ރޭގެ ހިތާމަވެރި ހާދިސާ: ކައްޕި އާއި ފުލުސް އަދި ސިފައިންގެ މީހާ ގެއްލުނީ ދޯނި ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް

ދޯނީގެ ކައްޕީގެ އިތުރުން، ދޯންޏާއި މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހަކު ގެއްލިގެން އަންނަނީ ހޯދަމުން

ދޯނީގެ ކައްޕީގެ އިތުރުން، ދޯންޏާއި މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހަކު ގެއްލިގެން އަންނަނީ ހޯދަމުން

މުދާ ބަރުކޮށްގެން ދަތުރު ކުރަނިކޮށް ރޭ ދަންވަރު އަޑިއަށް ދިޔަ ދޯނިން ގެއްލުނު އެ ދޯނީގެ ކައްޕި އާއި ދޯނި ސަލާމަތް ކުރަން ދިޔަ ޕޮލިސް އަދި ސިފައިންގެ މީހާ ގެއްލުނީ ދޯނި ސަލާމަތް ކުރުމަށްޓަކައި ދިޔަ ހިއްކުމުގެ މަސައްކަތް ކުރަނިކޮށްކަން އިތުބާރު ހުރި މަސްދަރަކުން އަދަދު އަށް އެނގިއްޖެ އެވެ. 

ގެއްލިގެން ހޯދަނީ ދޯނީގެ ކައްޕި އާއި އެ ދޯނި ސަލާމަތް ކުރަން ގއ. ވިލިނގިލިން ދިޔަ ފުލުހުންގެ ޓީމުގައި ހިމެނޭ ފުލުހަކާއި ގދ. ތިނަދޫއިން ދޯނި ސަލާމަތް ކުރުމުގެ އޮޕަރޭޝަނާ ގުޅުނު ސިފައިންގެ މީހެކެވެ. 

ދޯނީގެ ކައްޕިއަކީ، ތ. މަޑިފުއްޓަށް ނިސްބަތްވާ މުހައްމަދު ހަމްދޫން އެވެ. އަދި ގެއްލުނު ފުލުސް މީހާއަކީ ސާޖަންޓް އަލީ ނާފިއުކަން މި ނޫހަށް ވަނީ އެނގިފަ އެވެ. ގެއްލުނު ސިފައިންގެ މީހާގެ ވަނަވަރެއް އަދި ނޭނގެ އެވެ. 

Advertisement

މި ނޫހަށް އެނގިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދާ ފުލުސް އަދި ސިފައިންގެ މީހާއަކީ ވިލިނގިލީ މީހުންނާ ކައިވެނިކޮށްގެން ދިރިއުޅޭ ދެ މީހުންނެވެ. ގެއްލުނު އެމްއެންޑީއެފް މީހާގެ ތިން ކުދިން ތިބެ އެވެ. އަދި ފުލުސް މީހާގެ ދެ ކުދިން ތިބެ އެވެ. 

"ފްރެންޑު-4" އަޑިއަށް ދިޔައީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ދޯނިން އަށް މީހުން ދަތުރު ކުރި އެވެ. ކައްޕި ފިޔަވައި ދެން ތިބީ މުޅިން ވެސް ބިދޭސީންނެވެ. އެ އެންމެން ވަނީ ސަލާމަތްކޮށްފަ އެވެ. 

އެ ހާދިސާ ހިނގި ގޮތުގެ މައުލޫމާތު އެނގޭ އޮފިޝަލަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ ދޯނި އަޑިއަށްދިޔައިރު، ގެއްލުނު މީހުން ތިބީ ދޯނީގައި ކަމަށެވެ. އެމީހުން ދިޔައީ ދޯނި ސަލާމަތް ކުރަން ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުން ކަމަށް އޭނާ ބުންޏެވެ. 

ހިލަ އާއި ހިލަވެލި ބަރުކޮށްގެން ރިސޯޓަކަށް ދަތުރު ކުރި ކަމަށް ބެލެވޭ "ފްރެންޑު-4" ދިޔަވާން ފެށީ ރޭ 9:30 ހާއިރު އެވެ. މައުލޫމާތު ލިބޭ ގޮތުގައި ދޯނީގައި އޮތީ އެންމެ ޕަންޕެކެވެ. އެ ޕަންޕު ޖަހައިގެން ދިޔަވުން ކޮންޓްރޯލެއް ނުވި އެވެ. 

ދޯނި ދިޔަވާން ފެށި ހިސާބުން ދޯނީގެ ކައްޕި ވަނީ އެކި މީސްމީހުންނަށް ގުޅައި އެހީ ހޯދަމުންނެވެ. ދޯންޏާއި މީހުން ސަލާމަތް ކުރަން ދިޔަ ޕޮލިސް އަދި އެމްއެންޑީއެފްގެ ޓީމުތަކުން ދިޔައީ ޕަންޕު ހިފައިގެންނެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުންދިޔައީ އެ ހިސާބުން ދަތުރު ކުރި ކޮޅުވެއްޓިއެއްގައި ދޯނި ކަފު ޖަހައިގެންނެވެ. ބެލެވެނީ، ކޮޅުވެއްޓިން އުފެދުނު ބާންޏަކުން ދޯނި ފުރޮޅާލައިގެން އަޑިއަށް ދިޔައީ ކަމަށެވެ. 

ރޭ ދަންވަރުގެ ވަގުތެއްގައި ސިފައިން އާންމު ކުރި ބަޔާނެއްގައި ބުނީ ދޯނި ސަލާމަތް ކުރެވޭ ގޮތް ނުވެ އަޑިއަށްދިޔައީ ކަނޑުގަދަވުމުގެ ސަބަބުން ކަމަށެވެ. 

"ކަނޑުގަދަވުމުގެ ސަބަބުން ދޯނި ސަލާމަތްކުރުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވެ، ސިފައިންނާއި ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް އުޅަނދު ވަނީ މުޅިން އަޑިއަށް ގޮސްފަ،" ސިފައިން ބުންޏެވެ.  

އެ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި އާންމުންގެ އެހީތެރިކަމާއެކު އަދިވެސް ދަނީ ކުރަމުންނެވެ. 

"މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހަކު މިހާރު ސަލާމަތްކުރެވިފައިވާއިރު، މި ހާދިސާގައި ތިން މީހަކު ވަނީ ގެއްލިފަ. ގެއްލުނު މީހުންގެ ތެރޭގައި ހިމެނެނީ، ދޯނީގެ ގެ ކެޕްޓަން އާއި އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކާއި ފުލުހުންގެ ބޭކަލެއް،" ސިފައިން ބުނެފައިވެ އެވެ. 

ކުށެއްގެ އިސްލާހު: އޯގަސްޓު 6، 2026

ފްރެންޑްޝިޕް-4 އިން ދަތުރު ކުރި މީހުންނާއި އުޅަނދު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ގެއްލުނު ތިން މީހުން ތިބި ކަމަށް ބެލެވެނީ ދޯނީގެ ވަތުގައި ކަމަށް މި ލިޔުމުގައި ކުރިން ލިޔެފައިވަނީ މައުލޫމާތުގެ ކުށަކުންނެވެ. ގެއްލުނު މީހުން ތިބީ ދޯނީގެ ވަތުގައި ނޫންކަން މި ނޫހަށް ވަނީ މިހާރު ޔަގީންވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox