ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ދެ އާއިލާއެއް ޔަހޫދީންގެ ބަންދުގައި

Aug 13, 2026, 10:00 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަވަށެއްގައި ދިރިއުޅޭ ފަލަސްތީނުގެ ދެ އާއިލާއެއްގެ ގެދޮރު ވަށާލައި، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ޔަހޫދީ ވަޒަންވެރިން އެ މީހުން ބަންދުކޮށްފި އެވެ.

އެ އާއިލާތަކުން ބުނަމުންދަނީ ކާބޯތަކެއްޗާއި ޒަރޫރީ ސާމާނު ހުސްވަމުންދާ ކަމަށެވެ. މި ހާލަތާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ދަނީ މިކަމުގެ ތެރެއަށް ވަދެ އެ އާއިލާތައް ސަލާމަތްކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ.

ގުސްރާ އަވަށުގައި ހަރުކަށި ޔަހޫދީ ވަޒަންވެރިން ހަދާފައިވާ އައުޓްޕޯސްޓެއްގައި ހިނގި ކުރިމަތިލުންތަކަކަށް ފަހު، އިސްރާއީލުގެ ސަލާމަތީ ބާރުތަކުން އެ ސަރަހައްދުން ފޭބި ކަމަށް މިދިޔަ ބުދަ ދުވަހު ވަނީ ރިޕޯޓްކޮށްފަ އެވެ. ނަމަވެސް، އަދިވެސް އެ ސަރަހައްދުގައި 12 އެއްހާ ޔަހޫދީ ވަޒަންވެރިން ތިބި ކަމަށް މައުލޫމާތު ލިބެ އެވެ.

ފަލަސްތީނުގެ އެ ދެ އާއިލާއިން އެހީއަށް އެދި އިސްރާއީލު ސިފައިންނަށް އެންމެ ފުރަތަމަ ރިޕޯޓް ކުރުމުން، އެ ސަރަހައްދަށް ދިޔަ ސިފައިން ޔަހޫދީ ވަޒަންވެރިންނާއެކު އަޅުކަން ކުރަން ތިބޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ އާންމުވެފަ އެވެ.

އަބޫ ރިދީ އާއި ހަސަން އާއިލާގެ ގެތަކުން ފެނާއި ކަރަންޓުގެ ހިދުމަތް މެދުކަނޑާލައި، ކާބޯތަކެތި ހުސްވަމުންދާތީ، އެ އާއިލާތަކުން ދަނީ އެހީއަށް އެދި ސޯޝަލް މީޑިއާގައި ވީޑިއޯތައް އާންމުކުރަމުންނެވެ.

ގުސްރާ އަވަށުގައި ހަރަކާތްތެރިވާ ޔަހޫދީ ވަޒަންވެރިން ބޭނުންވަނީ ސީދާ ކޮން ކަމެއްކަން ސާފެއް ނުވެ އެވެ. ނަމަވެސް، މީގެ ކުރިން ވެސް ޔަހޫދީ ވަޒަންވެރިން ވަނީ ފަލަސްތީނު މީހުންގެ ގެދޮރުން އެ މީހުން ނެރެލައި، އެ ތަންތަނަށް ގަދަބާރުން ވެރިވެގެންފަ އެވެ.

ޔަހޫދީ ވަޒަންވެރިންގެ މައިގަނޑު މަގްސަދަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން އެ ތަނުން ބޭރުކޮށް، އެ ސަރަހައްދު ހުސްކުރުމެވެ.

ހުޅަނގު އައްސޭރީގެ ހާލަތު މިހާ ގޯސްވެފައި މިވަނީ، އެ ސަރަހައްދުގެ ހާލަތު އޮތީ ކެތްތެރިކަން ކޮޅުންލާ ހިސާބުގައި ކަމަށް އދ. ގެ އިސް އޮފިޝަލަކު ނިއުޔޯކުގައި އޮތް ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އިސްރާއީލުން ހިފާފައިވާ ބިންތަކުގައި ހަދާފައިވާ ހުރިހާ އާބާދީތަކަކީ ގައިރުގާނޫނީ ތަންތަނެވެ. އަދި ޔަހޫދީން ހަދާފައިވާ އައުޓްޕޯސްޓްތަކަކީ އިސްރާއީލު ސަރުކާރުގެ ރަސްމީ ހުއްދައެއް ނެތި ހަދާފައިވާ ތަންތަނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަނިޔާވެރިކަން އިތުރުވަނީ

ހުޅަނގު އައްސޭރީގައި ޒައިތޫނި ބިންނަ މޫސުމާ ދިމާކޮށް، މޫނު ނިވާކޮށްގެން ތިބި ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ ދަނޑުވެރިންނަށް ހަމަލާދީ، އުޅަނދުތަކާއި ގަސްތަކުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މި ހަމަލާތަކުގައި 12 މީހަކު ޒަޚަމްވެފައިވާއިރު، އދ. އިން ހާމަކުރާ ގޮތުގައި މި އަހަރު ވަޒަންވެރިން ދޭ ހަމަލާތައް ވަނީ ނިސްބަތުން ވަރަށް ބޮޑަށް އިތުރުވެފައެވެ.

އިޒްރޭލްގެ ވަޒީރުންނާ ދެކޮޅަށް އިޓަލީން ތަހުގީގެއް

ގައްޒާއަށް އެހީ ހިފައިގެން ދިޔަ ބޯޓުތަކުގައި ތިބި އެކްޓިވިސްޓުންނަށް އަނިޔާކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، އިޒްރޭލުގެ ދިފާއީ ވަޒީރާއި އަސްކަރިއްޔާގެ އިސް ވެރިންނާ ދެކޮޅަށް އިޓަލީން ޖިނާއީ ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ހިންގަނީ އިޓަލީގެ 50 ރައްޔިތަކު ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން، ރަހީނުކުރުމާއި، ލާއިންސާނީ އަނިޔާ ދިނުމާއި، ޖިންސީ ގޯނާކުރުން ފަދަ ސީރިއަސް މައްސަލަތަކެއް ބެލުމަށެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ އިސްތިއުފާ ދެއްވައިފި

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ ޒަކަރިއާ، މަގާމާ ހަވާލުވިތާ ފަސް ދުވަސް ނުވަނީސް އިސްތިއުފާ ދެއްވީ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިމަތިވި ގޮންޖެހުންތަކާއި ފާޑުކިއުންތަކާ ގުޅިގެންނެވެ. އޭނާގެ ތައުލީމީ ފެންވަރާ މެދު ސުވާލު އުފެދިފައިވާއިރު، މިއީ ޓްރަމްޕްގެ ސަރުކާރުގެ އޮފިޝަލަކު މިހާ އަވަހަށް މަގާމުން ވަކިވި ފުރަތަމަ ފަހަރެވެ.

ޔަމަނުގެ ރިޔާސީ ގަނޑުވަރަށް ހަމަލާދީ ފަސް މީހަކު މަރާލައިފި

ޔަމަނުގެ އަދަނުގައި ހުންނަ ރިޔާސީ ގަނޑުވަރަށް ހޫތީން ދިން މިސައިލް ހަމަލާއެއްގައި ފަސް މީހުން މަރުވެ، ސޯޅަ މީހުން ޒަހަމްވެއްޖެއެވެ. މި ހަމަލާ ދިން ވަގުތު ބޮޑުވަޒީރާއި ވަޒީރުން ގަނޑުވަރުގައި ތިއްބެވި ނަމަވެސް، އެއްވެސް ބޭފުޅަކަށް އަނިޔާއެއް ނުވެއެވެ. ޔަމަނުގެ ސަރުކާރުން މި ހަމަލާ ކުށްވެރިކޮށް، ހޫތީންނާ ދެކޮޅަށް ކުރާ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށް ވަނީ ބުނެފައެވެ.

އިޒްރޭލުން އަލްޖަޒީރާގެ ނޫސްވެރިންނަށް ޖާސޫސުކޮށްފި

އިޒްރޭލުގެ ކުންފުނިތަކަކުން އުފެއްދި "ޒީރޯ-ކްލިކް" ސްޕައިވެއާ ބޭނުންކޮށްގެން އަލްޖަޒީރާގެ ނޫސްވެރިންގެ ފޯނުތަކުން މައުލޫމާތު ވަގަށްނަގައި ޖާސޫސުކޮށްފައިވާކަން ސިޓިޒަން ލެބުގެ ތަހުގީގަކުން ހާމަވެއްޖެއެވެ. އިޝްތިހާރުތަކެއް މެދުވެރިކޮށް ފޮނުވި މި ނުރައްކާތެރި ސޮފްޓްވެއާގެ ސަބަބުން، ފޯނުގައި ހުންނަ ޕާސްވޯޑްތަކާއި މެސެޖުތައް ނެގުމުގެ އިތުރުން ކެމެރާއާއި މައިކްރޯފޯން ބޭނުންކޮށްގެން އަޑާއި މަންޒަރު ރެކޯޑްކުރުމުގެ ފުރުސަތު ހަމަލާދިން ފަރާތްތަކަށް ލިބިފައިވެއެވެ.

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ސްކޫލެއްގެ ފުރާޅު ވެއްޓި 27 ކުދިންނާއި ޓީޗަރަކު މަރުވެއްޖެ

ޕާކިސްތާނުގެ ޕެޝާވަރުގައި ހުންނަ އަމިއްލަ ސްކޫލެއްގެ ފުރާޅު ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި 27 ދަރިވަރުންނާއި މުދައްރިސަކު މަރުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ. އިމާރާތުގެ ބައިތަކުގެ ދަށުގައި ތާށިވި ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުންދާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

Newsletter

Get the latest news delivered straight to your inbox