ވިނީޝިއުސް ތަމްސީލްކުރާ އޭޖެންސީން މީޑިއާ އަށް ފާޑުކިޔައިފި

Aug 3, 2026, 9:03 AM
ރެއާލް މެޑްރިޑްގެ މެޗެއްގެ ތެރެއިން ވިނީޝިއުސް.

ރެއާލް މެޑްރިޑްގެ މެޗެއްގެ ތެރެއިން ވިނީޝިއުސް.

މެޑްރިޑް (އޮގަސްޓް 3) - ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވާޑް، ވިނީޝިއުސް ޖޫނިއާގެ އޭޖެންޓެއްގެ ގޮތުގައި، އޭނާ ތަމްސީލްކުރަމުން އަންނަ އޭޖެންސީ، ރޮކް ނޭޝަން ސްޕޯޓްސް އިންޓަނޭޝަނަލް އިން މީޑިއާ އަށް ފާޑުކިޔައިފި އެވެ. 

އެ ގޮތުން، ރޮކް ނޭޝަން ސްޕޯޓްސް އިންޓަނޭޝަނަލް އިން މީޑިއާތަކާ މެދު ހިތްހަަމަނުޖެހުން ފާޅުކޮށްފައި މި ވަނީ، އުމުރުން 26 އަހަރުގެ ވިނީޝިއުސްގެ މުސްތަގުބަލާ ގުޅޭގޮތުން، މީޑިއާގައި ގިނަ ގޮތްގޮތަށް ވާހަކަތައް ފެތުރެމުންދިޔަ ދަނޑިވަޅެއްގަ އެވެ. 

ރޮކް ނޭޝަންސް ސްޕޯޓްސް އިންޓަނޭޝަނަލްގެ ރައީސް، މައިކަލް ޔޯމާކް، އޭނާގެ އިންސްޓަގްރާމްގައި ލިޔެފައިވާ ގޮތުގައި، މީޑިއާތަކުގައި ހަގީގަތާ ހިލާފަށް ފޭކު ވާހަކަތަކެއް ހިމަނަމުން އައުމަކީ އެއް ގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި، މީހުންގެ ސަމާލުކަން ހޯދުމަށްޓަކައި ކަމުގައި ވިޔަސް، ކަމުގެ އަސްލު ގެއްލުވާލައި، އޭގެ ގެއްލުން މީހުންނަށް ކުރިމަތިވާނެ ފަދަ ގޮތްގޮތަށް ހަބަރުތައް ފެތުރުމަކީ، ކުޅިވަރު ކުޅުންތެރިން ތަމްސީލްކުރުމުގައި ޕްރޮފެޝަނަލް މިންގަނޑު ހިފަހައްޓާ ފަރާތްތަކަށް ވަރަށް ގެއްލުންތައް ކުރިމަތިވާ ކަމެއް ކަމަށް ޔޯމާކް ވަނީ ފާހަގަކޮށްފަ އެވެ. 

"މީޑިއާތަކާއި ނޫސްވެރިން ޒިންމާދާރުވާންޖެހޭ. ޖަވާބުދާރީވާން ޖެހޭ ކަންކަން މި ހުންނަނީ،" ޔޯމާކް ލިޔެފައިވެ އެެވެ. 

ރޮކް ނޭޝަންސް ސްޕޯޓްސް އިންޓަނޭޝަނަލް އިން މި ގޮތަށް މީޑިއާ އަށް ފާޑުކިޔާފައިވާ ސީދާ ސަބަބެއް، ޔޯމާކް ހިމަނާފައިނުވި ނަމަވެސް، ރިޕޯޓްތައް ބުނާގޮތުގައި، މިއީ ވިނީޝިއުސްއާ ގުޅޭގޮތުން މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ފާޅުކުރި ޝުއޫރުތަކެކެވެ. 

ރެއާލްގެ ކޮންޓްރެކްޓް އާ ކުރަން ވިނީޝިއުސްއާ އެކު ކުރިއަށްދާ މަޝްވަރާތަކުގައި ކުރިއެރުމެއް ނުލިބި ދުވަސްތައް ހިނގަމުން އަންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެއާ އެކު، ގިނަ ކްލަބްތަކަކުން އަންނަނީ ވީނީޝިއުސްގެ ސޮއި ހޯދުމަށްޓަކައި، އޭނާ އަށް އޮފާތަކެއް ހުށަަހަޅަމުންނެވެ. 

އިނގިރޭސި ދެ މީިޑިއާއެއް ކަމަށްވާ، ދި އެތުލެޓިކް އާއި ދި ޓެލެގްރާފް އިން ރިޕޯޓްކުރާ ގޮުތުގައި ވިނީޝިއުސް ގެންނަން މިހާރު އެންމެ ބުރަކޮށް މަސައްކަތްކުރަނީ އާސެނަލުންނެވެ. އެ ގޮތުން، އާސެނަލުން، ވިނީޝިއުސްގެ ސޮއި ހޯދަން، ބޮޑު މުސާރައެއް ދޭން ވަނީ ތައްޔާރުވެފަ އެވެ. 

ވިނީޝިއުސް މި ވަގުތު ރެއާލުގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ. އޭނާ، ރެއާލްގެ ކޮންޓްރެކްޓް އާ ކުރަން ޑިމާންޑްކުރާ ވަަރުގެ މުސާރައަކާއި އިމޭޖް ރައިޓްސްގެ ޕަސެންޓެއް ދޭން ރެއާލުން ދެކޮޅެވެ. 

ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، ރެއާލުން ވަނީ، ކުރިއަށް އޮތް 10 ދުވަސްތެރޭ، ވިނީޝިއުސް އަށް މުސްތަގުބަލާ ގުޅޭގޮތުން، ގޮތެއް ނިންމަން ފުރުސަތު ދީފަ އެވެ. 

ރެއާލުން 2017 ވަނަ އަހަރު ވިނީޝިއުސް ގަތީ ފްލަމެންގޯ އަށް 50 މިލިއަން ޑޮލަރު ދައްކައިފަ އެވެ. ދާދި ފަހުން، ވިނީޝިއުސް ވަނީ ދަތްދޮޅީގެ ސާޖަރީއެއް ކުރިއަށްގެންގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox