ނުހައްގު މުއްސަނދިކަން ހުއްޓުވުމަށް ހުށަހެޅި ބިލް މުއިއްޒުގެ ކޮންޓްރޯލްގައި އޮތް މަޖިލީހުގައި ތާށިވެފައި އޮންނަތާ ދެ އަހަރު ވަނީ

ރައީސް މުއިއްޒު އާއި މެންބަރު ފަލާހު ސަލާމްކުރައްވާއިރު މެދުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ރައީސް މުއިއްޒު އާއި މެންބަރު ފަލާހު ސަލާމްކުރައްވާއިރު މެދުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު މަސައްކަތް ނުނިމި މަޖިލީހުގައި "ޕާކްކުރެވިފައި" އޮންނަތާ ދެ އަހަރު ދުވަސް ވާން ކައިރިވެއްޖެ އެވެ. 

މި ބިލަކީ ކޮރަޕްޝަން ހުއްޓުވުމަށް ގާނޫނީ ހަރުދަނާ ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު މުއިއްޒު އޮކްޓޫބަރު 31، 2024 ގައި އިއުލާނު ކުރެއްވި އިސްލާހެކެވެ.

އެދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވެފައިވަނީ، ގާނޫނަށް ގެންނަ ބަދަލުތަކާއެކު ދައުލަތުގެ ތެރޭގައި ހިންގާ ނުހައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް ބެލުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން، ގާނޫނުލްއުގޫބާތުގެ 515 ވަނަ މާއްދާއަށް ގެނެވޭ އިސްލާހުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާއާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފަނޑިޔާރުން ހިމެނޭހެން، ދައުލަތުގެ މުވައްޒަފުންނާއި ކުރީގެ މުވައްޒަފުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ފުރިހަމައަށް ބެލޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ސަރުކާރުން އިސްލާހު ކުރަން ހުށަހެޅި މާއްދާގައި ހަތަރު ކަމެއް ކުށުގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. އަދި ކުށްތައް ދަރަޖަކުރުމުގައި ރައީސް، ވަޒީރުން، މަޖިލިސް މެންބަރުން އަދި ފަނޑިޔާރުން ކުރާ މިފަދަ ކުށްތައް ޖިނާޔަތުގެ ދެ ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، އެނޫން މީހުން ކުރާ ކުށްތައް ބަލަނީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ.

ބިލުގެ ޓައިމްލައިން:

  • އޮކްޓޫބަރު 31, 2024: ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަވާނެ ކަމަށް ރައީސް ޑރ. މުއިއްޒު އިއުލާނު ކުރެއްވުން.
  • ނޮވެމްބަރު 4, 2024: ރައްޔިތުންގެ މަޖިލީހުގައި ބިލުގެ ފުރަތަމަ ކިޔުން އިއްވުން.
  • ނޮވެމްބަރު 5 އަދި 6، 2024: ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުން.
  • ނޮވެމްބަރު 13، 2024: ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުން.

ދައުލަތުގެ މުވައްޒަފުންގެ ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހުއްޓުވަން ގާނޫނުލްއުގޫބާތު ބަދަލުކުރަނީ

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް އަަށަގެންފައިވާ ކަން ފާހަގަކުރައްވަމުން، ވިދާޅުވީ، ގާނޫނަށް ގެންނަ ބަދަލުތަކާއެކީ މިފަދަ މައްސަލަތައް ބެލުމަށް ފަސޭހަ ވެގެން ދާނެ ކަމަށް.

ކޮރަޕްޝަން ނައްތާލުމަށާއި ނުހައްގު މުއްސަނދިކަން ހުއްޓުވުމަށް އެންމެ މުހިންމު އެއް ގާނޫނީ އިސްލާހުގެ ގޮތުގައި ސަރުކާރުން ސިފަކުރި މި ބިލު، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގައި ތާށިކޮށްގެން ބާއްވާފައި ވާއިރު، މުއިއްޒު ތަކުރާރުކޮށް ވިދާޅުވަނީ ކޮރަޕްޝަން މައްސަލަތައް ބެއްލެވުމަށް މޫނަކަށް ކަނދުރާއަކަށް ނުބައްލަވާނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox