ހިސާރުކޮށްފައިވާ ފަލަސްތީނު އާއިލާތަކަށް އެހީ ނުދީ ހިފަހައްޓަނީ

Aug 16, 2026, 7:30 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ޔަހޫދީ ވަޒަންވެރިން ހިސާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ފަލަސްތީނު ރައްޔިތުންގެ ގެތަކަށް ބޭނުންވާ ކާބޯތަކެއްޗާއި އެހީގެ ސާމާނު ފޯރުކޮށްދިނުމަށް އެކްޓިވިސްޓުން މަސައްކަތް ކޮށްފި އެވެ.

ޔަހޫދީން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ކުސްރާ އަވަށުގެ ދެ ގެއެއް ހިސާރުކޮށްފައިވާއިރު، އެ ގޭގޭގައި ދިރިއުޅޭ ފަލަސްތީނުގެ ދެ އާއިލާއެއް ވަނީ ތާށިވެފަ އެވެ. އެ ގޭގޭގެ ކަރަންޓާއި ފެނުގެ ހިދުމަތް ކަނޑާލާފައިވާތީ، އެކްޓިވިސްޓުންގެ ގްރޫޕުން ވަނީ އެ ސަރަހައްދަށް ގޮސް އެ ގެތަކުގެ ކައިރީގައި ފެނާއި ކާބޯތަކެތި ބަހައްޓާފަ އެވެ.

ތާށިވެފައި ތިބި ދެ މީހަކު ބުނި ގޮތުގައި، އެކްޓިވިސްޓުން ގެނައި އެހީގެ ތަކެތި ސީދާ އެމީހުންނާ ހަވާލުކުރުމަށް އިސްރާއީލުގެ ސިފައިން ވަނީ ހުރަސް އަޅާފަ އެވެ. އެހެންކަމުން އެ ތަކެތި ބަހައްޓަން ޖެހުނީ ގޭގެ ބޭރުގަ އެވެ. ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާ (އައިޑީއެފް) އިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

މީގެ އިތުރުން، މިދިޔަ ބުރާސްފަތި ދުވަހު އެ ސަރަހައްދުން ވަޒަންވެރިން ދުރުކުރުމަށް ހިންގި އޮޕަރޭޝަނަށް ފަހު، ހުކުރު ދުވަހު އަނެއްކާވެސް ގިނަ އަދަދެއްގެ ވަޒަންވެރިން އެ ސަރަހައްދަށް އެނބުރި އައިސް ފޭލިގެއެއް ޖަހާފައިވެ އެވެ. ނަމަވެސް ފަހުން އިސްރާއީލުގެ ސިފައިން ވަނީ އެ ފޭލިގެ ނަގާފަ އެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ކުސްރާ އަވަށަކީ "ބަންދުކުރެވިފައިވާ އަސްކަރީ ސަރަހައްދެއް" ކަމުން، އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ އިސްރާއީލުގެ އާންމު ރައްޔިތުންނަށް އެ ސަރަހައްދަށް ވަނުމުގެ ހުއްދައެއް ނޯންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދަރިވަރުންގެ މުޒާހަރާ ރޫޅާލަން ރަބަރު ވަޒަން ބޭނުންކޮށްފި

އަލްބޭނިއާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ރަބަރު ވަޒަނާއި ކަރުނަގޭސް ބޭނުންކުރުމުގެ ސަބަބުން ނޫސްވެރިންނާއި ބައެއް ދަރިވަރުންނަށް ވަނީ އަނިޔާވެފައެވެ. ސަރުކާރުގެ ކޮރަޕްޝަނާއި ތައުލީމީ ދާއިރާގެ މައްސަލަތަކާ ގުޅިގެން ކުރިއަށްދާ މި މުޒާހަރާތަކުގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމުގެ ތުހުމަތުގައި ހަތް ފުލުހަކު މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

ހިންދޫ ފެސްޓިވަލެއްގެ ތެރޭގައި ފިތިގެން 17 މީހުން މަރުވެއްޖެ

އިންޑިއާގެ ކޮލްކަޓާގައި ބޭއްވި "ދުރުގާ ޕޫޖާ" ފެސްޓިވަލްގެ ތެރޭގައި، ބޯކޮށް ވާރޭވެހި މީހުން ތޮއްޖެހުމުގެ ސަބަބުން ހިނގި ހާދިސާއެއްގައި 17 މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި އަނިޔާވި މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ ނިންމާފައެވެ.

ޔަހޫދީ ވަޒަންވެރިން ޔޫރަޕްގެ ޑިޕްލޮމެޓުންނަށް ވެސް ހަމަލާދީފި

ހުޅަނގު އައްސޭރީގައި މޫނު ނިވާކޮށްގެން ތިބި ޔަހޫދީ ވަޒަންވެރިންތަކެއް ބެލްޖިއަމްގެ ކޮންސުލް ޖެނެރަލް ހިމެނޭހެން ޔޫރަޕްގެ ޑިޕްލޮމޭޓުންގެ ވަފުދަކަށް ހަމަލާދީފިއެވެ. މި ހަމަލާ ބެލްޖިއަމް އާއި އެމެރިކާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާއިރު، އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ މި ހާދިސާއާ މެދު ޝައްކު އުފައްދައި މިއީ އިސްރާއީލުގެ އަގުވައްޓާލަން ހިންގާ ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.

ފްރާންސްގައި ފިހާރަތައް ލޫޓުވައި ތަންތަނުގައި ހުޅުޖަހައިފި

ފްރާންސްގެ ދިރިއުޅުމުގެ އަގުތައް އުފުލުމާއި ސްކޫލްތަކުގެ ހާލަތާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، ފިހާރަތައް ލޫޓުވައި އިމާރާތްތަކުގައި ވަނީ ހުޅުޖަހާފައެވެ. މި ކުރިމަތިލުންތަކުގައި 150 ފުލުހުންނަށް އަނިޔާވެ، 1،200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، ސަރުކާރުން ވަނީ މިއީ ނުރައްކާތެރި މިންވަރަކަށް އިތުރުވެފައިވާ ހަމަނުޖެހުންތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ސައުދީގެ ދިފާއުގައި ނުކުތުމަށް މިސްރުން މަޖިލީހުގެ ހުއްދަ ހޯދަނީ

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދޭ ހަމަލާތަކުން އެ ގައުމު ދިފާއުކުރުމަށްޓަކައި، މިސްރުގެ އަސްކަރިއްޔާ ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް ރައީސް ސީސީ ވަނީ ޕާލަމެންޓަށް ހުށަހަޅުއްވާފައެވެ. ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިސްރުން ތައްޔާރަށް އޮތްކަން ހާމަކުރައްވައި، މިކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޕާލަމެންޓުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ.

ބަންގްލަދޭޝްގައި ހިމަބިހީގެ ހާލަތު އަދިވެސް ވަރަށް ގޯސް

ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، މިހާތަނަށް 2 ލައްކައަށް ވުރެ ގިނަ މީހުންނަށް ބަލިޖެހި 1,147 މީހުން ވަނީ މަރުވެފައެވެ. މި ހާލަތު ގޯސްވީ ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވުމުން ކަމަށްވާއިރު، މަރުވި މީހުންގެ ތެރޭގައި ގިނައީ ފަސް އަހަރުން ދަށުގެ ކުޑަކުދިންނެވެ. ސިއްހީ މާހިރުން މިކަން ސިފަކުރަނީ ވެކްސިން ޖެހުމުގެ މުހިންމުކަން އަންގައިދޭ، އެހެން ގައުމުތަކަށް ލިބުނު ވަރުގަދަ އިންޒާރެއްގެ ގޮތުގައެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަނިޔާވެރިކަން އިތުރުވަނީ

ހުޅަނގު އައްސޭރީގައި ޒައިތޫނި ބިންނަ މޫސުމާ ދިމާކޮށް، މޫނު ނިވާކޮށްގެން ތިބި ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ ދަނޑުވެރިންނަށް ހަމަލާދީ، އުޅަނދުތަކާއި ގަސްތަކުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މި ހަމަލާތަކުގައި 12 މީހަކު ޒަޚަމްވެފައިވާއިރު، އދ. އިން ހާމަކުރާ ގޮތުގައި މި އަހަރު ވަޒަންވެރިން ދޭ ހަމަލާތައް ވަނީ ނިސްބަތުން ވަރަށް ބޮޑަށް އިތުރުވެފައެވެ.

Newsletter

Get the latest news delivered straight to your inbox