އިންޑިއާގެ އެހީތެރިކަމާއެކު އަޅާ ބްރިޖުގެ މަސައްކަތާ މެދު ހިތްހަމަނުޖެހޭ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

President Muizzu and Construction Minister Muththalib inspecting work on the Thilamale' bridge. -- Photo: President's Office

President Muizzu and Construction Minister Muththalib inspecting work on the Thilamale' bridge. -- Photo: President's Office

އިންޑިއާގެ އެހީތެރިކަމާއެކު މާލެއިން ތިލަފުށްޓާ ދެމެދު ގުޅުވައިލުމަށް އަޅާ ބްރިޖުގެ މަސައްކަތު ދުވެއްޔާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުއިއްޒު ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތް ދަނީ ވަރަށް ލަސްކޮށް ކަމަށެވެ. ނަމަވެސް، ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ހަގީގަތުގައި ވަރަށް ލަސް ދާާލެއް، ދެން އެކަމަކު ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއްވިއްޔާ ކޮށްދެމުން މިދަނީ، މި ދޭތެރެއިން މުއްދަތު އިތުރުކޮށްދޭން ވެސް ވަރަށް ބޮޑަށް އެދިގެން އަޅުގަނޑުމެން ހަމަ، ވަރަށް ބޮޑަށް ބަލާފައި ދެން މުއްދަތު ވެސް އިތުރަށް ދީފިން، ހަމަ ޔަގީނުން ވެސް އަޅުގަނޑު ހިތްހަމައެއް ނުޖެހޭ ދާ ސްޕީޑާމެދުގައެއް، އަޅުގަނޑުގެ ހިތެއް ނުބުނޭ އެއްގޮތަކަށް ވެސް އެ ޕްރޮޖެކްޓާއި ސްޕީޑު ކަމުދާ ރައްޔިތަކު ހުންނާނެހެނެއް ވެސް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި އެ ޕްރޮޖެކްޓު ނިމޭނެ ތާރީހެއް ދެއްވި ނަމަވެސް، އެ ތާރީހަށް މަސައްކަތް ނުނިމުނު ކަމަށެވެ. އަދި، އެއީ ދިވެހި ސަރުކާރުގެ މައްސަލައެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ. މި އަހަރުގެ ރިޔާސީ ބަޔާނުގައި އެ ވާހަކަ ނުހިމެނީ، އެ ސަބަބާހުރެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ދެން އެ ޕްރޮޖެކްޓު ނިމުނީމަ އަޅުގަނޑުމެން ވަރަށް އުފާކުރާން އެކަމާ އިނގޭތޯ؟ ދެން ސަރުކާރުން ކޮށްދޭންޖެހޭ ކަންކަން ކޮށްދެމުން މިދަނީ، މިހާރު ދީފައި އޮތް ޑޭޓު އެބަދޭ 2027 އަށް، ކުރިން އޮތީ 2026، މި އަހަރު،" މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ މަސައްކަތް 2024 ގެ މެއި މަހުގެ ނިޔަލަށް ނިންމަން އަމާޒު ހިފި ނަމަވެސް، އެކި ސަބަބުތަކާ ގުޅިގެން ޓައިމްލައިނަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

މިގޮތުން ވިލިމާލެއާ ހަމައަށް ބްރިޖުގެ މަސައްކަތް ނިންމަން ކަނޑައަޅާފައި އޮތީ މާޗު 31، 2026 އަށެވެ. އަދި، ގުޅީފަޅުން ތިލަފުށްޓަށް ބްރިޖު ގުޅާލަަން ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު 30، 2026 އަށެވެ. ނަމަވެސް، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އެ ތާރީހު އަންނަ އަހަރަށް ފަސްވެފައިވާ ކަމަށެވެ. ނަމަވެސް، ފަސްވީ ކޮން ތާރީހެއް ކަމެއް މުއިއްޒު ވިދާޅެއްނުވެ އެވެ.

-

ނޯޓް: މި ހަބަރު އެންމެ ފުރަތަމަ ޝާއިއުކުރިއިރު އިންޑިއާގެ ހިލޭ އެހީގެ ދަށުން ކަމަށް ޖެހިފައިވަނީ މައުލޫމާތުގެ ކުށަކުންނެވެ. މި މަޝްރޫއު ހިންގަން އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 400 މިލިއަން ޑޮލަރާއި އެ ގައުމުގެ ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދީފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox