އައްޑޫ ސިޓީ ބްރިޖް
2 ލިޔުން
ފަހުގެ
ހަބަރު"ގެއްލުންވާ ގޮތަށް ބްރިޖް އަޅަންޖެހޭނީ އަޅުގަނޑުމެން މަރާފައި"
އައްޑޫ ސިޓީގެ ފަރުގެ ބޮޑުބައެއް ހިއްކައިގެން ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ބްރިޖް އެޅުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނާ ދެކޮޅަށް މޭޔަރު އަލީ ނިޒާރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. ނިޒާރު ވިދާޅުވީ ބްރިޖްގެ ބަދަލުގައި ފާލަމެއް އަޅައިގެން އައްޑޫގެ ފަރުތައް ހަލާކުކުރުމަށް ފުރުސަތު ނުދޭނެ ކަމަށް.
ހަބަރުފަރުގެ ބޮޑުބައި ހިއްކާގޮތަށް އައްޑޫ ބްރިޖްގެ ޕްލޭނަށް ބަދަލެއް
އައްޑޫ ބްރިޖްގެ ޕްލޭނަށް ގެނައި ބަދަލާއެކު، ފަރުގެ ބޮޑުބައެއް ހިއްކައިގެން ކޯޒްވޭއެއްގެ ގޮތަށް ހިތަދޫ އާއި ހުޅުމީދޫ ގުޅާލުމަށް ސަރުކާރުން ވަނީ ނިންމާފައި. މި ބަދަލުގެ ސަބަބުން އައްޑޫގެ ތިމާވެށްޓަށާއި ޑައިވިން ޕޮއިންޓްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެތީ، އައްޑޫ ސިޓީގެ މޭޔަރު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައި.
