ޓޫރިޒަމް ދާއިރާއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން އެހީވާން ގޮވާލައި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް —-

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް —-

އިރާން ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަންނަ ޓޫރިސްޓުން މަދުވުމުގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅިދާނެ ފިޔަވަޅުތަކަށް ބަހުސް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

މިއަދުގެ މަޖިލިސް ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވާ ގޮތުގައި ހަނގުރާމައިގެ ސަބަބުން ޓޫރިޒަމް ސިނާއަތުގެ ދުވެލި އަންނަނީ މަޑުޖެހުމުންނެވެ.

އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދިނީ އެންމެ އަށް މެންބަރުންނެވެ. ވެރިިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުގެ 33 މެންބަރަކު ވޯޓު ދެއްވީ މައްސަލަ ބޭރުކޮށްލުމަށެވެ. 

“ފަތުރުވެރިކަމަށް ބަރޯސާވާ ވިޔަފާރިތަކަށް ސަރުކާރުން ލުއިތަކެއް ދީ، ވަކިން ހާއްަސަކޮށް ދައުލަތުގެ ބާރު ހިނގާ ދާއިރާތަކުގައި ވިިޔަފާރިތަކުގެ ކޭޝް ފްލޯ ނުވަތަ ފައިސާގެ ދައުރުވުމަށް އެހީތެރިވެދޭނެ ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެހެން މުހިންމު ކަމެއް،” އެ މައްސަލާގައި ބުނެފައިވެ އެވެ. 

ސަރުކާރުން ފޯރުކޮށްދެވިދާނެ ކަމަށް ފާހަގަކޮށްފައިވާ ފިޔަވަޅުތައް

  • ވޯކިން ކެޕިޓަލް ލޯނު ސްކީީމެއް ތަންފީޒުކުރަން ފެށުން
  • އިންކަމް ސަޕޯޓް އެލަވަންސެއް ތައާރަފުކުރުން
  • ޓޫރިޒަމާއި އެސްއެމްއީތަކުގެ ލޯނުގެ އަސްލު ފައިސާ ދެއްކުން ހަ މަސްދުވަހަށް މެދުކަނޑާލުމުގެ ފުރުސަތު ދިނުން
  • މާލީ އިދާރާތައް މެދުވެރިކޮށް ލުއި ލޯނު އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން
  • ޓޫރިޒަމް ވިޔަފާރިތަކަށް ހާއްސަކޮށް ޔުޓިލިޓީ ސަބްސިޑީ ތައާރަފުކުރުން
  • ރިސޯޓުތަކުގެ ކުއްޔާއި، އެއާޕޯޓު ޗާޖުތަކާއި، ލައިސަންސް ފީ ވަގުތީ ގޮތުން ކުޑަކުރުން
  • ޓީޖީއެސްޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް ދެއްކުން ވަކި މުއްދަތަކަށް ފަސްކޮށްދިނުން

އެމެރިކާ އާއި އިޒްރޭލުން އިރާނަށް ބޮން އަޅައި ފެށިި ހަނގުރާމައިގައި ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން ހުއްޓާލާފައި އޮތް ނަމަވެސް އަދިވެސް ދުނިޔޭގޭ ބާޒާރަށް އަރާފައިވާ ލޮޅުންތައް ދެމިއެބައޮތެވެ. އެކަމުގެ ސަބަބުން އެންމެ ބޯޑު އަސަރެއް ކުރަމުންދަނީ ރާއްޖޭގެ ޓޫރިޒަމަށެވެ. 

ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ޕާޓީން ހުށަހަޅާ ގަރާރުތަކާއި މައްސަލަތަކަށް ބަހުސް ކުރުމުގެ ފުރުސަތު ލިބެނީ މަދު ފަހަރެއްގަ އެވެ. އެހެންވެ އިދިކޮޅު މެންބަރުން ދޭތެރެދޭތެރެއިން އެކަމުގެ ކަންބޮޑުވުން ފާޅުކުރެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox