ލާމަރުކަޒީ ގާނޫނު ބަދަލުކުރަނީ ރަށްތަކުގެ ބިންތައް ވިއްކާލަން: ޔާމީން

Aug 17, 2026, 7:44 AM
ޕީއެންއެފްގެ ޖަލްސާގެ ތެރެއިން ޔާމީން. -- ފޮޓޯ: ޕީއެންއެފް

ޕީއެންއެފްގެ ޖަލްސާގެ ތެރެއިން ޔާމީން. -- ފޮޓޯ: ޕީއެންއެފް

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން އުޅެނީ މާލެ އާއި ހުޅުމާލޭގެ ބިންތައް ނުއަގުގައި ވިއްކާލި ގޮތަށް ރަށްރަށުގެ ބިންތައް ވެސް ވިއްކާލުމުގެ ބޭނުމުގައި ކަމަށް ކުރީގެ ރައީސް އަބްދުއްﷲ ޔާމީން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒަކީ މާލޭގެ މޭޔަރުކަމުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތްއިރު ވެސް މާލޭގެ އެތައް ބިމެއް ނުއަގުގައި ވިއްކާލައްވާފައިވާ ބޭފުޅެއް ކަމަށެވެ.

މިހާރު ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ ބަދަލުތަކުގެ އަސްލު ބޭނުމަކީ މޭޔަރުކަމުގައި މާލެ އަދި މިހާރު ހުޅުމާލެ ފޮތިފޮތިކޮށްގެން ވިއްކި ގޮތަށް ރަށްރަށުގައި ހުރި ރައްޔިތުންގެ ބިންތައް ވެސް ވިއްކާލުން ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

"މާލޭ ކައިރީގައި ހުރި ތަންތަން ތަންކޮޅެއް އަގުބޮޑުވާނެ، މާލެއާ ދުރުގައި ހުރި ތަންތަނަށް ވުރެ. އެހެންވީމަ ދެވަނަ ދެކަމެއް ނޫން ކުރަން މިއުޅެނީ، އަނެއްކާ ވެސް ހަމަ ކެވުނު ގޮތަކަށް ކާން،" ޔާމީން ވިދާޅުވި އެވެ.

މިއީ ކުރާ ވައްކަމެއް ކަމަށް އެ މަނިކުފާނު ތުހުމަތު ކުރެއްވި އެވެ. 

އިންތިހާބުގެ ދެ ބުރު ދޭތެރޭގައި ވެސް ކާނިވާ ސަރަހައްދުން 10 ބިމެއް 20 އަހަރަށް ކުއްޔަށް ދޫކޮށްލިކަން ހާމަވެއްޖެ

ވިޔަފާރީގެ އުސޫލުން މާލެއިން ބިމާއި އިމާރާތްތައް ކުއްޔަށް ދޫކުރާ އަގަށް ވުރެ އެތައް ގުނައެއް ހެޔޮކޮށް ކާނިވާ ސަރަހައްދުން ބިންތައް ދޫކޮށްލީ 20 އަހަރަށް

މާލޭ މޭޔަރަކަށް،  މުއިއްޒު ހުންނެވިއިރު، 2023 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރާ ދޭތެރޭގައި، ސީއެސްއާރުގެ ނަމުގައި ގަނޑުކޮށް ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު، އަލިމަސް ކާނިވާ ސަރަހައްދުން 10 ބިމެއް އަމިއްލަ ފަރާތްތަކަށް ނުއަގުގައި ކުއްޔަށް ދޫކޮށްފައިވެ އެވެ. 

މުއިއްޒުގެ ވެރިކަމުގައި ހުޅުމާލޭން ގިނަ ބިންތަކެއް އުސޫލާ ހިލާފަށް ބިޑަކަށް ނުލައި ޗައިނާގެ ކުންފުނިތަކަށް ދޫކޮށްފައިވެ އެވެ. އަދި ޕީއެންސީގެ ބައެއް މެންބަރުންނަށް ވެސް ބިންތައް ވިއްކާފައިވެ އެވެ. 

މިގޮތަށް ދޫކޮށްފައިވާ ބިންތައް އެ މަނިކުފާނުގެ ވެރިކަމެއްގައި ބަދަލު ދިނުމެއް ނެތި ނަގާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. 

ރަށްރަށުގެ ބިންތައް ސަރުކާރަށް ގެނޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރަން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި އިސްލާހަށް ޕީއެންސީން ތާއިދުކޮށްފައިވެ އެވެ. ނަމަވެސް މި ބިލް ބޭރުކޮށްލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަންގައި މިހާތަނަށް 2300 އަށް ވުރެ ގިނަ މީހުންގެ ވަނީ ސޮއިކޮށްފައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox