އުސޫލެއް ނެތި ނުފޫޒުން އެތުލީޓުންނަށް "އަރުތަ" ސްކޮލަޝިޕް ދީފައި އެބަހުރި: އޭސީސީ

Aug 19, 2026, 10:00 AM
ގައުމީ އެތުލެޓިކްސް މުބާރާތެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ގައުމީ އެތުލެޓިކްސް މުބާރާތެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

މީގެ ހަތަރު އަހަރު ކުރިން، 2022 ވަނަ އަހަރު، ރާއްޖޭގެ ގައުމީ ކުޅިވަރު އެތުލީޓުންނަށް އިތުރު ފުރުސަތު ހޯދައިދޭން ފެށި "އަރުތަ" ސްކޮލަޝިޕް ދިނުމުގައި އެއްވެސް އުސޫލެއް ނެތި، ނުފޫޒުން ކަންކަން ކޮށްފައި ހުރި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރިޕޯޓްގައި ފާހަގަކޮށްފި އެވެ. 

މި ގޮތަށް ހާމަކޮށްފައިވަނީ، ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި މިންވަރު ދެނެގަތުމަށް އޭސީސީ އިން ތައްޔާރުކުރި ދިރާސާގެ ރިޕޯޓުގަ އެވެ. 

އެ ގޮތުން، އެ ރިޕޯޓްގައި ހިމަނާފައިވާ، ސްކޮލަޝިޕް ދިނުމުގެ ބައިގައި ބަޔާންކޮށްފައިވަނީ، ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލުގެ އާ ޖީލު ބިނާކުރުމަށް "އަރުތަ" ޕްރޮގްރާމްގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް 2022 ވަނަ އަހަރު ރަސްމީކޮށް ފެށިގެން ދިޔަ ކަމަށެވެ. އަދި، ކުޅިވަރުގެ ދާއިރާއިން "އަރުތަ" ޕްރޮގްރާމްގެ ދަށުން އެވޯޑްކޮށްފައިވާ ސްކޮލަޝިޕްގައި މައްސަލަ ހުރިކަން އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ. 

"... ސްކޮލަޝިޕްތައް ދޫކުރުމުގައި އުސޫލެއް ނެތި ނުފޫޒުން ސްކޮލަޝިޕް ދިނުމާއި، އެސޯސިއޭޝަންތަކަށް އެންގުމަކާ ނުލައި އެ ކުޅިވަރަށް ނިސްބަތްވާ އެތުލީޓުންނަށް ސްކޮލަޝިޕް ދިނުމާއި އަދި ހަމަހަމަ ކަމެއް ނެތި ބައެއް ކޯޗުންގެ "ފޭވަރިޓް" އެތުލީޓަށް ފުރުސަތު ދިނުން ފަދަ މައްސަލަތައް ފާހަގަކުރެވިފައިވެ އެވެ،" އޭސީސީގެ ރިޕޯޓްގައި ބަޔާންކޮށްފައިވެ އެވެ. 

އޭސީސީގެ ރިޕޯޓްގައި ދެން ބުނެފައިވަނީ، މި ގޮތަށް "އަރުތަ" ސްކޮލަޝިޕް ދީފައި ހުރުމަކީ، އުންމީދީ އެތުލީޓުންނަށް އޮންނަ ފުރުސަތު ހަނިވެ، ކުޅިވަރު އިދާރާތަކަށް އާންމުންގެ އިތުބާރު ކުަޑަވެގެންދާ ކަމެއް ކަމަށެވެ. 

މިދިޔަ ސަރުކާރުން، 30 މާޗް 2023 ވަނަ ދުވަހު، "އަރުތަ" ސްކޮލަޝިޕް ޕްރޮގްރާމްގެ ނަމުގައި، އެތުލީޓުންނަށް ފުުރުސަތު ހޯދައިދޭން، އާ ކަމެއް ފެށިއިރު، އުސޫލެއް އާންމުކުރި އެވެ.

ނިމިދިޔަ، ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފް، އިސްވެ ހުންނަވައި ފެށި، "އަރުތަ" ޕްރޮގްރާމް އަކީ ރަނގަޅު އުސޫލެއް ނެތި ފެށިފައިވާ ކަމެއް ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި، އެކަން ރިވިއު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް ހުންނަވައި، މުހައްމަދު ރިޔާޒް (ރިޔާ) ވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ. އަދި، މިދިޔަ ޑިސެމްބަރު މަހު، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވަނީ ކުޅިވަރުގެ ކަންކަމަށް ހަރުދަނާ ބަދަލުތަކެއް ގެނައުމުގެ މަސައްކަތުގެ ތެރެއިން "އަރުތަ" ސްކޮލަޝިޕްގެ ކަންކަމަށް ވެސް ބަދަލުތަކެއް ގެންނާނެ ކަމަށާް ވިދާޅުވެފަ އެވެ. 

ރާފިއު ފާހަގަކުރެއްވީ މައިގަނޑު ދެ ބަދަލެވެ. އެއީ، އަރުތަ ސްކޮލަޝިޕްގައި ހުންނަ ކުދިންނަށް އޭގެ ތެރެއިން ކިޔެވުމުގެ ހަރަދު ލިބިގެންދިއުމާއި، އަރުތަ ކަންކަން މެނޭޖްކުރާ ކޮމިޓީ މެދުވެރިވިކޮށް ކަންކަން ހިނގާ ގޮތް ރިވިއު ކުރެވިގެންދިއުމެވެ.

"އަރުތައިގެ އެންމެ ބޮޑު ބަދަލަކަށް އަޅުގަނޑު ދެކެނީ، ކިޔަވާ ކުދިންނަށް، ގިނަ ފަހަރަށް ވަރަށް ޔަންގް ކުދިން މި ދަނީ އެ ކުދިންނަށް އެ ކުދިންގެ އެޑިއުކޭޝަނަލް ކޮމްޕޯނެންޓް. އެ ކުދިންނަށް އޯ ލެވަލް އަހަރުގައި އޯ ލެވަލް އަހަރުގައި އަނބުރާ މައިންބަފައިން ކައިރިއަށް އަންނަން ނުޖެހި ޓްރެއިނިން އިންސްޓިޓިއުޓެއްގައި، ރާއްޖޭން ބޭރުގައި ވިޔަސް ރަށަކުން މާލެ އައި ކަމުގައި ވިޔަސް އެ ކުދިންނަށް އެ ކުދިންގެ ކިޔެވުމަށް ބޭނުންވާ ހަރަދު އަރުތަ ޕްރޮގްރާމްގެ ތެރެއިން ގެންދެވޭނެ. އެއީ، އެ ކުދިންގެ ޓްރެއިނިން ޕްރޮގްރާމް ހުއްޓައިނުލައި ކުރިއަށްގެންދިއުން ކަށަވަރުވެގެންދާނެ ކަމެއް،" ރާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، "އަރުތަ" ޕްރޮގްރާމް އުސޫލެއްގެ ތެރެއިން ކުރިއަށްގެންދިއުން އެއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އަރުތަ" ޕްރޮގްރާމްގައި އެކިއެކި ކުޅިވަރުތަކުން 50 އަށް ވުރެން ގިނަ އެތުލީޓުން ހިމެނޭ ކަމަށް އެންމެ ފަހުން ސްޕޯޓްސް މިނިސްޓްރީން ދިން މައުލޫމާތުގައި ވަނީ ހިމަނައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox