އާސެނަލް 22 އަހަރަށް ފަހު ލީގު ތަށި އުފުލާލިއިރު ޓޮޓެންހަމް ރެލިގޭޝަނުން ސަލާމަތްވެއްޖެ

May 24, 2026, 11:10 PM
އާސެނަލް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ: މިއީ، 22 އަހަރު ތެރޭ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން އާސެނަލުން ހޯދި ފުރަތަމަ ފަހަރު.

އާސެނަލް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ: މިއީ، 22 އަހަރު ތެރޭ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން އާސެނަލުން ހޯދި ފުރަތަމަ ފަހަރު.

ލަންޑަން (މެއި 24) -  ފަހު މެޗުގައި ކްރިސްޓަލް ޕެލަސް އަތުން 2-1 އިން މޮޅުވެ، އާސެނަލުން 22 އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައި، ތަށި އުފުލާލިއިރު، ވާދަވެރި ޓޮޓެންހަމް ހޮޓްސްޕާސް އިން 1-0 އިން އެވަޓަން ބަލިކޮށް ރެލިގޭޝަނުން ސަލާމަތްވެއްޖެ އެވެ. 

މި މެޗަށް ނުކުތްއިރު ވެސް އާސެނަލަށް އޮތީ ލީގު ޗެމްޕިއަންކަން ޔަގީންވެފަ އެވެ. އާސެނަލަށް 2004 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީން އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ބޯންމައުތާ އެއްވަރުވުމުންނެވެ.

ސިޓީން މިރޭ ކުޅުނު މެޗުން ވަނީ އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެފަ އެވެ. އެއީ، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ޓީމުގެ ކެޕްޓަން، ބެނާޑޯ ސިލްވާ އަށް އެ ކްލަބްގައި ފަހު މެޗެވެ. 

ޕެލަސްގެ ސެލްހަސްޓް ޕާކުގައި ކުޅުނު މެޗަށް އާސެނަލުން ނުކުތީ ގިނަ ބަދަލުތަކާ އެކު އެެވެ. އެކަމަކު އެ ޓީމުން ވަނީ ރަނގަޅު ކުޅުމަކާ އެކު މެޗުން މޮޅުވެފަ އެވެ. އެ ގޮތުން، ގަބްރިއެލް މާޓިނެލީ ދިން ބޯޅައަކުން އާސެނަލުން ލީޑުނެގީ ގަބްރިއެލް ޖީސޫސް ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި ނޯނީ މަޑުއޭކޭގެ ގޯލުން އާސެނަލުން ލީޑުފުޅާކުރިއިރު، ޕެލަސް އަށް މެޗުގެ ލަނޑު ޖަހައިދިނީ ޖިއަން ފިލީޕް މަޓޭޓާ އެވެ. 

އާސެނަލް ކުޅުންތެރިން ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް
އާސެނަލް ކުޅުންތެރިން ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

 ލީގު ޗެމްޕިއަން، އާސެނަލުން 85 ޕޮއިންޓް ހޯދި އެވެ. ސިޓީ އަށް ދެ ވަނަ ލިބުނީ 78 ޕޮއިންޓާ އެކު އެވެ. ތިން ވަނަ ހޯދި ޔުނައިޓެޑަށް 71 ޕޮއިންޓް އަދި ހަތަރެއްގައި ނިންމި ވިލާ އަށް 65 ޕޮއިންޓް އަދި ފަސް ވަނަ ހޯދި ލިވަޕޫލަށް ވަނީ 60 ޕޮއިންޓް ލިބިފަ އެވެ. 

މިއީ، ޕްރިމިއާ ލީގަށް ރީބްރޭންޑް ކުރި ފަހުން އާސެނަލްގެ ހަތަރު ވަނަ ތަށްޓެވެ. އަދި، ޖުމްލަ އެކު، އެ ޓިމުގެ 14 ވަނަ ލީގު ތަށްޓެވެ. މި ސީޒަނުގެ އިނގިރޭސި ލީގު ކަޕް ފައިނަލުން ބަލިވި އާސެނަލަށް މި ސީޒަނުގައި އަދި އެއް ތަށި ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެއީ، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީ އަތުން މޮޅުވެގެންނެެެވެ. މިއީ، އާސެނަލްގެ ތާރީހުގައި އެ ޓީމުން ފައިނަލުގައި ކުޅޭ ދެ ވަނަ ފަހަރެވެ. އެ ޓީމު ވަނީ މީގެ 20 އަަހަރު ކުރިން ކުޅުނު ފައިނަލުގައި ބާސެލޯނާ އަތުން ބަލިވެފަ އެވެ. 

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ، 2019 ވަނަ އަހަރު އެ ޓީމާ ހަވާލުވެ،  އެ ސީޒަނުގައި އެ ޓީމަށް އެފްއޭ ކަޕް ކާމިޔާބުކޮށްދިނެވެ. އެކަމަކު، އޭގެ ފަހުން ތަށްޓެއް ނުލިބި ގިނަ ޕްރެޝަރުތަކާ ކުރިމަތިލުމަށް ފަހު، ލީގު ޗެމްޕިއަންކަން މި ހޯދީ ފާއިތުވި ސީޒަންތަކުގައި ލީގުގެ ދެ ވަނަ ހޯދުމަށް ފަހު އެވެ. 

ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ރޮބާޓޯ ޑީ ޒާބީ: މެޗަށް ފަހު އުފާފާޅުކުރަނީ.
ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ރޮބާޓޯ ޑީ ޒާބީ: މެޗަށް ފަހު އުފާފާޅުކުރަނީ.

ޑި ޒާބީ ދެއްކި ތަފާތާ އެކު ޓޮޓެންހަމް ރެލިގޭޝަނުން ސަލާމަތް

އިޓަލީގެ ކޯޗު ރޮބާޓޯ ޑި ޒާބީ، ޓޮޓެންހަމް ހޮޓްސްޕާސްއާ ހަވާލުވިއިރު، އެ ޓީމު 2026 ވަނަ އަހަރު ލީގު މެޗަކުން މޮޅުނުވެ އެވެ. އަދި، މިރޭ ފަހު މެޗަށް ނުކުތްއިރު، އެވަޓަން އަތުން ޓޮޓެންހަމް ބަލިވެގެން ނޫން ގޮތަކަށް އެ ޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާނެ ގޮތެއް ނެތެވެ. 

ޓޮޓެންހަމް ހޮޓްސްޕާސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، އެ ޓީމު މޮޅުވި ގޯލު ޖަހައިދިނީ ފުރަތަމަ ހާފުގައި ކޯނަރަކުން ތަނަވަސްވި ފުރުސަތަކުން ޕޯޗުގީސް މިޑްފީލްޑަރު، ޖޮއާއޯ ޕަލީނިއާ އެވެ. 

ރެލިގޭޝަނުން ސަލާމަތްވާން ޓޮޓެންހަމާ ވާދަކުރީ ވެސްޓް ހޭމް ޔުނައިޓެޑް އެވެ. ވެސްޓް ހޭމް އިން ވަނީ މިރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި 3-0 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ. އެކަމަކު، ޓޮޓެންހަމް މޮޅުވުމާ އެކު، މި ސީޒަނުގައި ޕްރިމިއާ ލީގުން ރެލިގޭޓްވި ތިން ވަނަ ޓީމަކަށް ވެސްޓް ހޭމް ވީ އެވެ.  ފަހު މެޗުތަކާ ކުރިމަތިލިއިރު ވެސް ވުލްވްސް އާއި ބާންލީ ވަނީ ރެލިގޭޓްވެފަ އެވެ. 

ކުރިން ބްރައިޓަން އަށް ކޯޗުކޮށްދިން ޑި ޒާބީ ވަނީ ޓޮޓެންހަމާ ހަވާލުވެ، ނުކުތް ހަތް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފަ އެވެ. ދެ މެޗުން ބަލިވިއިރު، ދެ މެޗު އެއްވަރުވި އެވެ. ޓޮޓެންހަމް އިން ސަލާމަތްވީ 41 ޕޮއިންޓް ހޯދައިގެންނެވެ. ވެސްޓް ހޭމް ރެލިގޭޓްވިއިރު، 39 ޕޮއިންޓް ލިބުނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox