ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާތީ އަދަދު ނޫހުން ޓްރެކާއެއް ތައާރަފުކޮށްފި

Aug 3, 2026, 8:00 AM
ޑޮލަރު ޓްރެކާ

ޑޮލަރު ޓްރެކާ

ރާއްޖޭގެ ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާތީ ޑޮލަރުގެ އަގަށް އަންނަ ބަދަލުތައް ވަގުތުން ބަލާލެވޭނެ ހާއްސަ "ޑޮލަރު ޓްރެކާ" އެއް "އަދަދު" ނޫހުން ތައާރަފުކޮށްފި އެވެ.

މި އާ ފީޗާއިން އާންމުންނާއި ވިޔަފާރިވެރިންނަށް ބާޒާރުގައި ޑޮލަރުގެ ރޭޓު ބަދަލުވާ ގޮތާއި، ތާރީހީ ބަދަލުތައް އެއް ތަނަކުން ފަސޭހަކަމާއެކު ބަލާލެވޭނެ އެވެ.

ކަޅު ބާޒާރުގައި މިހާރު ޑޮލަރެއްގެ އަގު ހުރީ 21.70ރ. އަށެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ޑޮލަރުގެ އަގު އެންމެ މައްޗަށް ދިޔަ މިންވަރެވެ. ނަމަވެސް ޑޮލަރުގެ އަގު މައްޗަށް ނުދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ. 

މަރުކަޒީ ބޭންކު އެމްއެމްއޭއިން އެމެރިކާ ޑޮލަރު ވިއްކުމަށް ކަނޑައަޅާފައިވާ ރަސްމީ ރޭޓު 15.42ރ. ގައި ހުއްޓަސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރި ވަރަށް ބަލާއިރު މިއީ  ޑޮލަރަކުން 6.28ރ. ގެ ބޮޑުވެފަ އެވެ. މިއީ ރަސްމީ ރޭޓަށް ބަލާއިރު، 40.73 ޕަސެންޓުގެ އިތުރުވުމެކެވެ. 

ޓްރެކާއިން ދައްކާ ގޮތުން މިހާރު ޑޮލަރުގެ އަގު 21.70ރ. އަށް އުފުލުނު ކަމަށް ރެކޯޑު ކުރެވިފައި ވަނީ ޖުލައި 29، 2026 އިން ފެށިގެންނެވެ. 

ރާއްޖެއަށް އެތެރެކުރާ މުދަލަށް ބޭނުންވާ ޑޮލަރު ބޭންކިން ނިޒާމުގެ ތެރެއިން ލިބުން ދަތިވުމާއި، ބޭރުގެ ދަރަނި ދެއްކުމަށް ބޮޑު އަދަދަކުން ޑޮލަރު ބޭނުންވުމުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ޑޮލަރުގެ ތާށިކަން ބޮޑުވެ މުދަލާއި ހިދުމަތުގެ އަގުތައް  ދަނީ ބޮޑުވަމުންނެވެ. 

އަދަދުގެ ފުރަތަމަ ސޮފުހާއިން ޑޮލަރު ޓްރެކާ ބަލާލެވޭއިރު، ތަފުސީލާއެކު ވިޔަފާރި ސޮފުހާއިން ފެންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox