ބްރިޖުގެ މަންޒަރު ދައްކާލައިފި، މި އަހަރު ގުޅިފަޅާ ގުޅާލާނެ!

ގުޅިފަޅުގެ އެފްކޮން ސައިޓުގައި ހަދާފައިވާ ބްރިޖުގެ ބައިތަކެއް. -- ފޮޓޯ: މިރާން ނާޝިމް/އަދަދު

ގުޅިފަޅުގެ އެފްކޮން ސައިޓުގައި ހަދާފައިވާ ބްރިޖުގެ ބައިތަކެއް. -- ފޮޓޯ: މިރާން ނާޝިމް/އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ އަގުބޮޑު ރިޔާސީ އެއް ވައުދު، ތިލަމާލެ ބުރިޖުގެ މަސައްކަތް ދައުރުގެ ފަހު އަހަރަށް އެޅުނުއިރު ރަނގަޅަށް ފެނުން ތޮޅިލާ މަންޒަރު ނުފެނި، އޮއިވަރުގައި ތާރީހުތައް ލަސްވެ، ތަނބެއްގެ ސިމެންތި އޮއްސާލާ މަންޒަރު ވެސް ނުފެނި، ފެނިގެން ދިޔައީ އާންމުންގެ ފާޑުކިޔުން އޮއްސާލި މަންޒަރެވެ.

މިފަދަ ބިޔަ މަޝްރޫއެއް ރާއްޖެއިން ފެނިފައި އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ބްރިޖުންނެވެ. އެ މަޝްރޫއުގެ ގިނަ މަސައްކަތް ކުރިއަށް ދިޔައީ މާލޭގައި ހެދި ސައިޓުގަ އެވެ. މަޝްރޫއުގެ ބިޔަކަން މާލެއިން ހުޅުލެއަށް ދަމާލި ވަގުތީ ބްރިޖުން ފެނިގެން ދިޔަ އެވެ. ފިނިބުރު ޖަހަން ނުކުންނަ ކޮންމެ މީހަކާއި، ވަރުނުލާ ރާޅުކަނޑު ބަލާލަން މަޑުކޮށްލާ ކޮންމެ ޖޯޑަކާއި އެއާޕޯޓަށް ދާ އެތައް ހާސް ބަޔަކަށް އެ ބުރިޖު އަރައި ފެތުރެމުން ދިޔަ މަންޒަރު ފެންނަމުންނެވެ.

ބްރިޖުގެ މަސައްކަތުަށް ގުޅިފަޅުގައި ހަދާފައިވާ މައި ސައިޓް؛ ބްރިޖުގެ މަސައްކަތުގައި 1500 އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވޭ. -- ފޮޓޯ: މިރާން/އަދަދު
ބްރިޖުގެ މަސައްކަތުަށް ގުޅިފަޅުގައި ހަދާފައިވާ މައި ސައިޓް؛ ބްރިޖުގެ މަސައްކަތުގައި 1500 އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވޭ. -- ފޮޓޯ: މިރާން/އަދަދު

ބްރިޖުގެ މަސައްކަތުަށް ގުޅިފަޅުގައި ހަދާފައިވާ މައި ސައިޓް؛ ބްރިޖުގެ މަސައްކަތުގައި 1500 އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވޭ. -- ފޮޓޯ: މިރާން/އަދަދު

ތިލަމާލޭ ބުރިޖުގެ އެފަދަ ކުލަ ތަސްވީރެއް މިހާރު ފެންނަން ނެތަސް، ބްރިޖުގެ މަސައްކަތް ގުޑާ ނުލައި އޮތީއެއް ނޫނެވެ. މާލެއިން ފެށިގެން ތިލަފުއްޓާ ހަމައަށް ދަމާލާ 6.7 ކިލޯމީޓަރުގެ، ދެކޮޅަށް ދުއްވާ ގޮތަށް ލޭން ހަދާފައިވާ ބްރިޖާ ގުޅޭ މަސައްކަތްތައް ފުރަތަމަ ފަހަރަށް މިއަދު ވަނީ ނޫސްވެރިންނަށް ދައްކާލައިފަ އެވެ.

އެ މަންޒަރުތައް ފެންނަ ކޮންމެ މީހަކު ވެސް ގަބޫލުކުރާނީ މިހެންނެވެ؛ މާލެއިން ފެންނަން އެ ހުރީ ބުރިޖުގެ މަސައްކަތުގެ ކުޑަކުޑަ މިންވަރެކެވެ. އިންޑިއާގެ ލޯނާއި ހިލޭ އެހީގައި ކުރިއަށް ގެންދާ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ބިޔަ މަޝްރޫއުގެ މައި ސައިޓް ހުރީ ގުޅިފަޅެވެ. އިންޑިއާގެ އެފްކޮން ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ މަސައްކަތްތަކަށް ގާތްގަނޑަކަށް 1500 މީހުން ގުޅިފަޅު އަދި އެހެން ސައިޓްތަކުގައި ކޮންމެ ދުވަހަކު ހަރަކާތްތެރި އެބަވެ އެވެ.

ޕްލޭނިން މިނިސްޓްރީން ބްރިޖު މަޝްރޫއަށް ޕްރޮޖެކްޓް މެނޭޖަރުގެ ގޮތުގައި އައްޔަންކޮށްފައިވާ މުހައްމަދު ޖިނާނު ވިދާޅުވީ މިހާރު ޕްލޭންކޮށްފައިވާ ގޮތުން މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ގުޅިފަޅާ ހަމައަށް ބުރިޖު ގުޅާލެވޭނެ އެވެ.

"އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ތިލަފުއްޓާ ހަމައަށް ބްރިޖު ގުޅާލެވޭނެ. ކޮންޓްރެކްޓަރު ވެސް ޔަގީންކަން ދެއްވާ،" ޖިނާން ވިދާޅުވި އެވެ.

ކަނޑުގައި ތަނބުތައް ޕައިލްކުރުމުގެ މަސައްކަތް ކުރަނީ. މާލެއިން ފެށިގެން ގުޅިފަޅާ ހަމައަށް 50 ތަނބު ޖަހާނެ. -- ފޮޓޯ: މިރާން/އަދަދު
ކަނޑުގައި ތަނބުތައް ޕައިލްކުރުމުގެ މަސައްކަތް ކުރަނީ. މާލެއިން ފެށިގެން ގުޅިފަޅާ ހަމައަށް 50 ތަނބު ޖަހާނެ. -- ފޮޓޯ: މިރާން/އަދަދު

ކަނޑުގައި ތަނބުތައް ޕައިލްކުރުމުގެ މަސައްކަތް ކުރަނީ. މާލެއިން ފެށިގެން ގުޅިފަޅާ ހަމައަށް 50 ތަނބު ޖަހާނެ. -- ފޮޓޯ: މިރާން/އަދަދު

މަސައްކަތް ބަހާލާފައިވާ ގޮތް

ތިލަމާލެ ބުރިޖުގެ މަސައްކަތް ބަހާލާފައި ވަނީ ހަތަރު އޭރިއާއަކަށެވެ. އެއީ އެއްގަމާއި، ތިލަ ސަރަހައްދާއި ފުން ސަރަހައްދާއި، ކަނޑުގައި ކުރާ މަސައްކަތްތަކެވެ.

ޖިނާން ވިދާޅުވީ މާލޭގެ އެއްގަމުގައި ޖަހާ ތަނބުތަކުގެ ޕައިލިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ހަތަރު ތަނބެއް ޕައިލްކޮށް ކެޕް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މާލެ ކައިރިން އެ ފެންނަ ޕްލެޓްފޯމާއި ވިލިމާލޭ ކައިރީގައި އޮތް ކުޑަ ޕްލެޓްފޯމުން ކުރަމުން ދަނީ ތަނބުތައް ޕައިލްކުރުމުގެ މަސައްކަތެވެ. އަދި މާލެއިން ފަށާކޮޅު ވިލިމާލެއަށް ގުޅާލާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު، ގުޅިފަޅުގައި އެ ދަނީ ބްރިޖްގެ ސްޕަސްޓަރަކްޗާ ހެދުމުގެ މަސައްކަތްތައް ކުރަމުންނެވެ. ހުރިހާ މަސައްކަތެއް އެއްފަހަރާ އެއް ބާރުމިނެއްގަ އެވެ.

ކަނޑުގައި ޖަހާފައިވާ ތަނބެއް. -- ފޮޓޯ: މިރާން/އަދަދު
ކަނޑުގައި ޖަހާފައިވާ ތަނބެއް. -- ފޮޓޯ: މިރާން/އަދަދު

ކަނޑުގައި ޖަހާފައިވާ ތަނބެއް. -- ފޮޓޯ: މިރާން/އަދަދު

ހުޅުމާލޭ ބުރިޖުގެ ފުން ސަރަހައްދުތަކުގައި ތަނބު ޖެހުމުގެ މަސައްކަތް ކުރީ ދަގަނޑުން ދަމާލި ވަގުތީ ފާލަމެއް ބޭނުންކޮށްގެންނެވެ. ނަމަވެސް ޖިނާން ވިދާޅުވީ ތިލަމާލޭ ބްރިޖުގައި ވަގުތީ ބްރިޖެއް އަޅާނީ ޕްލެޓުފޯމަށް ނުވަދެވޭ ތިލަ ސަރަހައްދުތަކުގައި ކަމަށެވެ.

"އެހެންވީމާ ދެން ފެންނާނީ ހަމަ ތަނބުތައް،" އޭނާ ވިދާޅުވި އެވެ.

titledesc

މާލެއިން ފެށިގެން ގުޅިފަޅާ ހަމައަށް 50 ތަނބު ޖަހާނެ އެވެ. އެ މަސައްކަތް ނިމެމެމުންދާ މިންވަރަކަށް ގުޅިފަޅުގައި އަޅާފައި ހުރި ސްޕަސްޓަރަކްޗާތައް ދާނީ އަތުރައި، ބްރިޖަށް ސިފަ ގެންނަމުންނެވެ. ދިމާވި ގޮންޖެހުންތަކާއެކު ވެސް މިހާރު ތާވާލުކުރެވިފައިވާ ގޮތަށް ބްރިޖު ނިންމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox