އިންތިހާބުގެ ދެ ބުރު ދޭތެރޭގައި ވެސް ކާނިވާ ސަރަހައްދުން 10 ބިމެއް 20 އަހަރަށް ކުއްޔަށް ދޫކޮށްލިކަން ހާމަވެއްޖެ

މުއިއްޒުގެ މޭޔަރުކަމުގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމެއްގައި އެމަނިކުފާނާއި، ޑެޕިއުޓީ މޭޔަރު ނަރީޝް އަދި މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ - ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މުއިއްޒުގެ މޭޔަރުކަމުގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމެއްގައި އެމަނިކުފާނާއި، ޑެޕިއުޓީ މޭޔަރު ނަރީޝް އަދި މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ - ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭ މޭޔަރަކަށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހުންނެވިއިރު، 2023 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރާ ދޭތެރޭގައި، ސީއެސްއާރުގެ ނަމުގައި ގަނޑުކޮށް ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު، އަލިމަސް ކާނިވާ ސަރަހައްދުން 10 ބިމެއް އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދޫކޮށްލާފައިވާކަން ހާމަވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސެޕްޓެމްބަރު 9، 2023 ގައި ބޭއްވިއިރު، ދެ ވަނަ ބުރު ބޭއްވީ އެ މަހުގެ 30 ވަނަ ދުވަހު އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މާލޭ ސިޓީ ކައުންސިލުން އާންމުކުރި މާލެ އާއި ވިލިމާލެއިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ލިސްޓުން ހާމަވި ގޮތުގައި ސީއެސްއާރުގެ ގޮތުގައި ގަނޑުކޮށް ފައިސާ ދައްކަންޖެހޭ ގޮތަށް އެއްވެސް ބިމެއް ސިޓީ ކައުންސިލުން ކުރިން ދޫކޮށްފައެއް ނުވެ އެވެ.

ނަމަވެސް، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ކާނިވާ ސަރަހައްދުން ބިންތައް ދޫކޮށްލީ، ސީއެސްއާރުގެ ގޮތުގައި 300،000ރ. ނުވަތަ 500،000ރ. ނެގުމަށް ފަހު އެވެ. އެއީ ކޮން ކަމަކަށް ނެގި ފައިސާއެއް ކަމެއް ހާމައެއް ނުކުރެ އެވެ. އަދި ބޭނުންކުރި ގޮތެއް ވެސް ހާމައެއް ނުކުރެ އެވެ.

ވިޔަފާރީގެ އުސޫލުން މާލެއިން ބިމާއި އިމާރާތްތައް ކުއްޔަށް ދޫކުރާ އަގަށް ވުރެ އެތައް ގުނައެއް ހެޔޮކޮށް ކާނިވާ ސަރަހައްދުން ބިންތައް ދޫކޮށްލީ 20 އަހަރަށެވެ. އެ ބިންތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 27 އަދި 28 ވަނަ ދުވަހު އެވެ. ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން އޮތީ ސެޕްޓެމްބަރު 30ގަ އެވެ.

ދޫކުރި ބިންތައް

  1. ޓީ އެންޑް ސީ ޕްރައިވެޓް ލިމިޓެޑް (2026 އަކަފޫޓު) - މަހު ކުލި: 20،260ރ.
  2. ކޮކޯ ވޭވްސް ޕްރައިވެޓް ލިމިޓެޑް (1000 އަކަފޫޓު) - މަހު ކުލި: 11،200ރ.
  3. ވެންޑަލިސްޓް ޕްރައިވެޓް ލިމިޓެޑް (668 އަކަފޫޓު) - މަހު ކުލި: 7،515ރ.
  4. ޖެެދާ ވެންޗާސް އެލްއެލްޕީ (1000 އަކަފޫޓު) - މަހު ކުލި: 9،000ރ.
  5. ޖެދާ ވެންޗާސް އެލްއެލްޕީ (1000 އަކަފޫޓު) - މަހު ކުލި: 9،000ރ.
  6. ޗޮކްލެޓު ބްރަދާސް ޕްރައިވެޓް ލިމިޓެޑް (1550 އަކަފޫޓު) - މަހު ކުލި: 17،050ރ.
  7. ސޭލްސްކޯ ޕްރައިވެޓް ލމިޓެޑް (2026 އަކަފޫޓު) - މަހު ކުލި: 10،000ރ.
  8. ގްރޭންޑް ސޮޖޯރން ޕްރައިވެޓް ލިމިޓެޑް (775 އަކަފޫޓު) - މަހު ކުލި: 8،525ރ.
  9. އެމްއެން ޖީން ޕްރައިވެޓް ލިމިޓެޑް (2604 އަކަފޫޓު) - މަހު ކުލި: 26،040ރ.
  10. ޕްލެންޓު ފިޝް ޕްރައިވެޓް ލިމިޓެޑް (775 އަކަފޫޓު) - 8،525ރ.

ސީއެސްއާރުގެ ގޮތުގައި ދެއްކި ފައިސާ

  • ޓީ އެންޑް ސީ ޕްރައިވެޓް ލިމިޓެޑް - 500،000ރ.
  • ކޮކޯ ވޭވްސް ޕްރައިވެޓް ލިމިޓެޑް - 500،000ރ.
  • ވެންޑަލިސްޓް ޕްރައިވެޓް ލިމިޓެޑް - 500،000ރ.
  • ޖެެދާ ވެންޗާސް އެލްއެލްބީ - 300،000ރ.
  • ޖެދާ ވެންޗާސް އެލްއެލްޕީ - 300،000ރ.
  • ޗޮކްލެޓު ބްރަދާސް ޕްރައިވެޓް ލިމިޓެޑް - 500،000ރ.
  • ސޭލްސްކޯ ޕްރައިވެޓް ލމިޓެޑް - 500،000ރ.
  • ގްރޭންޑް ސޮޖޯރން ޕްރައިވެޓް ލިމިޓެޑް - 300،000ރ.
  • އެމްއެން ޖީން ޕްރައިވެޓް ލިމިޓެޑް 500،000ރ.
  • ޕްލެންޓު ފިޝް ޕްރައިވެޓް ލިމިޓެޑް - 300،000ރ.

އަލިމަސް ކާނިވާ ސަރަހައްދު -- ފޮޓޯ: އަދަދު
އަލިމަސް ކާނިވާ ސަރަހައްދު -- ފޮޓޯ: އަދަދު

އަލިމަސް ކާނިވާ ސަރަހައްދު -- ފޮޓޯ: އަދަދު

މި ބިންތަކުގެ އިތުރުން ކެފޭ ރެސްޓޯރެންޓު، ގުދަން ހިމެނޭ ގޮތަށް ވިއްސަށް ވުރެ ގިނަ ބިން ކާނިވާ ސަރަހައްދުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވެ އެވެ.

މާލެ ސިޓީ ކައުންސިލުން އާންމުކުރި ބިންތައް ދޫކޮށްފައިވާ ގޮތުގެ ތަފުސީލީ ލިސްޓުން އެނގޭ ގޮތުގައި މުއިއްޒުގެ މޭޔަރުކަމުގައި، މާލެ ސިޓީ ކައުންސިލުގެ 157 ބިމުގެ ތެރެއިން 63 ބިން ކުއްޔަށް ދީފައިވެ އެވެ. އެއީ ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ 40 ޕަސެންޓެވެ.

އޭގެތެރޭގައި ކާނިވާ ސަރަހައްދާއި އާޓިފިޝަލް ބީޗު އަދި ރަސްފަންނު ސަރަހައްދުގައި ޓަކްޝޮޕާއި ރެސްޓޯރެންޓު ހިންގަން ދޫކޮށްފައިވާ ބިންތަކާއި ދާރުލްއާސާރު ކުރިމަތީގައި އޮންނަ ހިއްތަން މައިޒާނުގެ އިތުރުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ލެޑް ޕެނަލްތައް ވެސް ހިމެނެ އެވެ.

އޭގެ އިތުރުން، ވިލިމާލެ ބޯޅަ ދަނޑާއި މާލެ ސިޓީ ނާސަރީ ބިމުގެ އިތުރުން ރޯމަސް މާރުކޭޓާއި އެ ނޫން ވެސް ބައެއް ސަރަހައްދުތަކުގައި ފިހާރަ އާއި ގުދަން ހިންގާ ބިންތައް ހިމެނެ އެވެ.

މާލޭގެ މޭޔަރުކަމަށް މުއިއްޒު އިންތިހާބުވީ އޭޕްރިލް 10، 2021، ގަ އެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މުއިއްޒު އިންތިހާބުވީ އޭގެ ދެ އަހަރާއި ފަސް މަސްދުވަސް ފަހުން ސެޕްޓެމްބަރު 30، 2023، ގަ އެވެ. ވެރިކަމުގެ ހުވާ މުއިއްޒު ކުރެއްވީ ނޮވެމްބަރު 17، 2023، ގަ އެވެ.

މާލެ އާއި ވިލިމާލެއިން އެތައް ބިމެއް މުއިއްޒުގެ މޭޔަރުކަމުގައި ކުއްޔަށް ދޫކޮށްފައިވާއިރު، މާލޭގެ މަގުތަކުން ޕާކިން ޖާގައިގެ ގޮތުގައި އެތައް ސަތޭކަ ޖާގައެއް ވެސް ވަނީ އެމަނިކުފާނުގެ މޭޔަރުކަމުގައި ކުއްޔަށް ދޫކޮށްފަ އެވެ. ނަމަވެސް އެއީ ގާނޫނާ ހިލާފު ކަމެއްކަމަށް، ކުރީގެ ބަންޑާރަ ނައިބު ލަފާ ދެއްވާފައި ވާތީ މިހާރު ވަނީ އެ ޖާގަތަކުގެ އެގްރީމެންޓު އައު ނުކުރަން ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox