ކައުންސިލްތަކުން ބަލަހައްޓާ ބިންތައް ސަރުކާރަށް ނެގޭގޮތަށް ހުށަހެޅި ބިލަށް ޝަކުވާ ހުށަހަޅަން އެންމެ ދެ ދުވަސް

ލާމަރުކަޒީ ކޮމިޓީގެ ކުރީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ލާމަރުކަޒީ ކޮމިޓީގެ ކުރީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކައުންސިލްތަކުން ބަލަހައްޓާ ބިންތައް ރަށްރަށުގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނެގޭގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަށް ޝަކުވާ ހުށަހެޅުމަށް އެންމެ ދެ ދުވަސް ދޭން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފި އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބޭ އިހުސާސީ ބާރުވެރިކަން އެއްކޮށް ނިގުޅައިގަނެވޭ ގޮތަށް ހުށަހަޅާފައިވާ އެ އިސްލާހުގެ މަސައްކަތް ނިންމަން ސުންގަޑި ކަނޑައެޅީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. އެ އިސްލާހަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކަށް އެ ކޮމިޓީން ފާސްކުރީ ބުރާސްފަތި ދުވަހުގެ 2:00 އެވެ.

އެގޮތަށް ހުށަހެޅުއްވީ ކޮލަމާފުށި ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ދީދީ އެވެ. އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ހަ މެންބަރުންގެ ވޯޓުންނެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބޭ ބާރުތައް ވަރަށް ބޮޑަށް ހަނިވާ ގޮތަށް ހުށަހަޅާފައިވާ އިސްލާހަކަށް ވާތީ އެކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް އެ ކޮމިޓީގައި ހިމެނޭ އެމްޑީޕީ މެންބަރު، މުހައްމަދު ނިއުޝާދު ހުށަހެޅުއްވި އެވެ.

ރަށްރަށުގެ ބިންތައް ބޭނުން އިރެއްގައި ސަރުކާރަށް ނެގޭ ބަދަލުތަކާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަނީ

ސަރުކާރުގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތައް ބޭނުން އިރެއްގައި ނަގައި، ކައުންސިލަރުން ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް މަޖުބޫރުކުރަން ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތަކާ ދެކޮޅަށް ހުށަހެޅި ޕެޓިޝަންގައި ގޮވާލަނީ މިއީ ލާމަރުކަޒީ ނިޒާމުގެ ރޫހާ ހިލާފު ބަދަލެއް ކަމަށްވާތީ ބިލު އަނބުރާ ގެންދިއުމަށް.

އޭނާ ހުށަހެޅުއްވީ އެ އިސްލާހު ދިރާސާކުރުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު 30، ގެ ނިޔަލަށް ނިންމުމަށެވެ. އެހެންނަމަވެސް، އެ ހުށަހެޅުން ފާސްކޮށްފައެއް ނުވެ އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ކައުންސިލެއްގެ އިހުތަސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށް ފަހު، ކައުންސިލުގެ މިލްކިއްޔާތުން އެ ތަނެއް ވަކިވާނެ ކަމަށެވެ. އަދި، އެ ތަނަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަނަށް ވެގެން ދާނެ އެވެ. 

ހަމަ އެހެންމެ، ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުއެއް ހިންގަން ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ ބިން ސަރުކާރާ ހަވާލުކުރަން ޖެހެ އެވެ. 

ކައުންސިލްތަކުން ބަލަހައްޓާ ބިިންތައް ސަރުކާރަށް ނެގުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދަން ލާޒިމުކުރަން އިސްލާހެއް

ރަށެއްގެ އިހުތިސާސަށް ނުވަތަ ވަސީލަތަކަށް ބަދަލު ގެނައުމުގެ ކުރިން، އެ ރަށެއްގެ ކައުންސިލާ މަޝްވަރާކޮށް ރައްޔިތުންގެ ހިޔާލު ހޯދުން ލާޒިމުކުރާ އިސްލާހެއް މަޖިލީހަށް ހުށަހަޅައިފިއެވެ. މި އިސްލާހުގައިވާ ގޮތުން، ބިމެއް ނުވަތަ ވަސީލަތެއް ސަރުކާރަށް ނަގަންވާނީ އެކަމުގެ ތަފްސީލީ ބަޔާނެއް އާންމުކުރުމަށްފަހު، އެލްޖީއޭއިން ކަނޑައަޅާ އުސޫލުތަކުގެ މަތިންނެވެ.

ލާމަރުކަޒީ ގާނޫނަށް ދެން ގެންނަ ބަދަލުތައް ހުށަހަޅާފައި ވަނީ ކައުންސިލު މެންބަރުންގެ ސުލޫކީ މިންގަނޑަށެވެ. މި މިންގަނޑަށް އިތުރުކުރާ ކަންކަމުގައި ވަނީ، ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދޭން ކައުންސިލަރުންނަށް މަޖުބޫރުކުރާ ގޮތަށެވެ. 

އޭގެ އިތުރުން، މަގުބޫލު ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށް ހިމަނަން ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި، އެފަދަ މަޝްރޫއުތައް ހުއްޓުވުމަށް ނިންމުންތައް ނިންމައިގެން ނުވާނެ ކަމަށް ވެސް ބަދަލުތަކުގައި ވެ އެވެ. 

ރަށެއްގެ އިހުތިސާސަށް ނުވަތަ ވަސީލަތަކަށް ބަދަލުގެންނަން މައި ސަރުކާރުން ނިންމާނަމަ، އެ ރަށެއްގެ ރައްޔިތުންގެ ހިޔާލު ހޯދަން ލާޒިމުވާ ގޮތަށް ހިމަނައި، އިދިކޮޅު އެމްޑީޕީގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) އިއްޔެ ވަނީ އެ ބިލަށް އިސްލާހެއް ހުށަހަޅުވައިފަ އެވެ.

އެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުންދާއިރު،  އެ ބިލާ ދެކޮޅަށް އާންމުންގެ ތެރެއިން ބަޔަކު ވަނީ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފަ އެވެ. މިހާރު ބަދަލުތަކާ ދެކޮޅަށް ސޮއިކުރަމުން އަންނަ ޕެޓިޝަނުގައި ވަނީ އެ ބިލަކީ ލާމަޒުކަޒީ ގާނޫނޫގެ ރޫހާ ހިލާފު ބިލެއް ކަމަށް ބުނެ އެ ބިލު އަނބުރާ ގެންދަން ގޮވާލާފަ އެވެ.    

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox