އެންމެ 10 ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގެ އަށް މީހަކު ރާއްޖޭގައި މަރުވުމުން ކަންބޮޑުވުން ފާޅުކޮށްފި

ރާއްޖޭގެ ރަށެއްގައި މަސައްކަތް ކުރަމުންދާ ޒުވާން ބިދޭސީންތަކެއް --- ފޮޓޯ: އަދަދު ފައިލް

ރާއްޖޭގެ ރަށެއްގައި މަސައްކަތް ކުރަމުންދާ ޒުވާން ބިދޭސީންތަކެއް --- ފޮޓޯ: އަދަދު ފައިލް

ދިވެހިރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން އަށް މީހަކު 10 ދުވަހުގެ ތެރޭގައި މަރުވުމުން އެ ގައުމުގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

ޖުލައި 25، އާއި އޯގަސްޓު 3، އާ ދެމެދު ހާދިސާތަކުގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވި ކަމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައި ކޮމިޝަންއާ ހަވާލާދީ ރިޕޯޓުކޮށްފައި ވަނީ އެ ގައުމުގެ ނޫސްތަކުންނެވެ. 

އެ 10 ދުވަހުގެ ތެރޭގައި ގިނައިން މަރުވީ އުމުރުން 21 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނެވެ. އޭގެ ތެރޭގައި ސިއްހީ އެކި މައްސަލަތަކުގައި މަރުވި މީހުންނާއި މަސައްކަތުގެ މާހައުލުގައި ދިމާވި އެކްސިޑެންޓެއްގައި މަރުވި މީހަކު ވެސް ހިމެނެ އެވެ. 

Advertisement

މަރުވި މީހުންގެ ތެރޭގައި ސްޓްރޯކެއް ޖެހިގެން މަރުވި ހަތަރު މީހަކާއި ހާޓް އެޓޭކެއް ޖެހުނު އުމުރުން ދުވަސްވީ މީހަކާއި މަސައްކަތުގެ މާހައުލުގައި ދިމާވި އެކްސިޑެންޓުތަކުގައި މަރުވި ދެ މީހަކާއި އަމިއްލައަށް މަރުވި ކަމަށް ބެލެވޭ މީހަކު ހިމެނެ އެވެ.

"ސްޓްރޯކް އާއި ހިތުގެ މައްސަލަތަކުގައި މަރުވާ ބަންގްލަދޭޝްގެ މީހުންގެ މީހުންގެ އަދަދު ގިނަ ވަނީ، އާއިލާއާ ދުރުގައި އުޅެން ޖެހުމާއި ފައިސާގެ ދަތިކަމާއި ސްޓްރެސްގެ ސަބަބުން ކަމަށް ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުން ގަބޫލު ކުރޭ،" ވިއުސް ބަންގްލަދޭޝް އިން ބުނެފައިވެ އެވެ. 

މަރުވި މީހުންގެ ތަފުސީލު 

  • ޖުުލައި 25 - ރަބީއުލް އިސްލާމް ރޯޝަން (23 އަހަރު) - މަސައްކަތުގެ މާހައުލުގައި ހިނގި އެކްސިޑެންޓެއް
  • ޖުލައި 27 - ހުމެއިން ކާބިރު (45 އަހަރު) - ސްޓްރޯކެއް ޖެހިގެން
  • ޖުލައި 28 - މޮކްބުލް މިއާ (47 އަހަރު) ސްޓްރޯކެއް ޖެހިގެން
  • ޖުލައި 30 - ޝެއިހް ފަރީދު (45 އަހަރު) - ހަކުރު ބަލީގެ ސަބަބުން ސްޓްރޯކެއް ޖެހިގެން
  • އޯގަސްޓް 1 - ސުލައިމާން މަތައްބަރު (21 އަހަރު) - މަސައްކަތުގައި އުޅެނިކޮށް ތިނަރު ބޮވިގެން
  • އޯގަސްޓް 1 - ސައީދު މޮއްލާ (44 އަހަރު) - ސްޓްރޯކެއް ޖެހިގެން
  • އޯގަސްޓް 1 - ބަދީއުއްރަހްމާން (37 އަހަރު) - އަމިއްލަ މަރުވީ ކަމަށް ބެލެވޭ
  • އޯގަސްޓް 3 - ދެލްވާރާ ނަބީ (70 އަހަރު) ހާޓް އެޓޭކެއް ޖެހިގެން

މަރުވި މީހުންގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފޮނުވުމަށް ބަންގްލަދޭޝްގެ ހައި ކޮމިޝަނުން ދަނީ އެހީތެރިވެދެމުން ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ. 

މީޑިއާގައި މި މަރުތަކުގެ ވާހަކަ ޝާއިއު ކުރުމުން، ގައުމުން ބޭރުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރަން ގޮވާލާ އަޑުތައް ވަނީ އިތުރުވެފަ އެވެ. 

ދިވެހިރާއްޖޭގައި 196،024 ބިދޭސީން ދިރިއުޅޭ ކަމަށް ރަސްމީ ހިސާބުތަކުން ދައްކަ އެވެ. އެއީ ކޮންމެ ތިން ދިވެއްސަކަށް ބިދޭސީއެކެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. 

ރަސްމީ ހިސާބުތަކުގެ އިތުރުން ޑޮކިއުމެންޓު ނެތި ރާއްޖޭގައި އިތުރު 30،000 ބިދޭސީން އުޅޭނެ ކަމަށް ބެލެވެ އެވެ. އޭގެ ތެރެއިން ވެސް ގިނައީ ބަންގްލަދޭޝް ރައްޔިތުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox