ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި އެންމެ ގިނަ މައްސަލަ ނިންމެވި ނައިބު ރައީސް ކުއްލި ގޮތަކަށް ވަކިކޮށްފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރަކު ކަމަށް މަހީރާ އައްޔަން ކުރެއްވުމަށް ފަހު މަގާމުގެ ލިޔުން ރައީސް މުހައްމަދު މުއިއްޒު ހަވާލުކޮށް ދެއްވަނީ. މާހިރާ މަގާމުން ވަކިކުރުމުގައި ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ވަކީލުން ވިދާޅުވި.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރަކު ކަމަށް މަހީރާ އައްޔަން ކުރެއްވުމަށް ފަހު މަގާމުގެ ލިޔުން ރައީސް މުހައްމަދު މުއިއްޒު ހަވާލުކޮށް ދެއްވަނީ. މާހިރާ މަގާމުން ވަކިކުރުމުގައި ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ވަކީލުން ވިދާޅުވި.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތުމަތު މަހީރާ މުހައްމަދު އެ މަގާމުން ކުއްލި ގޮތަކަށް ވަކިކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަހީރާ މަގާމުން ވަކިކޮށްފައިވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމުގެ މަގާމަށް އަމްޖަދު މުސްތަފާ އައްޔަން ކުރެއްވި ދުވަހު އެވެ.

ރައީސް މުހައްމަދު މުއިއްޒު، މަހީރާ މަގާމުން ވަކިކުރެއްވީ އެއްވެސް އިންޒާރަކާ ނުލައި، އަދި ވަކިކުރަންޖެހޭ ފަދަ ގާނޫނީ ސަބަބެއް ވެސް ނެތި ކުއްލި ގޮތަކަށް ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެއެވެ.

"މަހީރާ އަކީ  ޓްރައިބިއުނަލްގައި އެންމެ ގިނަ މައްސަލަ ނިންމަމުން ދިޔަ މެންބަރުން. މިދިޔަ އޭޕްރީލް މަހު އޭރު ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާ ދެއްވުމުން އޮފީސް ހިންގުމާއި މައްސަލަތައް ބެލުމުގައި އެންމެ އިސްކޮށް ހުންނެވީ މަހީރާ،" މައުލޫމާތު އެނގޭ މަސްދަރަކުން ބުންޏެވެ. 

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސަކަށް އަމްޖަދު އައްޔަނުކޮށްފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސަކަށް، އެ މަގާމު ކުރިންވެސް ފުރުއްވާފައިވާ އަމްޖަދު މުސްތަފާ މިއަދު ވަނީ އައްޔަންކުރައްވާފައި. އަމްޖަދުއަކީ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްކަމާއި ޑީޖޭއޭގެ ޗީފް އެޑްމިނިސްޓަރުގެ މަގާމު ފަދަ މުހިންމު މަގާމުތައް ފުރުއްވާފައިވާ، ގާނޫނީ އަދި ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް.

މިކަމާ ގުޅޭގޮތުން މަހީރާގެ ރަސްމީ ބަހެއް އަދި ނުލިބެވެ. ނަމަވެސް، މި މައްސަލައިގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނި ގޮތުގައި، މަހީރާ މަގާމުން ވަކިކުރަން ޖެހޭ ފަދަ އެއްވެސް މައްސަލައެއް އޮތްކަން މީގެ ކުރިން އޭނާއަށް އަންގާފައެއް ނުވެ އެވެ. 

މަހީރާ އަކީ ޓްރައިބިއުނަލްގައި އެންމެ ގިނަ މައްސަލަތައް ނިންމަވާ މެންބަރު ކަމަށްވާއިރު، އޭނާ ވަކިކުރަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ނުފެންނަ ކަމަށްވެސް މައުލޫމާތު ދިން ފަރާތްތަކުން ބުންޏެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަކީ ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ. މިފަދަ މުއައްސަސާއެއްގެ އިސް މަގާމެއްގައި ހުންނެވި، އަދި އެންމެ ހަރަކާތްތެރި މެންބަރު ކުއްލި ގޮތަކަށް ވަކިކުރުމަކީ ޓްރައިބިއުނަލްގެ މަސައްކަތްތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމަށް ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"މި ވެރިކަން އައިފަހުން މައްސަލަތައް ނިންމޭ މުއްދަތު ވަނި ދިގުލައިގެން ގޮސްފައި. މަހީރާ ވަކިކުރުމުން އިތުރަށް ޓްރައިބިއުނަލް ގޯސްވެގެންދާނެ،" ގާނޫނީ ވަކީލަކު ބުންޏެވެ. 

މަހީރާ ވަކިކުރި ސަބަބާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އިދާރާއަކުން މިހާތަނަށް އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox