ޗެލްސީ އަތުން ބަލިވެ ޓޮޓެންހަމް ހޫނުފެނަށް

May 20, 2026, 5:59 AM
ރޭ ޗެލްސީ އަތުން ބަލިވި މެޗަށް ފަހު ޓޮޓެންހަމް ހޮޓްސްޕާސް ކުޅުންތެރިން.

ރޭ ޗެލްސީ އަތުން ބަލިވި މެޗަށް ފަހު ޓޮޓެންހަމް ހޮޓްސްޕާސް ކުޅުންތެރިން.

ލަންޑަން (މެއި 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ޗެލްސީ އަތުން 2-1 އިން ބަލިވެ، ރެލިގޭޝަންގެ ބިރާ އެކު، ޓޮޓެންހަމް ހޮޓްސްޕާސް އަށް އޮތް ޕްރެޝަރު ބޮޑުވެއްޖެ އެވެ. 

މި ނަތީޖާއާ އެކު، ޕްރިމިއާ ލީގުގެ މި ސީޒަނުގައި ރެލިގޭޓްވާނެ ތިން ވަނަ ޓީމެއް ކަނޑައެޅޭނީ  ފަހު މެޗުތައް ކުޅޭ ދުވަހު އެވެ. ލީގުގެ ފުލުގައި އޮތް ވުލްވްސް އާއި ބާންލީ ރެލިގޭޓްވެފައިވާއިރު، ދެން ރެލިގޭޓްވާނީ ވެސްޓް ހޭމް ޔުނައިޓެޑް ނޫނީ ޓޮޓެންހަމް އެވެ. ކޮންމެ ޓީމަކަށް ވެސް ބާކީ އެއް މެޗު އޮތްއިރު، ޓޮޓެންހަމް، 17 ވަނައިގައި އޮތީ 37 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. އަދި، ވެސްޓް ހޭމް އިން 18 ވަނައިގައި އޮތީ 37 މެޗުން 36 ޕޮއިންޓާ އެކު އެވެ. 

އެ ގޮތުން، ޓޮޓެންހަމް އިން ރެލިގޭޝަނުން ސަލާމަތްވުމަށް، ލީގުގައި އެ ޓީމުން ކުޅޭ ފަހު މެޗުގައި އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޕޮއިންޓަކުން ވެސް ފަރުޖައްސާލެވުމުގެ ފުރުސަތު އެބައޮތެވެ. އެަކަމަކު، ޓޮޓެންހަމް، އެ މެޗުން ބަލިވެ، ވެސްޓް ހޭމް އިން އަމިއްލަ ދަނޑުގަައި ލީޑްސް ޔުނައިޓެޑްގެ މައްޗަށް ކުރިހޯދައިފިނަމަ، ޓޮޓެންހަމް ރެލިގޭޓްވާނެ. އެވެ.

ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުގައި ޗެލްސީން ވަނީ ފުރަތަމަ ހާފުގައި ލީޑުނަގައިފަ އެވެ. އެ ޓީމުގެ ލަނޑު ޖެހީ މެޗުގެ 18 ވަނަ މިނިޓްގައި އޭރިއާބޭރުން ފޮނުވާލި ބޯޅައަކުން އެންޒޯ ފެނާންޑޭސް އެވެ. އެ ބޯޅަ ހުއްޓުވަން ޓޮޓެންހަމްގެ ކީޕަރު، އަންޓޮނިން ކިންސްކީ އަށް މާ ބޮޑު ކަމެއް ކުރެވޭ ގޮތެއްނުވި އެވެ. 

ފުރަތަމަ ހާފުގައި ޓޮޓެންހަމް އަށް އެއްވަަރުކޮށްދޭން މަތީސް ޓެލް ބޮލުން ފޮނުވާލި ބޯޅަައެއް ގޯލުގެ ދަނޑިއަށް އަމާޒުވި އެވެ. 

ޗެލްސީން ލީޑުފުޅާކުރީ 67 ވަނަ މިނިޓްގައި އަންޑްރޭ ސަންޓޯސް ޖެހި ގޯލުންނެވެ. މިއީ، ޓޮޓެންހަމްގެ ރަންޑަލް ކޯލޯ މުއާނީ އަތުން ގެއްލުނު ބޯޅައެއްގައި، ސަންޓޯސް ޖެހި ގޯލެކެވެ. 

މެޗުގެ ފުރިހަމަ  ވަގުތު ހަމަވާން 16 މިނިޓަށް ވެފައި ވަނިކޮށް، ރިޗާލިސަން ވަނީ ޓޮޓެންހަމަށް ލަނޑެއް ޖަހައިދީ، އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، އިތުރު ލަނޑެއް ޖަހައި އެއްވަރުކުރަން ޓޮޓެންހަމް އިން ކުރި މަސައްކަތް ކާމިޔާބެއްނުވިއިރު، ޕެނަލްޓީ އަކަށް އެ ޓީމުން ކުރި އެޕީލަށް ވެސް ރެފްރީގެ ރުހުމެއް ނުލިބުނެވެ. ޓޮޓެންހަމް އިން ޕެނަލްޓީ އަށް އެޕީލްކުރީ ކޯނަރެއް ނެގުމުގެ  ކުރިން ޗެލްސީގެ މާކް ކުކުރޭއާ، އޭރިއާތެެރެއިން ޓޮޓެންހަމްގެ މިކީ ވެން ޑަ ވީން އަށް ފަައުލުކުރި ކަމަށް ބުނެ އެވެ.

ޓޮޓެންހަމްގެ މައްޗަށް ކުރިހޯދައި، ޗެލްސީން ހަތް މެޗަށް ފަހު ލީގުގައި މޮޅެއް ހޯދިއިރު، މި ނަތީޖާއާ އެކު އެ ޓީމު އޮތީ ލީގުގެ އަށް ވަނައިގަ އެވެ. އެއީ 37 މެޗުން 52 ޕޮއިންޓާ އެކު އެވެ. ބޯންމައުތުން ރޭ މެންޗެސްޓާ ސިޓީއާ އެކު ކުޅެގެން، ޕޮއިންޓެއް ހޯދުމުން، ޗެލްސީ އަށް ލީގުގެ ހަ ވަަނަ އަށް އެރުމުގެ ދޮރު ވަނީ ބަންދުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox