ޕީއެސްޖީ އާއި ލިވަޕޫލް ފަހަަތަށް ޖައްސާލައި ރެއާލުން ޑިއޮމަންޑޭގެ ސޮއިހޯދަނީ

Jul 27, 2026, 7:39 AM
ލައިޕްޒިގަށް ލަނޑެއް ޖަހައިިދިނުމަށް ފަހު ޑިއޮމަންޑޭ އުފާފާޅުކުރަނީ.

ލައިޕްޒިގަށް ލަނޑެއް ޖަހައިިދިނުމަށް ފަހު ޑިއޮމަންޑޭ އުފާފާޅުކުރަނީ.

ލައިޕްޒިގު (ޖުލައި 27) - ޖަރުމަނުގެ އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓުގެ ވިންގް، ޔަން ޑިއޮމަންޑޭގެ ސޮއި ހޯދުމާ ރެއާލް މެޑްރިޑުން ގާތަށް ޖެހިލައިިފި އެވެ. 

އުމުރުން 19  އަހަރުގެ ޑިއޮމަންޑޭގެ ސޮއި ހޯދަން ލިވަޕޫލުން ކުރި ދެ ބިޑެއް ލައިޕްޒިގުން އަނބުރާ ފޮނުވާލިއިރު، އޭގެ ފަހުން، އޭނާގެ ސޮއި ހޯދާނެ ކަމަށް ބެލެވުނީ، ފާއިތުވި ދެ އަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ފްރާންސްގެ ޕީއެސްޖީ އެވެ. އެކަމަކު، ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުރިއަށް އޮތް ސީޒަނުގައި ވާދަކުރަން، ޓީމު ވަަރުގަދަ ކުރަމުން އަންނަ ރެއާލުން މި ވަނީ ޑިއޮމަންޑޭގެ ޑީލް ހައިޖެކްކުރުމާ ގާތުގަ އެވެ. 

ޕީއެސްޖީ އާއި ލިވަޕޫލުން ކުރި ފުރަތަމަ ބިޑެކޭ އެއްގޮތަށް ރެއާލްގެ ފުރަތަމަ ހުށަހެޅުން ވެސް ލައިޕްޒިގުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އެއީ، 100 މިލިއަން ޑޮލަރުގެ ފީއެއް ޖުމްލަ އެކު ދައްކާ ގޮތަށް ކުރި ބިޑެކެވެ. ލައިޕްޒިގުން ޑިއޮމަންޑޭ ވިއްކަން ކިޔާ އަގުު، 130 މިލިއަން ޑޮލަރަށް ވުރެން ކުޑަނުވާނެ ކަމަށް ސްކައި ސްޕޯޓްސް ޖާމަނީން ރިޕޯޓްކުރެ އެެވެ. 

Advertisement

މި ފަހަރުގެ ޓްރާންސްފާ ތެރޭގައި، ޑިއޮމަންޑޭ ވަނީ އަނގަބަހުން، ޕީއެސްޖީއާ އެކު އެއްބަސްވުމަކަށް އަތުވެފަ އެވެ. ފްރާންސްގެ ގަދަބާރު ޕީއެސްޖީ އަށް ލައިޕްޒިގާ އެކު އެއްބަސްވުމަކަށް ނާދެވިގެން އުޅެނިކޮށް، ރެއާލުން މި ވަނީ އެ ޑީލުގެ ތެރެއަށް ވަދެފަ އެވެ. 

ލިވަޕޫލާއި ޕީއެސްޖީން މިހާރު ވަނީ ޑިއޮމަންޑޭގެ ޑީލުން ބޭރުވެފަ އެވެ. ލައިޕްޒިގުގައި ވިދާލުމުގެ ކުރިން، 2023 ވަނަ އަހަރު ޑިއޮމަންޑޭ ވަނީ ޗެލްސީގެ ޓްރަޔަލެއްގައި ވެސް ބައިވެރިވެފަ އެވެ. 

މި ފަހަރުގެ ޓްރާންސްފާގައި ރެއާލުން ވަނީ މިހާތަނަށް ހަަތަރު ކުޅުންތެރިއަކު ގެންގޮސްފަ އެވެ. އެއީ، ޖުމްލަ އެކު، 80 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. ލިވަޕޫލްގެ އިބްރާހިމާ ކޮނާޓޭ އާއި މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ، ހިލޭ ޓްރާންސްފާއެއްގައި ރެއާލަށް ދިޔައިރު، ޗެލްސީގެ މާކް ކުކުރެއްޔާ އާއި އިންޓަ މިލާންގެ ޑެންޒެލް ޑަމްފްރީސް ހޯދަން ރެއާލުން ޖުމްލަ އެކު ދައްކަން ޖެހުނީ ނިސްބަތުން ބަލާއިރު ކުޑަ ފީ އެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox