އިޓަލީ އާއި މިލާންގެ ލެޖެންޑް ބަރޭސީ މަރުވެއްޖެ

Jul 31, 2026, 2:12 PM
އޭސީ މިލާނާއި އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ލެޖެންޑް ބަރޭސީ

އޭސީ މިލާނާއި އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ލެޖެންޑް ބަރޭސީ

މިލާން (ޖުލައި 31) - އިޓަލީގެ ގަައުމީ ފުޓްބޯޅަ ޓީމާއި އޭސީ މިލާންގެ ލެޖެންޑް، ފްރާންކޯ ބަރޭސީ، އުމުރުން 66 އަހަރުގައި މަރުވެއްޖެ އެވެ. 

ބަރޭސީ ވަނީ އޭނާގެ 20 އަހަރުވީ މުޅި ކުޅުމުގެ ކެރިއަރު އޭސީ މިލާނުގައި ހޭދަކޮށްފަ އެވެ. އެއީ، 1977 އިން ފެށިގެން 1997 ވަނަ އަހަރު ރިޓަޔާކުރުމާ ހަމައަށެވެ. އެ މުއްދަތުގައި އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދިއިރު، ޗެމްޕިއަންސް ލީގުގެ ތަށި (އޭރުގެ ޔޫރަޕިއަން ކަޕް) ތިން ފަހަރެއްގެ މަތިން ހޯދާފައިވެ އެވެ. 

ފުޓްބޯޅަ ތާރީހުގައި ވެސް ފެނިގެންދިޔަ އާދަޔާހިލާފު މޮޅު ޑިފެންޑަރެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ބަރޭސީ ވަނީ މިލާނުގެ ކެޕްޓަންކަން 15 ސީޒަނުގައި ކޮށްފަ އެވެ. މިލާނަށް ޖުމްލަ އެކު، 719 މެޗު ކުޅެދިންއިރު، 33 ގޯލު ޖަހާފައިވެ އެވެ. 

އިޓަލީގެ ގައުމީ ޓީމަށް 81 މެޗު ކުޅެދިން ބަރޭސީ، ވަނީ އެ ޓީމާ އެކު، 1982 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

އޭސީ މިލާނާއި އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ލެޖެންޑް ބަރޭސީ
އޭސީ މިލާނާއި އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ލެޖެންޑް ބަރޭސީ

އިޓަލީން 1994 ވަނަ އަހަރުގެ ވޯލްްޑް ކަޕް، އެމެރިކާގައި ބޭއްވިއިރު، ކުޅެފައިވަނީ ބަރޭސީގެ ކެޕްޓަންކަމުގަ އެވެ. އެ ފަހަރު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބްރެޒިލް އަތުން އިޓަލީ ވީ ބައްޔެވެ. 

ކުޅުމުގެ ކެރިއަރު ނިންމާލުމަށް ފަހު، 2020 ވަނަ އަހަރު އޭސީ މިލާނުގެ އޮނޮރަރީ ނައިބު ރަައީސްގެ މަގާމު ބަރޭސީ އަށް ދިނެވެ. އަދި، އޭގެ ހަަތަރު އަހަރު ފަހުން، ބަރޭސީ، މިލާނުގައި ބޭނުންކުރި ހަ ނަމްބަރު ޖޯޒީ ވަނީ ރިޓަޔާކޮށްފަ އެވެ. 

ސިއްހީ ހާލަތު ގޯސްވެގެން މިދިޔަ އަހަރުގެ އޮގަސްޓް މަހު ސާޖަރީއެއް ކުރިއަށްގެންދަން ޖެހުނު ބަރޭސީ އެންމެ ފަހުން، އާންމުންގެ ތެރޭގައި ބޭއްވި އިވެންޓެއްގައި ފެނުނީ، މިދިޔަ ފެބްރުއަރީ މަހު މިލާންގައި ކުރިއަށްދިޔަ ވިންޓަ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox