ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ފުރުން މަނާކޮށްފި

ރައީސް އޮފީސް: އެ އޮފީހުގައި ކުރިން މަސައްކަތްކުރި މުވައްޒަފެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައި -- ފޮޓޯ: އަދަދު

ރައީސް އޮފީސް: އެ އޮފީހުގައި ކުރިން މަސައްކަތްކުރި މުވައްޒަފެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައި -- ފޮޓޯ: އަދަދު

އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ތަހުގީގުކުރަމުން އަންނަ ޖިނާއީ މައްސަލައިގެ ތުހުމަތުގައި ރައީސް އޮފީހުގެ މުވައްޒަފެއްގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން  ހިފަހައްޓައިފި އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އެ މުވައްޒަފުގެ ޕާސްޕޯޓް އަދި ޓްރެވަލް ޑޮކިއުމަންޓްތައް ހިފެހެއްޓީ އިއްޔެ އިން ފެށިގެން ޖުލައި 26، ގެ ނިޔަލަށެވެ. 

އޭނާ ފުރުން މަނާކުރީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށެވެ. މައްސަލައިގެ ހަމައެކަނި ހެއްކަކަށް އޮތީ ވެސް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެކެވެ.  

ޑޮކިއުމަންޓްރީ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އަދަދުގެ އެޑިޓަރު ހަސަން މުހައްމަދު ޕާސްޕޯޓު ވެސް ތިން މަސް ދުވަހަށް ވަނީ ހިފަހައްޓާފަ އެވެ. 

އަދަދު އިން އައިޝާ ޑޮކިއުމެންޓްރީ ގެނެސްދިންތާ މަސް ދުވަސް ފަހުން، މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ފެށީ އެ ޑޮކިއުމެންޓްރީގައި ރައީސްއަށް ކުރި ތުހުމަތުތަކާ ގުޅިގެން އިއްޔެ ރައީސް މުހައްމަދު މުއިއްޒުއާ ސުވާލުކުރި ހިސާބުންނެވެ. އެމަނިކުފާނު ދެއްވި ޖަވާބުގައި އެ ތުހުމަތުތައް ދޮގުކުރަމުން، އެ މައްސަލައިގައި ދައުވާކުރާނެކަމުގެ އިންޒާރު މުއިއްޒު ދެއްވި އެވެ. 

ފުލުހުން ތުހުމަތުކުރަނީ އެ ޑޮކިއުމެންޓްރީގައި އަދަދު ނޫހުން މުއިއްޒުއަށް ގަޒްފުގެ ތުހުމަތުކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރު ހޯދަމުން ފުލުހުން ބުނެފައި ވަނީ އެ ޑޮކިއުމެންޓްރީ ތައްޔާރުކުރުމުގައި އަދި ޕަބްލިޝްކުރުމުގައި ހަރަކާތްތެރިވި އެންމެންނަކީ ގަޒްފު ކުރުމުގެ ކުށުގެ ތުހުމަތުކުރެވޭ މީހުން ކަމަށެވެ. 

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ރޭގެ ވަގުތެއްގައި އަދަދުގެ އޮފީސް ބަލައިފާސްކޮށް ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ގެންގޮސްފަ އެވެ. 

ފުލުހުން އެތަކެތި ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށާއި ކޯޓު އަމުރުގައި އަދަދު ނޫހުގެ މުދާ ގެންދިޔުމުގެ އަމުރު ދީފައި ނެތް ކަމަށް އަދަދުގެ ގާނޫނީ ވަކީލުން ބުނެ އެވެ. 

އައިޝާ ޑޮކިއުމަންޓްރީގައި ކޮށްފައިވާ ތުހުމަތުތައް މުއިއްޒު ވަނީ އިއްޔެ ދޮގު ކުރައްވާފަ އެވެ. މި ޑޮކިއުމެންޓްރީ ގެނެސްދީފައިވަނީ ވާހަކަތައް ކިޔައިދޭ މީހާއަކީ ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox