ކުޅިވަރު އެކަޑަމީތައް ރެގިއުލޭޓް ނުކުރެވޭ ކަމަށް އޭސީސީން ބުނެފި

Aug 19, 2026, 10:31 AM
ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓް އާންމު ކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓް އާންމު ކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ރާއްޖޭގެ ކްލަބް ޖަމިއްޔާތަކުގެ ދަށުން ހިންގާ ކުޅިވަރު އެކަޑަމީތައް ރެގިއުލޭޓް ނުކުރެވުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރިޕޯޓްގައި ބުނެފި އެވެ. 

މި ގޮތަށް ހާމަކޮށްފައިވަނީ، ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި މިންވަރު ދެނެގަތުމަށް އޭސީސީ އިން ތައްޔާރުކުރި ދިރާސާގެ ރިޕޯޓުގަ އެވެ. އެ ރިޕޯޓް ތައްޔާރުކުރުމުގައި ކަމާ ގުޅުން ހުރި އެކި ފަރާތްތަކާއި ވާހަކަ ދައްކާފައިވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ. 

އެ ގޮތުން، ރިޕޯޓްގައި ބުނެފައިވަނީ ކުޅިވަރު އެކަޑަމީތަކަކީ، އެ ތަނަކުން ކުދިންނަށް ކުޅިވަރާ ގުޅޭ ތަމްރީންތައް ދިނުމަށް ހިންގާ ތަންތަނަށް ވީ ހިނދު މި ތަންތަން ބެލެހެއްޓުމުގައި އަމަލުކުރާނެ ހަރުދަނާ މިންގަނޑުތަކެއް ކަނޑައެޅިފައި އޮތުމަކީ ކުޅިވަރު ކުރިއެރުވުމާއި ތަރައްގީ އަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އެކަމަކު، ރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގާ ހުރިހާ ކުޅިވަރު އެކަޑަމީތަކަކީ ހަރުދަނާ ކަމާ އެކު ރެގިއުލޭޓް ކުރެވިގެން ކުރިއަށްެގެންދެވޭ ތަންތަން ކަމުގައި ނުވާކަން އޭސީސީގެ ދިރާާސާ އިން ވަނީ ފާހަގަކުރެވިފަ އެވެ. 

ކުދިންގެ ރައްކާތެރިކަމާއި ވެލްފެއާ އަކީ އެންމެ ބޮޑު އިސްކަން ދޭންޖެހޭ ކަންކަން ކަމަށްވާއިރު، ހަރުދަނާ ރެގިއުލޭޓަރީ ނިޒާމެއް ނެތުމުން ކުދިންގެ ރައްކާތެރިކަމާއި ވެލްފެއާ ކަށަވަރުނުވާ ކަމަށާާއި އިހުމާލުވުމުގެ މައްސަަލަތަކާއި އެކަށީގެންވާ ވަސީލަތްތަކާއި  ސަޓިފައިޑް ތަމްރީން ނުލިބުމުގެ ސަބަބުން އަނިޔާ ލިބުމުގެ ފުރުސަތު އޮތް ކަމަށް އޭސީސީން އިންޓަވިއު ކުރި ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ. 

މީގެ އިތުރުން، އޭސީސީގެ ރިޕޯޓްގައި ބުނެފައިވަނީ، ކޯޗިން ފެސިލިޓީސް އާއި އޮޕަރޭޝަންގެ ފެންވަރު ރަނގަޅުކޮށް، ކުޅިވަރުގެ މާހައުލީ ނިޒާމްގެ ނަޒާހަތްތެރިކަން ކުރިއަރުވައި، ރައްކާތެރި އަދި ފެންވަރު ރަނގަޅު ތަމްރީންތަކެއް ދިނުމަށް އެކަޑަމީތައް ރެގިއުލޭޓް ކުރުން މުހިންމު ކަމަށެވެ.

ފޭވަރިޓިސަމްގެ ތެރެއިން (ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް) ބައެއް ކްލަބް ޖަމިއްޔާތަކަށް ތަމްރީނާއި ތަޖުރިބާ އާއި މުބާރާތްތައް ފަހިކޮށްދިނުމަށް އުސޫލުތައް ބަދަލުކުރުމާއި ބައެއް ކްލަބް ޖަމިއްޔާތަކަށް ފިޔަވަޅު އެޅުމާއި ކްލަބް ތަކާއި އެސޯސިއޭޝަންތަކުގެ މެދުގައި ހަމަހަމަކަން ނެތުމަކީ ވެސް ފާހަަގަކުރެވިފައިވާ މައްސަލަ އެކެވެ. 

"އެ ގޮތުން ވަކިވަކި މަސްލަހަތުތަކުުގައި ވަކި ފަރާތެއް ކުރިއެރުވުމަށް ކްލަބް ޖަމިއްޔާތަކުން މަސައްކަތް ކޮށްދޭ ކަމާއި ކުޅުންތެރިންގެ މެދުގައި ތަފާތު ކުރުންޔައް ގެންގުޅޭ ކަމުގެ ޝަކުވާ އިންޓަވިއުގައި ބައިވެރިވި ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެ އެވެ. ބައެއް އެސޯސިއޭޝަންތަކުން، ޓީމުތައް ބޭރަށް ފޮނުވާއިރު އެ ޓީމުތަކުގެ އަސްލު ކޯޗުންނާއި މެނޭޖަރުން ނޫން މީހުން ޓީމު ލިސްޓުގައި ޖަހައިގެން ފޮނުވާކަން ފާހަގަކުރެވިފައިވެ އެވެ." އޭސީސީ ރިޕޯޓްގައި ލިޔެފައިވެ އެވެ. 

މި ކަމާ ގުޅޭގޮތުން، އޭސީސީން ދެން ފާހަގަކޮށްފައިވާ ކަމަކީ، އެސޯސިއޭޝަންތަކުން ހިންގާ މި ފަދަ ނޭއްގާނީ ހަރަކާތްތައް ރިޕޯޓްކުރި ކަމުގައި ވިޔަސް ފިޔަވަޅު އެޅުމުގެ ބަދަލުގައި ޝަކުވާ ހުށަހެޅި ފަރާތްތައް ބާކީކޮށްފައި ފުރުސަތު ނުދިނުމާއި ފަރިތަކުރުންތަކަށް ދަނޑުގެ ވަސީލަތްތައް ލިބުމުގައި ދަތިކުރުމުގެ މައްސަލަތައް ދިމާވާ ކަމެވެ. 

އޭސީސީން ބުނީ، މި ފަދަ މައްސަލަތައް ކުރިމަތިވާ އެންމެ ބޮޑު ސަބަބަކީ، ކްލަބް ޖަމިއްޔާތައް ހިންގުމުގަޔާއި އިދާރީ އޮނިގަނޑު ރާވައި ޖަވާބުދާރީ ކުރާނެ ރަނގަޅު ނިޒާމެއް ނެތުމުން ދިމާވާ މައްސަލަތަކެއް ކަމަށެވެ. 

މި މައްސަލަތައް ހައްލުކުރުމަށް އޭސީސީން ހުށަހަޅާފައިވާ ލަފާތަކަކީ، ރަޖިސްޓްރީކޮށްގެން ހިންގާ އެކަޑަމީއެއްގެ ހުންނަން ޖެހޭ މިންގަނޑުތައް ބަޔާން ކުރުމާއި މީގެ ތެރޭގައި، ކުޅިވަރު ފެސިލިޓީގައި ހުންނަންވީ މައިގަނޑު ޝަރުތުތަކާއި ކޯޗުންގެ ފެންވަރާއި ހެލްތު އެންޑް ސޭފްޓީ އަށް ފުރިހަމަަކުރަން ޖެހޭ ޝަރުތުތައް ކަނޑައެޅުން ފުރަތަމަ ކަމަކަށް ހިމަނާފައިވެ އެވެ. ދެން، ހިމެނޭ ލަފާތަކަކީ، ކުޅިވަރާ ބެހޭ ވުޒާރާގެބެލުމުގެ ދަށުން އެކަޑަމީތަކުގެ ހިންގުން މޮނިޓަކުރުމަށް ޕީރިއޮޑިކް އިންސްޕެކްޝަން ހިންގުމާއި އެކަޑަމީތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް އަހަރީ ޓްރެއިނިން ކަލަންޑަރުގައި އެކަޑަމީތަކަށް ހާއްސަ ތަމްރީން ހިމެނުން އަދި ރެގިއުލޭޓަރީ އިދާރާތަކުން އެކަޑަމީތައް އަމަލުކުރާނެ ބެސްޓް ޕްރެކްޓިސްތައް އަދި އާންމު ގައިޑްލައިންތައް އެކަށައަޅާ އާންމުކުރުން ހިމެނެ އެވެ.  


ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox