ބަނދަރު ހެދުމުގެ މަސައްކަތް ފަށާތީ ތިލަފުށީ ފަޅުތެރޭގައި ހުރި އުޅަނދުތައް ނަގަން އަންގައިފި

ތިލަފުށި; އެ ރަށުގެ ފަޅުތެރެއަށް ގިނަ އަދަދެއްގެ އުޅަނދުފަހަރު ފެތި ދަބަރަށްވެފައިވޭ -- ފޮޓޯ: އަދަދު

ތިލަފުށި; އެ ރަށުގެ ފަޅުތެރެއަށް ގިނަ އަދަދެއްގެ އުޅަނދުފަހަރު ފެތި ދަބަރަށްވެފައިވޭ -- ފޮޓޯ: އަދަދު

ކ. ތިލަފުށީގައި ވިޔަފާރި ބަނދަރެއް ހެދުމުގެ މަސައްކަތް ފަށާތީ އެ ރަށު ފަޅުގައި ހުރި އުޅަނދުތައް މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ނަގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އަންގައިފި އެވެ.

އެ ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ނުނަގާ ހުންނަ އުޅަނދުތަކާމެދު އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ. އެކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެޗްޑީސީގެ ހޮޓްލައިން 1516 އަށް ގުޅުމަށް އެ ކުންފުނިން އެދިފައިވެ އެވެ.

ތިލަފުށި ފަޅުގައި ހުރި އުޅަނދުފަހަރު ނަގަން އަންގައި އިއުލާނެއް ކޮށްފައި މިވަނީ މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކޮށް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައި ވާތީ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

Advertisement

މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ އެވެ. 

ތިލަފުށީ ވިޔަފާރި ބަނދަރުގެ ކީ ވޯލްގެ ބައިތަކެއް ހަދަން ސީއެޗްއީސީއާ ހަވާލުކޮށްފި

ތިލަފުށީ ވިޔަފާރި ބަނދަރުގެ ބައިނަލްއަގުވާމީ އަދި ދާޚިލީ ކީ ވޯލް ހެދުމުގެ މަސައްކަތް ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ އެމްޕީއެލް އިން ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން ބޮޑެތި ބޯޓުފަހަރާއި އަތޮޅުތެރޭގެ އުޅަނދުތަކަށް ޚާއްސަ ފުން ބަނދަރެއް ތަރައްގީކޮށް، މުދާ އުފުލުމުގެ ނިޒާމު ހަރުދަނާކުރުމަށް ވަނީ ރޭވިފައެވެ. އަންނަ އަހަރުގެ ނޮވެމްބަރު މަހު ބޭނުންކުރަން ފަށާނެ ކަމަށް ބެލެވޭ މި ބަނދަރުގެ އެކި މަސައްކަތްތައް ސީއެޗްއީސީގެ އިތުރުން އެމްޓީސީސީއާ ވެސް ވަނީ ހަވާލުކޮށްފައެވެ.

ބައިބަޔަށް ބަހާލައިގެން ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރަމުން އަންނައިރު، އަންނަ އަހަރުގެ ނޮވެމްބަރު 11 އަށް މި ބަނދަރު ބޭނުންކުރަން ފަށާނެ ކަމަށް މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ތިލަފުށީ ވިޔަފާރި ބަނދަރުގެ މަސައްކަތް އެއްކޮށް ނިމޭއިރު، އެމްޕީއެލްއިން ބުނަނީ، އެ ބަނދަރުގައި 1000 މީޓަރަށް ވުރެ ދިގު އިންޓަނޭޝަނަލް ކީ ވޯލްއަކާއި މާލޭގެ ނޯތު ހާބަރާއި ސައުތު ވެސްޓު ހާބަރު ބޭނުންކުރާ އުޅަނދުފަހަރަށް ހާއްސަކޮށްގެން 2000 މީޓަރަށް ވުރެން ދިގު ކީވޯލް ހިމެނޭ ގޮތަށް ޑޮމެސްޓިކް ޓާމިނަލްއެއް ހުންނާނެ ކަމަށެވެ. 

ތިލަފުށީ ވިޔަފާރި ބަނދަރުގެ އުސްއަލިތައް

  • 225 މިލިއަން ޑޮލަރު (3.4 ބިލިއަން ރުފިޔާ) ގެ ޕްރޮޖެކްޓެއް
  • ބަނދަރު ތަރައްގީކުރަނީ 10 ހެކްޓަރުގެ ސަރަހައްދެއްގައި
  • އެންމެ ބޮޑެތި އާގުބޯޓުފަހަރަށް ވެސް މަގަތުފާލަމާ ކައިރިކުރެވޭނެ
  • ބޭރު އެންކަރުގައި ބާއްްވައިގެން ކޮންޓޭނަރު ބޭލުން ހުއްޓާލާނެ
  • ބޯޓު ހުސްކުރަން ނަގާ ވަގުތު ހަތް ދުވަހުން ދެ ދުވަހަށް މަދު ކުރެވޭނެ
  • ގެންޓްރީ ކެރޭނާއި މޮބައިލް ހާބާ ކެރޭނު ފަދަ ޒަމާނީ ވަސީލަތްތައް ހުންނާނެ

އެމްޕީއެލްއިން ބުނި ގޮތުގައި ތިލަފުށީ މަޝްްރޫއުގެ މައިގަނޑު މަގުސަދަކީ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ، ޒަމާންވީ މުހިންމު އެތައް މައްސަލައަކަށް ހައްލު ހޯދައި ދިނުމާއި، ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސް ދާއިރާއަށް އަންނަ ކުރިއެރުމާއި އެއްވަރަށް ބަނދަރުގެ ވަސީލަތްތައް ފުޅާކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ.

އެ ގޮތުން މި މަޝްރޫއު ނިމި، ތިލުފުއްޓަށް ވިޔަފާރި ބަނދަރު ކުރުމުން މިހާރު ބޭނުންކުރަމުން އަންނަ 40 އަހަރު ވާން ގާތްވެފައިވާ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox