ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނަށް ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދަނީ

ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތްކުރުން: އެ ތިން މީހުން ހޯދުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނޭ -- ފޮޓޯ: އެމްއެންޑީއެފް

ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތްކުރުން: އެ ތިން މީހުން ހޯދުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނޭ -- ފޮޓޯ: އެމްއެންޑީއެފް

ތ. މަޑިފުށިން ހިލަ އާއި ހިލަވެލި ބަރުކޮށްގެން ހުވަދުއަތޮޅު ރިސޯޓަކަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދަން ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދަން މަޝްވަރާ ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. 

ފޮރިން މިނިސްޓްރީން އެކްސް ގައި ބުނީ ގެއްލުނު ތިން މީހުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނަށް އެހީތެރިކަން ހޯދުމަށް އެކި ގައުމުތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް މަަޝްވަރާ ކުރަމުންދަނީ ކޮން ގައުމުތަކާއެކު ކަމެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. 

މިނިސްޓްރީން ބުނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ތިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އޮޕަރޭޝަން ވަރުގަދަކުރުމަށް ދެވެން އޮތް ހުރިހާ އެހީތެރިކަން ދިނުމަށް މަަސައްކަތް ކުރާނެ ކަމަށެވެ. 

ފުލުހުން ބުނީ އެ ހާދިސާގައި ގެއްލުނީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުހައްމަދު ހަމްދޫން، 35، އާއި ދޯނި ސަލާމަތްކުރުމުގެ މަސައްކަތްކުރަން ދިޔަ ފުލުހުންގެ ސާޖަންޓް އަލީ ނާފިއު، 35، އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހްމަދު 39، އެވެ. 

އެ ތިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނީ އެމްއެންޑީއެފް ކޯސްޓް ގާޑާއި ފުލުހުން ގުޅިގެންނެވެ. އެގޮތުން ވައިގެ މަގުން 6،112 އަކަ ނޯޓިކަލް މޭލު، ކަނޑުގެ މަގުން 1،370.10 އަކަ ނޯޓިކަލް މޭލު ސަރަހައްދު ވަނީ ބަލައިފަ އެވެ.   

އަދަދު އަށް އެނގިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދާ ފުލުސް އަދި ސިފައިންގެ މީހާއަކީ ވިލިނގިލީ މީހުންނާ ކައިވެނިކޮށްގެން އެ ރަށުގައި ދިރިއުޅޭ ދެ މީހުންނެވެ. ގެއްލުނު އެމްއެންޑީއެފް މީހާގެ ތިން ކުދިން ތިބެ އެވެ. އަދި ފުލުސް މީހާގެ ދެ ކުދިން ތިބެ އެވެ.

އެ ހާދިސާ ހިނގި ގޮތުގެ މައުލޫމާތު އެނގޭ އޮފިޝަލަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ ދޯނި އަޑިއަށްދިޔައިރު، ގެއްލުނު މީހުން ތިބީ ދޯނީގައި ކަމަށެވެ. އެމީހުން ދިޔައީ ދޯނި ސަލާމަތް ކުރަން ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުން ކަމަށް އޭނާ ބުންޏެވެ. 

ފުލުހުންނާއި ސިފައިން ގުޅިގެން ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުންދިޔައީ އެ ހިސާބުން ދަތުރު ކުރި ކޮޅުވެއްޓިއެއްގައި ދޯނި ކަފު ޖަހައިގެންނެވެ. ބެލެވެނީ، ކޮޅުވެއްޓިން އުފެދުނު ބާންޏަކުން ދޯނި ފުރޮޅާލައިގެން އަޑިއަށް ދިޔައީ ކަމަށެވެ. 

ސިފައިން އެންމެ ފުރަތަމަ އާންމު ކުރި ބަޔާނެއްގައި ބުނީ ދޯނި ސަލާމަތް ކުރެވޭ ގޮތް ނުވެ އަޑިއަށްދިޔައީ ކަނޑުގަދަވުމުގެ ސަބަބުން ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox