ތިލަފުށި ވިޔަފާރި ބަނދަރުގެ އިމާރާތްތައް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން ފަށައިފި

ތިލަފުށީގައި ހުންނަ ލޯކަލް ކޮންޓޭނަރު ޑީޕޯ: ވިޔަފާރި ބަނދަރު ތަަރައްގީކުރަނީ 10 ހެކްޓަރުގެ ބޮޑު ސަރަހައްދެއްގައި --- ފޮޓޯ: އެމްޕީއެލް

ތިލަފުށީގައި ހުންނަ ލޯކަލް ކޮންޓޭނަރު ޑީޕޯ: ވިޔަފާރި ބަނދަރު ތަަރައްގީކުރަނީ 10 ހެކްޓަރުގެ ބޮޑު ސަރަހައްދެއްގައި --- ފޮޓޯ: އެމްޕީއެލް

ތިލަފުށީ ވިޔަފާރި ބަނދަރުގެ ވެއާހައުސްތަކާއި އިދާރީ އިމާރާތްތައް ހިމެނޭހެން އެ ބަނދަރަށް ބޭނުންވާ ތަންތަން ތަރައްގީކުރަން ޝައުގުވެރިކަން ހުރި ވިޔަފާރިތަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު އެ ފުރުސަތު ހުޅުވާލައިފި އެވެ. 

އެމްޕީއެލްއިން އިއުލާންކޮށްފައިވާ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ދައުވަތުގައި ވަނީ ބަނދަރަށް ބޭނުންވާ 24 އިމާރާތެއް ތަރައްގީކުރަން ބޭނުންވާ ވިޔަފާރިތަކަށް އެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ. 

ތިލަފުށީ ބަނދަރުގައި ތަރައްގީކުރަން ބޭނުންވާ އިމާރާތްތަކުގެ ތެރޭގައި އަށް ފަންގިފިލާގެ އެޑްމިނިސްޓްރޭޓިވް އިމާރާތެއް ހިމެނެ އެވެ. ގާތްގަނޑަކަށް 7000 އަކަފޫޓުގެ ބިމެއްގައި އަޅާ މި އިމާރާތް ތަރައްގީކުރަނީ އަށް ފަންގިފިލާއަށެވެ.  އެ ތަނުގައި ތަރައްގީކުރާ އެންމެ ބޮޑެތި އިމާރާތްތަކަކީ 78،000 އަކަފޫޓުގެ ސީއެފްއެސް ވެއާހައުސް އާއި 44،000 އަކަފޫޓުގެ ވާކްޝޮޕް ކޮމްޕްލެކްސް އާއި 40،000 އަކަފޫޓުގެ ޖެނެރަލް ކާގޯ ވެއާހައުސް ހިމެނެ އެވެ.

އޭގެ އިތުރުން، 200 މީހުންގެ ޖާގައިގެ އެކޮމޮޑޭޝަން އިމާރާތަކާއި ބޮންޑަޑް ވެއާހައުސްތަކާއި ވެހިކަލްތަކަަަށް ހިދުމަތްދޭ އިމާރާތްތަަކާއި ބަނދަރުގެ ސަލާމާތާއި ރައްކާތެރިކަމާއި ހިދުމަތްތަކާއި ވަސީލަތްތައް ގާއިމުކުރަން ބޭނުންވާ ހުރިހާ އިމާރާތްތަކެއް އެތަނުގައި ހުރެ އެވެ.

އެމްޕީއެލްއިން ވަނީ މި ތަންތަން ތަރައްގީކުރަން ބޭނުންވާ ވިޔަފާރިތަކުން އަމިއްލައަށް ނޫނީ އެހެން ކުންފުނިތަކާ ގުޅިގެން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު  އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފަ އެވެ. 

އެމްޕީއެލްއިން ބުނަނީ ތިލަފުށީ ބަނދަރުގެ މަސައްކަތް ނިމޭއިރު، އެ ބަނދަރުގައި 1000 މީޓަރަށް ވުރެ ދިގު އިންޓަނޭޝަނަލް ކީ ވޯލްއަކާއި މާލޭގެ ނޯތު ހާބަރާއި ސައުތު ވެސްޓު ހާބަރު ބޭނުންކުރާ އުޅަނދުފަހަރަށް ހާއްސަކޮށްގެން 2000 މީޓަރަށް ވުރެން ދިގު ކީވޯލް ހިމެނޭ ގޮތަށް ޑޮމެސްޓިކް ޓާމިނަލެއް ހުންނާނެ ކަމަށެވެ. 

ތިލަފުށީ ވިޔަފާރި ބަނދަރުގެ އުސްއަލިތައް

  • 225 މިލިއަން ޑޮލަރު (3.4 ބިލިއަން ރުފިޔާ) ގެ ޕްރޮޖެކްޓެއް
  • ބަނދަރު ތަރައްގީކުރަނީ 10 ހެކްޓަރުގެ ސަރަހައްދެއްގައި
  • އެންމެ ބޮޑެތި އާގުބޯޓުފަހަރަށް ވެސް މަގަތުފާލަމާ ކައިރިކުރެވޭނެ
  • ބޭރު އެންކަރުގައި ބާއްްވައިގެން ކޮންޓޭނަރު ބޭލުން ހުއްޓާލާނެ
  • ބޯޓު ހުސްކުރަން ނަގާ ވަގުތު ހަތް ދުވަހުން ދެ ދުވަހަށް މަދު ކުރެވޭނެ
  • ގެންޓްރީ ކެރޭނާއި މޮބައިލް ހާބާ ކެރޭނު ފަދަ ޒަމާނީ ވަސީލަތްތައް ހުންނާނެ

ތިލަފުއްޓަށް ވިޔަފާރި ބަނދަރު ކުރުމުން މިހާރު ބޭނުންކުރަމުން އަންނަ 40 އަހަރު ވާން ގާތްވެފައިވާ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ. 

މި ބަނދަރު ފަރުމާކުރުމާއި ކީވޯލް ތަރައްގީކުރުން ފަަދަ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ  ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ އެވެ. އޭގެ އިތުރުން އެމްޓީސީސީއާ ވެސް ބައެއް މަސައްކަތްތައް ވަނީ ހަވާލުކޮށްފަ އެވެ. 

ސަރުކާރުން އަމާޒު ހިފާފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި ތިލަފުށީ ބަނދަރުގެ އޮޕަރޭޝަންތައް ފެށުމެވެ. ސަރުކާރުން މިހެން ބުނި ނަމަވެސް ކުރަން ހުރިހާ މަސައްކަތްތަކަށް ބަލާއިރު، އެ ތާރީހަށް ޕޯޓުގެ ބައެއް މަސައްކަތްތައް ނިންމުނަސް، މުޅި ޕޯޓު ނިމޭނެ ކަމަކަށް ނުބެލެވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox