަ ޓީމެވެ. އެ ގޮތުން، ލ. ގަމަށް އުފަން، ޖޭންނޭ އެންމެ ފުރަތަމަ ކުޅެފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށެވެ. ތިން ވަނަ ޑިވިޝަނުން ފާހަގަވި ޖެންނޭ، މާޒިޔާގެ ޒުވާން ޓީމަށް ވެސް ކުޅުމަށް ފަހު، އޭގެ ފަހުން، ސީނިއާ ޓީމަށް ވެސް ވަނީ ކުޅެފަ އެވެ. ސީނިއާ ޓީމުގައި ގިނަ މެޗުތަކެއްގައި ކުޅުނީ ބަދަލެއްގެ ގޮތުގަ އެވެ. 

އޭގެ ފަހުން، ފުރަތަމަ ޑިވިޝަނުގައި ޖޭންނޭ ވަނީ، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ އިތުރުން، ބުރު އަށް ކުޅެފަ އެވެ. 

ޖޭންނޭ ވަނީ މިދިޔަ ސީޒަނުގައި ބުރުން ރިލީސް ހޯދައިގެން، ޖެނުއަރީ މަހު، ތައިލެންޑުގައި ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް ވެސް ކުޅެފަ އެވެ. އަދި، އޭނާ ވަނީ، މީގެ ކުރިން، ކްލަބް ވެމްކޯ އަށް ފުޓްސަލް ކުޅެމުން، ކްލަބް މޯލްޑިވްސް ކަޕްގެ  ޗެމްޕިއަންކަން އެ ޓީމަަށް ހޯދައިދިނުމުގެ އިތުރުން، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ކިންގްގެ މަގާމު ވެސް ހޯދައިފަ އެެވެ. 

އޮޑިން ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދަައި، ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ފުރަތަމަ ސީޒަނުގައި ވަނީ، ފުރަތަމަ ކުޅުނު ޕްރީ ސީޒަން މުބާރާތް، އެފްއޭއެމް ލީގު ކަޕްގެ ދެ ވަނަ ހޯދައިފަ އެވެ. އޭގެ ފަހުން، ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް ދިޔައިރު، ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި އެވެ. އެކަމަކު، އެފްއޭ ކަޕްގައި ވަނީ ކުއާޓާ ފައިނަލުން ކަޓައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox