އެމްޑީޕީގެ މުޒާހަރާ މަޖީދީ މަގުން ކުރިއަށްގެންދިޔުމުގެ ފުރުސަތު ދޭން އެދިއްޖެ

އެމްޑީޕީން ބޭއްވި އިހުތިޖާޖެއްގެ ތެރެއިން: އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ މުޒާހަރާ މަޖީދީ މަގުން ކުރިއަށްގެންދިޔުމުގެ ފުރުސަތު ފަހިކޮށްދޭން ވަނީ އެދިފައި -- ފޮޓޯ: އަދަދު

އެމްޑީޕީން ބޭއްވި އިހުތިޖާޖެއްގެ ތެރެއިން: އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ މުޒާހަރާ މަޖީދީ މަގުން ކުރިއަށްގެންދިޔުމުގެ ފުރުސަތު ފަހިކޮށްދޭން ވަނީ އެދިފައި -- ފޮޓޯ: އަދަދު

އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ "ދަތިވެއްޖެ" ނަމުގައި ބާއްވާ މުޒާހަރާ މަޖީދީ މަގުން ކުރިއަށް ގެންދިޔުމުގެ ފުރުސަތު ދޭން ފުލުހުންނާ ބައްދަލުކޮށް އެ ޕާޓީން އެދިއްޖެ އެވެ. 

އެމްޑީޕީން ފުލުހުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު އެ ޕާޓީގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވީ މުޒާހަރާ ކުރިއަށް ގެންދެވެން އޮތީ ހަމައެކަނި މަޖީދީ މަގުން ކަމަށްވާތީ އެ ފުރުސަތު ފަހިކޮށްދޭން އެދިފައިވާނެ ކަމަށާއި އެގޮތަށް އެ ހުއްދަ ފުލުހުން ދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. 

"އަޅުގަނޑުމެން މުޒާހަރާ ގެންދާނީ ހަމަ ސީދާ މަޖީދީ މަގުން ދާ ގޮތަށް. ދެން އެބޭފުޅުން އަޅުގަނޑަށް ހީވަނީ މިފަހަރު ހުއްދަ ދެއްވާނެހެން. ދެން ވިދާޅުވި ތިމަންނަމެންގެ ވެރިންނާ މަޝްވަރާކުރުމަށްފަހު ޖަވާބެއް ދޭނަމޭ. ދެން އަޅުގަނޑުމެންގެ ވާހަކައަކީ އިތުރު އެހެން މަގެއް ނެތޭ. އަޅުގަނޑުމެން ހަމަ ދާނީ މަޖީދީ މަގުންނޭ ހަމަ،" އޭނާ ވިދާޅުވި އެވެ. 

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހިމް ވިދާޅުވީ އެމްޑީޕީން އިންތިޒާމުކޮށްގެން ވޭތުވެދިޔަ ތިން ފަހަރު ހަރަކާތްތައް ބާއްވަންވެގެން ފުލުހުގައި އެދިފައިވާ ރޫޓްތައް ބަދަލުކޮށްފައިވާ ކަމަށެވެ. 

ނަމަވެސް މިފަހަރު މަޖީދީ މަގުން މުޒާހަރާ ކުރިއަށްގެންދަން އެދުނީ ގިނަ ގެތައް ހުންނަނީ މަޖީދީ މަގު ސަރަހައްދުގައި ހުންނާތީ ކަމަށް އަންވަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބޭރު މަގުން މުޒާހަރާ ކުރިއަށް ގެންދިޔާމަ ގެތައް މަދުވުމުން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖު ނުފޯރާ ކަމަށެވެ. 

އެމްޑީޕީގެ މުޒާހަރާ އޮގަސްޓް 13، ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ފެށުމަށް ހަމަޖެހިފައިވަނީ މަޖީދީ މަގު، ސޯޝަލް ސެންޓަރު ކުރިމަތިންނެވެ. 

ދަތިވެއްޖެ ނަމުގައި އެމްޑީޕީން މުޒާހަރާއެއް ބޭއްވުމަށް ރާވަމުންދަނީ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާތީ އެވެ. ސަރުކާރުން އާންމު ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރެއްގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ އަގު ވަނީ އަށް ޕަސެންޓު އުފުލިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox