ގެއްލުނު މީހުން ހޯދުން ކުރިއަށް، ވަނަވަރު ހާމަކޮށްފި

ދޯނި އަޑިއަށްގޮސް ގެއްލުނު ތިން މީހުން: އެ ތިން މީހުންގެ ތެރޭގައި ހިމެނެނީ ފުލުހަކާއި، ސިފައިންގެ މީހެއްގެ އިތުރުން ދޯނީގެ ކެޕްޓަން

ދޯނި އަޑިއަށްގޮސް ގެއްލުނު ތިން މީހުން: އެ ތިން މީހުންގެ ތެރޭގައި ހިމެނެނީ ފުލުހަކާއި، ސިފައިންގެ މީހެއްގެ އިތުރުން ދޯނީގެ ކެޕްޓަން

ތ. މަޑިފުށިން ހިލަ އާއި ހިލަވެލި ބަރުކޮށްގެން ހުވަދުއަތޮޅު ރިސޯޓަކަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުންގެ ވަނަވަރު ހާމަކޮށް، އެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފި އެވެ. 

ފުލުހުން ބުނީ އެ ހާދިސާގައި ގެއްލުނީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުހައްމަދު ހަމްދޫން، 35، އާއި ދޯނި ސަލާމަތްކުރުމުގެ މަސައްކަތްކުރަން ދިޔަ ފުލުހުންގެ ސާޖަންޓް އަލީ ނާފިއު، 35، އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހްމަދު 39، އެވެ. 

އެ ތިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނީ އެމްއެންޑީއެފް ކޯސްޓް ގާޑާއި ފުލުހުން ގުޅިގެންނެވެ. އެގޮތުން  ވައިގެ މަގުން ޔޫއޭވީއާއި މޯލްޑިވިއަންގެ ފްލައިޓެއްގެ އިތުރުން އެމްއެންޑީއެފް އާއި ފުލުހުންގެ އުޅަނދުފަހަރުތައް އޮޕަރޭޝަންގައި ދަނީ ބޭނުންކުރަމުންނެވެ.  

އަދަދު އަށް އެނގިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދާ ފުލުސް އަދި ސިފައިންގެ މީހާއަކީ ވިލިނގިލީ މީހުންނާ ކައިވެނިކޮށްގެން އެ ރަށުގައި ދިރިއުޅޭ ދެ މީހުންނެވެ. ގެއްލުނު އެމްއެންޑީއެފް މީހާގެ ތިން ކުދިން ތިބެ އެވެ. އަދި ފުލުސް މީހާގެ ދެ ކުދިން ތިބެ އެވެ.

"ފްރެންޑު-4" އަޑިއަށް ދިޔައީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ދޯނިން އަށް މީހުން ދަތުރު ކުރި އެވެ. ކައްޕި ފިޔަވައި ދެން ތިބީ މުޅިން ވެސް ބިދޭސީންނެވެ. އެ އެންމެން ވަނީ ސަލާމަތްކޮށްފަ އެވެ. 

އެ ހާދިސާ ހިނގި ގޮތުގެ މައުލޫމާތު އެނގޭ އޮފިޝަލަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ ދޯނި އަޑިއަށްދިޔައިރު، ގެއްލުނު މީހުން ތިބީ ދޯނީގައި ކަމަށެވެ. އެމީހުން ދިޔައީ ދޯނި ސަލާމަތް ކުރަން ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުން ކަމަށް އޭނާ ބުންޏެވެ. 

ފުލުހުންނާއި ސިފައިން ގުޅިގެން ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުންދިޔައީ އެ ހިސާބުން ދަތުރު ކުރި ކޮޅުވެއްޓިއެއްގައި ދޯނި ކަފު ޖަހައިގެންނެވެ. ބެލެވެނީ، ކޮޅުވެއްޓިން އުފެދުނު ބާންޏަކުން ދޯނި ފުރޮޅާލައިގެން އަޑިއަށް ދިޔައީ ކަމަށެވެ. 

ރޭ ދަންވަރުގެ ވަގުތެއްގައި ސިފައިން އާންމު ކުރި ބަޔާނެއްގައި ބުނީ ދޯނި ސަލާމަތް ކުރެވޭ ގޮތް ނުވެ އަޑިއަށްދިޔައީ ކަނޑުގަދަވުމުގެ ސަބަބުން ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox