ސިފައިން

3 ލިޔުން

ފަހުގެ

ބަނގުރާގެ މައްސަލައެއްގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފި ހަބަރު

ބަނގުރާގެ މައްސަލައެއްގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ ބޭނުންކުރި މައްސަލައެއްގައި 19 އަހަރުގެ ސިފައިންގެ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފައި. މި މައްސަލައާ ގުޅިގެން އެމްއެންޑީއެފް އިން އަދި ވަކި އެއްޗެއް ބުނެފައިނުވާއިރު، ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ކުށްތަކަށް އަރައިގަންނަ މައްސަލަ ވަނީ އިތުރުވެފައި.

ފެންވަރު ދަށް ގޭސް ރެގިއުލޭޓަރުތައް ބޭނުންކުރުން ހުއްޓުވަނީހަބަރު

ފެންވަރު ދަށް ގޭސް ރެގިއުލޭޓަރުތައް ބޭނުންކުރުން ހުއްޓުވަނީ

ކައްކާ ގޭހުގެ ސަބަބުން ހިނގާ އަލިފާނުގެ ހާދިސާތައް މަދުކުރުމަށްޓަކައި، ވަކި ފެންވަރެއްގެ ރެގިއުލޭޓަރު ބޭނުންކުރުން މަޖުބޫރުކުރަން ސަރުކާރުން ވަނީ ނިންމާފައި. ގޭސް ވިއްކާ ފަރާތްތަކާ މަޝްވަރާކޮށް، ގޭސްފުޅި ގެންގުޅުމާއި ބަހައްޓާ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި.