މުދަލާއި ތަކެއްޗަށް ބަދަލު ދީފައި ރިސޯޓު ރަށްތައް ނަގާނެ އުސޫލު އާންމުކޮށްފި

ރާއްޖޭގެ އެންމެ ދުވަސްވީ ރިސޯޓު، ނިވާ ކުރުނބާ މޯލްޑިވްސް: ރަށްތަކުގެ ކުލި މުއްދަތު 99 އަހަރަށް އިތުރުކުރެވޭ --- ފޮޓޯ: ކުރުނބާ މޯލްޑިވްސް

ރާއްޖޭގެ އެންމެ ދުވަސްވީ ރިސޯޓު، ނިވާ ކުރުނބާ މޯލްޑިވްސް: ރަށްތަކުގެ ކުލި މުއްދަތު 99 އަހަރަށް އިތުރުކުރެވޭ --- ފޮޓޯ: ކުރުނބާ މޯލްޑިވްސް

ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ރަށްތަކުގެ ކުލި މުއްދަތު ހަމަވެގެން ނޫނީ ދައުލަތުން ނަގަން ބޭނުން ވެގެން ނަގާ ނަމަ ބަދަލު ދޭނެ ގޮތުގެ އުސޫލެއް އޮޑިޓާ ޖެނެރަލް އޮފީހުން އިއްޔެ ގެޒެޓުކޮށްފި އެވެ. 

އޮޑިޓު އޮފީހުގެ މި އުސޫލަކީ ޓޫރިޒަމާ ބެހޭ ގާނޫނުގެ އަށް ވަނަ މާއްދާ، އެއީ އެރީމެންޓު ބާތިލުވުމުން ނުވަތަ މުއްދަތު ހަމަވުމުން ސަރުކާރާ ރިޒޯޓް ހަވާލުކުރުމާ ގުޅޭ މާއްދާ، ގެ ދަށުން އެކުލަވާލާފައިވާ އުސޫލެކެވެ. މި މާއްދާގެ (ށ) ގައި އޮންނަނީ އެއްވެސްަ ހާލަތެއް މެދުވެރިވެގެން ރަށެއް ނަގައިފިނަމަ ބަދަލު ދޭން ޖެހޭނީ މި އުސޫލުގެ ދަށުން ކަމަށެވެ. 

ރިސޯޓު އިންވެސްޓުމަންޓުތަކަށް ބަދަލު ދިނުމުގެ އުސޫލުގެ ދަށުން ބަދަލުގެ ގޮތުގަައި ފައިސާ ލިބެނީ ކުލި މުއްދަތު ހަމަ ވެގެން ނޫނީ ދައުލަތުން ބޭނުންވެގެން ރަށެއް ނަގާ ނަމަ އެވެ. އުސޫލުގައި އޮތް ގޮތުން، އެއްބަސްވުމާ ހިލާފުވެގެން ރަށެއް ދައުލަތަށް ނަގާ ނަމަ، ބަދަލު ދޭކަަށް ނުޖެހެ އެވެ.

Advertisement

ބަދަލު ދޭއިރު، އޮޕަރޭޝަނަލް ހާލަތުގައި ހުރި ތަންތަނާއި އޮޕަރޭޝަންތައް ހުއްޓާލާފައި ހުންނަ ރަށްތަކުގައި ހުންނަ މުދަލަށް ވެސް ބަދަލު ދެވެ އެވެ. ނަމަވެސް އެ ބަދަލު ދެވެނީ ބަލަށް (ޑިޕްރިސިއޭޝަންއަށް) ކަނޑަން ޖެހޭ އަގު ކެނޑުމަށް ފަހުގަ އެވެ. ބަދަލު ދެވޭ މުދަލާއި ތަކެތީގެ ތަކެތީގެ ތެރޭގައި ހިމެނެނީ:

  • ޓޫރިސްޓު ރިސޯޓުތަކުގެ ކުލި އެއްބަސްވުމުގެ ދަށުން ބަލަހައްޓަމުންދާ އިންވެންޓްރީ ލިސްޓުގައި ހިމެނޭ، ޓޫރިސްޓުންނަށް ހިދުމަތް ދިނުމާ ސީދާ ގުޅުން ހުރި އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި ތަކެތި
  • އިންވެންޓްރީ ނުބަހަލަހައްޓާނަމަ، ބަލަށް ކަނޑަން ޖެހޭ އަގު ހިސާބުކުރަން ތައްޔާރުކުރާ އިންވެންޓްރީ ލިސްޓުގައި ހިމެނޭ، ޓޫރިސްޓުންނަށް ހިދުމަތް ދިނުމާ ސީދާ ގުޅުން ހުރި އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި ތަކެތި
  • އެއްވެސް އިންވެންޓްރީއެއްގައި ނުހިމެނޭ މުދަލުގެ ތެރެއިން، ރިސޯޓު ހިންގި މީހުން ނުގެންގޮސް ބަހައްޓާފަ ހުރި ތަކެތީގެ ތެރެއިން މިނިސްޓްރީން ބަހައްޓަން ބޭނުންވާ މުދަލާއި ތަކެތި

ބަލަށް ކަނޑަން ޖޭހެ އަގު ހިސާބުކުރުމަށް ފަހު ވެސް، ބާވުމުގެ ސަބަބުން ބޭނުންކުރުން ހުއްޓާލާފައިވާ އަދި މަރާމާތުކޮށްގެން ބޭނުންނުކުރެވޭ މުދަލަށް އަގު ދޭކަށް ނުޖެހެ އެވެ. މަރާމާތުކޮށްގެން ބޭނުންކުރެވޭ ތަކެތީގެ ތެރެއިން ވެސް، ބޭނުންކުރެވޭ ހާލަތަށް ގެންނަން އެ އެއްޗެއްގެ އަންދާޒާ ކުރެވޭ އަގުގެ 30 ޕަސެންޓަށް ވުރެ ބޮޑު އެއްވެސް އެއްޗެއް ބަދަލުގެ އަގުގެ ތެރޭގައި ނުހިމެެނެ އެވެ. 

އޭގެ އިތުރުން ބޭނުންކުރެވޭ މުއްދަތު ހަމަވެފައިވާ މުދަލާއި، އައުޓްޑޭޓަޑް މޮޑެލްތަކުގެ މުދަލާއި ފާސްކޮށްފައިވާ ކުރެހުންތަކާ ހިލާފަށް އިމާރާތްކޮށްފަ ހުންނަ ތަންތަން ވެސް ބަދަލުދޭއިރު ނުހިމެނެ އެވެ. އަދި، މުސްތަގުބަލުގައި އެތަނެއްގައި ހިންގާ ރިސޯޓެއްގެ އޮޕަރޭޝަނަށް ބުރޫނާރާނެ ގޮތަށް ރިސޯޓު ހިންގި މީހުން ގެންދަން ބޭނުންވާ ތަކެއްޗަށް ވެސް ބަދަލެއް ނުދެވެ އެވެ.

މިނިސްޓްރީން ބޭނުންނުވާ އަދި ރަސްމީ އިންވެންޓްރީ އާއި އާއި ބަދަލުގެ އަގު ހިސާބުކުރަން ތައްޔާރުކުރާ އިންވެންޓްރީގައި ނުހިމެނޭ ތަކެތި ވިއްކާލަން ނޫނީ އަނބުރާ ގެންދިޔުމުގެ އިހުތިޔާރު ރިސޯޓު ކުއްޔަށް ނަގައިގެން އުޅުނު މީހުންނަށް ލިބެ އެވެ. މިކަން ކުރަން ލިބެނީ 90 ދުވަހުގެ މުއްދަތެކެވެ. 

މިހެން ނުގެންގޮސް ހުންނަ ތަކެތި ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރަން ތައްޔާރުކުރާ އިންވެންޓްރީގައި ހިމަނަން ނޫނީ ނީލަމުގައި ވިއްކާލުމުގެ އިހުތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބެ އެވެ. ނަމަވެސް މި ތަކެތި ވިއްކައިގެން ލިބޭ ފައިސާ ރިސޯޓު ކުއްޔަށް ނަގައިގެން އުޅުނު މީހުންނަށް ރައްދުކުރަން ޖެހެ އެވެ. މި ފައިސާގެ ތެރެއިން މިނިސްޓްރީއަށް ނެގެނީ އެ ތަކެތި ވިއްކަން ހިނގާ ހަރަދެވެ. 

ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރާއިރު، ތަކެތި ގަންނަން ނޫނީ އުފައްދަން ހިނގި އަސްލު ހަރަދާއި، އެއްވެސް މުދަލެއް ރީވެއިލުކޮށްފައިވޭތޯ އާއި މާލީ ބަޔާންތަކުގައި ހުރީ ކޮން މައުލޫމާތެއްތޯ އާއި ބޭނުންކޮށްފައިވާ ރޭޓުތަކަކީ އިންޑަސްޓްރީ ސްޓޭންޑާޑް ރޭޓުތަކެއްތޯ ބަލައި، އެކަންކަމަށް ރިއާޔަތްކުރަން ޖެހެ އެވެ. މި އަގު ހިސާބުކުރާނެ އޮޑިޓަރަކު އައްޔަނުކުރަނީ އޮޑިޓު އޮފީހުންނެވެ. 

ޓޫރިޒަމް މިނިސްޓްރީއަށް އެއްވެސް ބަޔަކަށް ފައިސާ ދޫކުރެވެނީ ބަދަލުގެ ގޮތުގައި ދޭން ޖެހޭ އަގު އޮޑިޓާ ޖެނެރަލް އޮފީހުން ކަނޑައެޅުމުންނެވެ.

ރާއްޖޭގައި މިހާތަނަށް ކުލި މުއްދަތު ހަމަވެގެން އެއްވެސް ރިސޯޓަކަށް ބަދަލު ދިން ކަމެއް އާންމުކޮށް އެނގޭކަށް ނެތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox