އާސެނަލުން 22 އަހަރަށް ފަހު ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދައިފި

May 20, 2026, 5:37 AM
ސިޓީން ރޭގެ މެޗު އެއްވަރުވުމުން، އާސެނަލް ކުޅުންތެރިން މެޗު ބެލުމަށް ފަހު، ލީގުގެ ރަމްޒީ ތަށްޓެއް ހިފައިގެން އުފާފާޅުކުރަނީ.

ސިޓީން ރޭގެ މެޗު އެއްވަރުވުމުން، އާސެނަލް ކުޅުންތެރިން މެޗު ބެލުމަށް ފަހު، ލީގުގެ ރަމްޒީ ތަށްޓެއް ހިފައިގެން އުފާފާޅުކުރަނީ.

ލަންޑަން (މެއި 20) - އާސެނަލުން 22 އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. 

އާސެނަލަށް ޗެމްޕިއަންކަން ލިބިފައިވަނީ ލީގުގައި ރޭ މެންޗެސްޓާ ސިޓީން ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުވުމުންނެވެ. ބޯންމައުތުގެ ޖޫނިއާ ކްރޫޕީ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑުނަގައިދިންއިރު، ސިޓީ އަށް ލަނޑެއް ޖަހައި އެއްވަރުކުރެވޭ ގޮތްވީ އިތުރު ވަގުތުގެ ފަސް ވަަނަ މިނިޓްގަ އެވެ. މި ލަނޑު ޖަހައިދިނީ އާލިން ބްރައުޓް ހާލަންޑް އެވެ. 

ސިޓީ އަށް ބޯންމައުތު އަތުން މޮޅެއް ނުލިބުމުން އާސެނަލަށް ލީގު ޔަގީންވީ އެވެ. އާސެނަލަށް 37. މެޗުން 82 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް 37 މެޗުން ލިބިފައިވަނީ 78 ޕޮއިންޓެވެ.

ބާކީ އެއް މެޗު އޮއްވައި، އާސެނަލުން ލީގު ޗެމްޕިއަންކަން ކަށަވަރުކުރިއިރު، މިއީ، 2004 ވަނަ އަހަރުގެ ފަހުން އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބުނު ފުރަތަމަަ ފަހަރެެވެ. އަދި، މިދިޔަ ހަ ވަރަކަށް އަހަރު ތެރޭ އާސެނަލަށް ލިބުނު ފުރަތަަމަ ތަށްޓެވެ. އަނެއްކޮޅުން، މިއީ، 2019 ވަނަ އަހަރު އާސެނަލާ ހަވާލުވި ކޯޗު، މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން އެ ޓީމަށް ލިބުނު ބޮޑު ދެ ވަަނަ ކާމިޔާބެވެ. އާޓެޓާގެ ކޯޗުކަމުަގައި މީގެ ކުރިން އާސެނަލުން އެފްއޭ ކަޕް ހޯދާފަައިވެ އެވެ.

ފާއިތުވި ތިން ސީޒަނުގައި ވެސް އާސެނަލުން ލީގު ނިންމާލާފައިވަނީ ދެ ވަަނައިގަ އެވެ. އެކަމަކު، މި ފަހަރުގެ ސީޒަނުގައި އެ ޓީމުން މި ވަނީ އެއް ވަނަ މަގާމު ދަމަހައްޓަން ލިބުނު ހުރިހާ ފުރުސަތެއްގައި ކަހަލަ ގޮތަކަށް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން، ޗެމްޕިއަންކަން ހޯދައިފަަ އެވެ. 

އާސެނަލަށް މި ސިޒަނުގައި އަދިވެސް ތާރީހީ ކާމިޔާބެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެ ޓީމުން މި މަހު 30 ވަނަ ދުވަހު، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނެ އެވެ.  ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި އާސެނަލުން 20 އަހަރު ފަހުން ކުޅޭއިރު،. މިއީ އެ ކްލަބްގެ ތާރީހުގައި ވެސް ކުޅޭ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ފައިނަލެވެ. ޗެމްޕިއަންސް ލީގަކީ އާސެނަލަށް ނުލިބި އޮތް ކާމިޔާބެކެވެ. 

ސިޓީން ވަނީ މި ސީޒަނުގައި ލީގު ކަޕް ފައިނަލުގައި، އާސެނަލްގެ މައްޗަށް ކުރިހޯދައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox