ހަސީނާގެ އިވެންޓުގައި ބައިވެރިވި ބަންގްލަދޭޝްގެ ކުރީގެ ކްރިކެޓް ކެޕްޓަންގެ ގެޔަށް ހަމަލާދީފި

Aug 7, 2026, 6:30 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ، 2024 ވަނަ އަހަރު މަގާމުން ދުރުކުރި ފަހުން ފުރަތަމަ ފަހަރަށް މީޑިއާއާ ވާހަކަދެއްކެވި އިވެންޓެއްގައި އެ ގައުމުގެ ކުރީގެ ކްރިކެޓް ކެޕްޓަން ޝާކިބް އަލް ހަސަން ބައިވެރިވުމާ ގުޅިގެން، އޭނާގެ ގޭގެ ކުޑަދޮރުތައް ތަޅާލައި، ޕެޓްރޯލް ބޮން އުކައިފި އެވެ. އަންނަ ޑިސެމްބަރު މަހު އަލުން ގައުމަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ހަސީނާ ވައުދުވެވަޑައިގެންނެވި މި ބައްދަލުވުމަށް ފަހު ޝާކިބްގެ ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.

ފުލުހުން ބުނި ގޮތުގައި، ވެރިރަށް ޑާކާގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 170 ކިލޯމީޓަރު ދުރުގައި އޮންނަ މަގޫރާ ޓައުންގައި ހުންނަ ޝާކިބްގެ ގެއަށް ބުދަ ދުވަހު ބަޔަކު ހަމަލާދީ، އެ ގޭގެ މަތީ ފަންގިފިލާގައި ވަނީ އަލިފާން ރޯކޮށްލާފަ އެވެ. މި ހާދިސާ ހިނގިއިރު އެ ގޭގައި އެއްވެސް މީހަކު އުޅެމުން ނުދާތީ، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި ހަމަލާ ދީފައިވަނީ އަވާމީ ލީގުގެ ކުރީގެ މަޖިލިސް މެންބަރު ޝާކިބް، ނިއުދިއްލީގެ ފޮރިން ކޮރެސްޕޮންޑެންޓްސް ކްލަބް އޮފް ސައުތު އޭޝިއާއިން އިންތިޒާމުކުރި ވާޗުއަލް އިވެންޓެއްގައި ބައިވެރިވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ. 

ޖެނުއަރީ 2024 ގައި އަވާމީ ލީގުގެ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް އިންތިޚާބުވި ޝާކިބް، ދަރިވަރުން އިސްވެ ހިންގި ހަރަކާތްތަކެއްގެ ތެރެއިން ހަސީނާގެ ސަރުކާރު ވައްޓާލި ފަހުން ދިރިއުޅެމުންދަނީ ބަންގްލަދޭޝްއިން ބޭރުގަ އެވެ. އޭނާގެ މައްޗަށް މީހުން މެރުމާއި، ޚިޔާނާތާއި، މަކަރާއި ހީލަތް ހެދުމުގެ އިތުރުން މަނީ ލޯންޑަރިންގެ ތުހުމަތުތައް ހިމެނޭ ގޮތަށް ގިނަ ތަހުގީގުތަކެއް ދަނީ ހިންގަމުންނެވެ.

ހަސީނާގެ ސަރުކާރު ވައްޓާލިތާ ދެ އަހަރު ފުރުނު ދުވަހު ބޭއްވި މި އިވެންޓަކީ، 2024 ވަނަ އަހަރު އޭނާ ގައުމުން ވަޑައިގެންނެވި ފަހުން މީޑިއާއާ ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ވަނީ ހަސީނާ މީޑިއާއަށް ފެނިވަޑައިގަތުން ކުށްވެރިކޮށްފަ އެވެ. އެ މިނިސްޓްރީން ބުނީ އެއީ "ބަންގްލަދޭޝްގެ ސިޔާދަތަށް ދިން ހަމަލާއެއް" ކަމަށާއި، އިންޑިއާގައި ހުންނަވައިގެން މީޑިއާއާ ވާހަކަދެއްކެވުމަށް އޭނާއަށް ފުރުސަތު ދިނުމަކީ ދެ ގައުމުގެ ގުޅުމަށް ބުރޫއަރާފާނެ ކަމެއް ކަމަށް އިންޒާރު ދީފަ އެވެ.

އުމުރުން 78 އަހަރުގެ ހަސީނާ އޮގަސްޓް 2024 އިން ފެށިގެން ދިރިއުޅުއްވަމުން ގެންދަވަނީ ނިއުދިއްލީގަ އެވެ. ބަންގްލަދޭޝްއިން ވަނީ އޭނާ އެ ގައުމާ ހަވާލުކުރުމަށް އިންޑިއާގައި އެދިފަ އެވެ. ނަމަވެސް އިންޑިއާއިން ބުނަމުންދަނީ އެ ހުށަހެޅުން ގާނޫނީ އުސޫލުތަކުގެ ތެރެއިން ދިރާސާކުރަމުންދާ ކަމަށެވެ.

ނޮވެމްބަރު 2025 ގައި އެ ގައުމުގެ ހަނގުރާމައިގެ ކުށްތަކާ ބެހޭ ޓްރައިބިއުނަލުން ވަނީ، 2024 ވަނަ އަހަރު ދަރިވަރުން ކުރި މުޒާހަރާތައް ހުއްޓުވުމަށް ހިންގި ލޭއޮހޮރުވުން ބޮޑު އޮޕަރޭޝަންތަކާ ގުޅިގެން، ހަސީނާގެ ޣައިރު ހާޒިރުގައި މަރަން ހުކުމްކޮށްފަ އެވެ. ނަމަވެސް ހަސީނާ ވަނީ އެ ތުހުމަތުތަކަކީ ސިޔާސީ މަގްސަދެއްގައި ކުރާ ތުހުމަތުތަކެއް ކަމަށް ވިދާޅުވެ އެކަން ދޮގުކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox