ހަސީނާ އިންޑިއާގައި ހުންނަވައި ތަގުރީރު ދެއްވަން އުޅޭތީ ބަންގްލަދޭޝްގެ ކަންބޮޑުވުން

Aug 4, 2026, 1:08 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ، ނިއު ދިއްލީގައި ވީޑިއޯ މެދުވެރިކޮށް ދެއްވަން އުޅޭ ތަގުރީރާ ގުޅޭ ގޮތުން އިންޑިއާގެ ސިޔާސަތު ސާފުކޮށްދިނުމަށް ބަންގްލަދޭޝް އިން އެދިއްޖެ އެވެ.

ބަންގްލަދޭޝް އިން ވަނީ ކުށްވެރިއަކު ފިލައިގެން ހުރެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ފުރުސަތު ދިނުމަކީ، ދެ ގައުމުގެ ދެމެދުގައި ރަނގަޅުވަމުން އަންނަ ގުޅުމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

މިއީ ހަސީނާގެ ސަރުކާރު ވައްޓާލި ދަރިވަރުންގެ އިހުތިޖާޖަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، އޯގަސްޓް 5 ވަނަ ދުވަހު ނިއު ދިއްލީގެ ފޮރިން ކޮރެސްޕޮންޑެންޓްސް ކްލަބް އޮފް ސައުތު އޭޝިއާ (އެފްސީސީއެސްއޭ) އިން ބާއްވާ ހަރަކާތެއްގައި ހަސީނާ ބައިވެރިވެވަޑައިގަންނަވާތީ، އެކަމާ ގުޅިގެން ބަންގްލަދޭޝް ސަރުކާރުން ރަސްމީކޮށް ދިން ފުރަތަމަ ރައްދެވެ.

މި މައްސަލަ ފެންމަތިވެފައި މިވަނީ، 2024 ވަނަ އަހަރުގެ އޯގަސްޓް މަހު ބަންގްލަދޭޝް އިން ފިލައިގެން ވަޑައިގެން އިންޑިއާގައި ދިރިއުޅުއްވަމުން ގެންދަވާ ހަސީނާ އަނބުރާ ގައުމަށް ގެނައުމަށް ބަންގްލަދޭޝް އިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ހަސީނާއާ ދެކޮޅަށް ގިނަ ދައުވާތަކެއް އުފުލާފައިވީ ނަމަވެސް، އަންނަ ޑިސެމްބަރު މަހު ބަންގްލަދޭޝްއަށް އެނބުރި ވަޑައިގަތުމަށް ގަސްދުކުރައްވާ ކަމަށް ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން އިންޑިއާއާއެކު ކުރިއަށް މިދަނީ މުސްތަގުބަލަށް އަމާޒުކޮށްގެން ގެންގުޅޭ އުސޫލެއްގެ ދަށުން. އެ ކުރިއެރުމަށް އެއްވެސް އަސަރެއް ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ،" ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓާ ފޯ ފޮރިން އެފެއާޒް ޝަމާ އޮބައިދު އިސްލާމް ހޯމަ ދުވަހުގެ ރޭ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވި އެވެ. "މިކަމުގައި އިންޑިއާގެ ސިޔާސަތު އޮތްގޮތް ސާފުކޮށްދޭން ޖެހޭނެ."

އެފްސީސީއެސްއޭ އިން ބުނި ގޮތުގައި އުމުރުން 78 އަހަރުގެ ހަސީނާ ނިއު ދިއްލީގެ އެ ހަރަކާތުގައި ވާހަކަދައްކަވާނީ ވީޑިއޯ ލިންކް މެދުވެރިކޮށެވެ. އޭނާގެ އިތުރުން ދަރިކަލުން ސަޖީބް ވަޒީދު ޖޯއީ އާއި އެހެނިހެން ބޭފުޅުން ވެސް މި ހަރަކާތުގައި ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ. ބަންގްލަދޭޝް ސަރުކާރުގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އެ ކްލަބުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ލޭއޮހޮރުވުން ބޮޑު މުޒާހަރާތަކަކަށް ފަހު ހަސީނާގެ ސަރުކާރު ވައްޓާލި ފަހުން އޭނާ ހުންނެވީ އިންޑިއާގަ އެވެ. ބަންގްލަދޭޝް އިން އޭނާ އަނބުރާ ގެނައުމަށް މަސައްކަތް ކުރަމުންދާއިރު، 2024 ވަނަ އަހަރުގެ މުޒާހަރާތައް ހުއްޓުވުމަށް ހިންގި އަމަލުތަކަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ކަމަށް ނިންމައި، 2025 ވަނަ އަހަރު ބަންގްލަދޭޝްގެ ކޯޓަކުން ވަނީ އޭނާ މަރަން ހުކުމްކޮށްފަ އެވެ. އދ. އިން އަންދާޒާކުރާ ގޮތުގައި އެ ހަމަނުޖެހުންތަކުގައި 1,400 އެއްހާ މީހުން މަރުވެފައިވެ އެވެ. ނަމަވެސް ހަސީނާ ވަނީ އެ ހުކުމަކީ ގާނޫނީ ގޮތުން ސައްހަ ހުކުމެއް ނޫން ކަމަށް ބުނެ އެކަން ބަލައިގަންނަން އިންކާރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox