އަނިޔާއާ ހެދި ރެކޯޑް ދެމެހެއްޓުމުގެ ފުރުސަތު އަލްކަރާޒަށް ނެތް

Apr 30, 2026, 3:30 PM
ސްޕެއިނުގެ ތަަރި ކާލޯސް އަލްކަރާޒް: މި ފަހަރުގެ ފްެރެންޗް އޯޕަންގައި އަނިޔާގެ ސަބަބުން ނުކުޅޭނެކަން އަލްކަރާޒް ވަނީ އިއުލާނުކޮށްފައި،

ސްޕެއިނުގެ ތަަރި ކާލޯސް އަލްކަރާޒް: މި ފަހަރުގެ ފްެރެންޗް އޯޕަންގައި އަނިޔާގެ ސަބަބުން ނުކުޅޭނެކަން އަލްކަރާޒް ވަނީ އިއުލާނުކޮށްފައި،

މެޑްރިޑް (އޭޕްރީލް 30) - އަތުގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާ އަކަށް ފަރުވާ ހޯދަމުން އަންނަ ސްޕެއިނުގެ ޓެނިސް ތަރި، ކާލޯސް އަލްކަރާޒަށް މި ފަހަރުގެ ފްރެންޗް އޯޕަންގައި ކުޅުމުގެ ފުރުސަތު ގެއްލިއްޖެ އެވެ. 

އަލްކަރާޒް ވަނީ އެންމެ ފަހުން ދެ އަހަރު ވެސް ފްރެންޗް އޯޕަންގެ ތަށި ހޯދައިފަ އެވެ. 

 ވަރުގަދަ ކުޅުމެއް ދައްކައި، ދުނިޔޭގެ ރޭންކިން އެއް ވަނަ، އިޓަލީގެ ޖަނިކް ސިނާ ބަލިކޮށް، އަލްކަރާޒް، ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ތަށި މިދިޔަ އަހަރު ދިފާއުކުރީ ތާރީހީ ކުރިމަތިލުމަކަށް ފަހު އެވެ. މި މެޗުގައި، ސިނާ އަތުން ކުރި ހޯދަން އަލްކަރާޒް ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ. އެ ގޮތުން، ދެ ސެޓު އަނބުރާލައި، ތިން ފަހަރެއްގެ މަތިން ޗެމްޕިއަންޝިޕް ޕޮއިންޓް ސަލާމަތްކޮށް ކުރިހޯދީ އަލްކަރާޒް އެވެ. މިއީ، 2019 ވަނަ އަހަރުގެ ވިމްބަލްޑަން ފައިނަލުގައި ރޮޖާ ފެޑެރާ އަތުން މޮޅުވިއިރު، ނޮވަކް ޖޮކޮވިޗް މެޗު ޕޮއިންޓު ސަލާމަތްކުރި ފަހުން، ގްރޭންޑް ސްލޭމް ފައިނަލެއްގައި މިކަން ފެނިގެންދިޔަ ފުރަތަމަ ފަހަރެެވެ.

އުމުރުން 22 އަހަރުގެ އަލްކަރާޒް މި ފަހަރުގެ ޓެނިސް ސީޒަން ފެށީ، ފުރަތަމަ ފަހަރަށް، އަހަރުގެ ފުރަތަމަ ގްރޭންޑްސްލޭމް މުބާރާތް، އޮސްޓްރޭލިއަން އޯޕަންގެ ތަށި ހޯދައިގެންނެވެ. އެކަމަކު، އެންމެ ފަހުން ހެދި ޓެސްޓްތަކުން ވެސް އަތުގެ ކުޑަހުޅަށް ލިބުނު އަނިޔާ އިން ފަސޭހަނުވާތީ، އަލްކަރާޒް ނިންމީ ފްރެންްޗް އޯޕަންގަައި ނުކުޅުމަށެވެ. 

ފްރެންޗް އޯޕަންގެ ކުރިން އިޓަލީގެ ކުރިއަށްދާ އިޓާލިއަން އޯޕަންގައި ވެސް އަލްކަރާޒް ނުުކުޅެ އެވެ. 

"މިއީ އަހަންނަށް ވަރަށް ވެސް އުނދަގޫ ވަގުތުތަކެއް. އެންމެ ކުރަން ބޭނުންވާ ކަމާ ދުރުގައި ހުންނަން ޖެހުން. އެކަމަކު ޔަގީންކަމެއް، އެނބުރި އަންނާނީ ވަރުގަދަކޮށް،" އަލްކަރާޒް ބުންޏެވެ. 

އަލްކަރާޒަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ގެއްލުނީ، މޮންޓެ ކާލޯ އޯޕަން ފައިނަލުގައި ސިނާ އަތުން ބަލިވުމުންނެވެ. އަދި، އަނިޔާގެ ސަަބަބުން، އަލްކަރާޒަށް މި ގެއްލޭ މުބާރާތްތަކުގައި، ސިނާ ދައްކާ ކުޅުމުގެ ސަބަބުން، ރޭންކިން އެއް ވަަނަައިގައި މަގާމު ދަމަހައްޓަން ގިނަ ރޭންކިން ޕޮއިންޓްތަކެއް ހޯދުމުގެ ފުރުސަތު އޭނާ އަށް އެބައޮތެވެ. 

ސިނާ އަށް މިހާތަނަށް ކެރިއަރުގައި ނުލިބި އޮތް ގްރޭންޑް ސްލޭމް ތަށްޓަކީ، ފްރެންްޗް އޯޕަން އެވެ. މި ފަހަރުގެ ފްރެންޗް އޯޕަންގެ ފޭވަރިޓެއްގެ ގޮތުގައި މި ވަގުތު އޮތީ ވެސް ސިނާ އެވެ. 

ގްރޭންޑް ސްލޭމް މުބާެރާތަކަށް އެންމެ ފުރަތަމަ 2021 ވަނަ އަހަރު ކޮލިފައިވި ފަހުން، އަލްކަރާޒަށް މީގެ ކުރިން، ކުޅުމުގެ ފުރުސަތު ގެއްލިފައިވަނީ، 2023 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގަ އެވެ. އެ ފަހަރު މުބާރާތުން ވަކިވާން ޖެހުނީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. އޭގެ ފަހުން، މިއީ، އަނިޔާއަކާ ހެދި، ގްރޭންޑް ސްލޭމެއްގައި އަލްކަރާޒް ނުފެންނަ ފުރަތަމަ ފަހަރެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox