ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލެއް މަޖިލީހަށް

ބ. އަތޮޅު ފަޅުރަށެއް ކަމަށްވާ ދަކަންދޫ.  -- ފޮޓޯ: ޔުނިވާސިޓީ އޮފް އެކްސެޓާ

ބ. އަތޮޅު ފަޅުރަށެއް ކަމަށްވާ ދަކަންދޫ. -- ފޮޓޯ: ޔުނިވާސިޓީ އޮފް އެކްސެޓާ

ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަާށް އެކަށައެޅުމާއި ކުއްޔަށް ދިނުމުގެ އިޖުރާއަތްތައް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ. 

މިއަދުގެ މަޖިލިސް ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ. ބިލު ސްޕޮންސާ ކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ އެވެ. އަށް ބާބުގެ މައްޗަށް އެކުލެވޭ މި ބިލުގައި 75 މާއްދާ ހިމަނާފައިވެ އެވެ. 

އެ ބިލުގައި އޮތްގޮތުން ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމުގެ ބާރު ދީފައިއޮތީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި ކުއްޔަށް ދޫކުރެވޭނެ މުއްދަތެއްގެ ގޮތުގައި އޮތީ 21 އަހަރެވެ. އެ މުއްދަތު 50 އަހަރަށް އިތުރުކުރުމުގެ އިހުތިޔާރު މިނިސްޓްރީތަކާއި ކައުންސިލްތަކަށް ލިބެ އެވެ. 

ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭނީ ފަތުރުވެރިކަމާއި، ސިނާއީ ބޭނުންތަކާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އިގުތިސޯދީ އެހެނިހެން ބޭނުންތަކާއ، އިޖުތިމާއި ބޭނުންތަކާއި ދައުލަތުގެ ބޭނުމަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ. 

ސިނާއީ އަދި އިގުތިސޯދީ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް އަހަރަކަށް ތިން ރުފިޔާ އެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް 2.50ރ. އެވެ. އަދި އިޖުތިމާއީ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް ދެ ރުފިޔާ އެވެ.

ފަޅު ކުއްޔަށް ދޫކުރެވޭނީ ލާޖް-ސްކޭލް ސިނާއީ މަސައްކަތްތަކާއި، މީޑިއަމް-ސްކޭލް ސިނާއީ މަސައްކަތްތަކާއި، ލާޖް-ސްކޭލް އިގުތިސޯދީ މަސައްކަތްތަކާއި އެކުއަކަލްޗާ ނުވަތަ އެކުއަކަލްޗާއާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ކަމަށް ބިުގައި ބަޔާންކޮށްފައިވެ އެވެ. 

ސިނާއީ އަދި އިގުތިސޯދީ ބޭނުމަށް ކުއްޔަށް ދޫކުރާ ފަޅުގެ ކުއްޔެއްގެ ގޮތުގައި އޮތީ އަކަމީޓަރަކަށް ތިން ރުފިޔާ އެވެ. މަސްވެރިކަމުގެ ބޭނުމަށް ދޫކުރާ ފަޅުތަކުގެ ކުއްޔަކީ އަކަމީޓަރަކަށް 50 ލާރި އެވެ. 

ފަޅާއި ފަޅުރަށްރަށް ވިޔަފާރީގެ ބޭނުމަށް ކުއްޔަަށް ދެވޭނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި، ޕާޓްނާޝިޕްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ އިތުރުން ރީރަޖިސްޓްރީކޮށްފައިވާ ބޭރުގެ ކުންފުނިތަކާއި ޕާޓްނާޝިޕްތަކަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ރަށްރަށް ކުއްޔަށް ދޫކުރުމަށްފަހު އެކަމުގެ ތަފްސީލީ މައުލޫމާތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓު އޮފީހާ ކަމާބެހޭ މިނިސްޓްރީތަކުން ހިއްސާކުރަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. 

އެ ބިލުގައި ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ރަށްރަށް ވަރުވާއަށް ލިޔެދެވޭނެ ކަމަށް ބަޔާންކޮށްފަ އެވެ. 

މިވަގުތު އަމަލުކުރަމުން އަންނަ ފަޅުރަށްރަށާ ބެހޭ ގާނޫނަކީ ޖުލައި 1998، ގައި އަމަލުކުރަން ފެށި ގާނޫނެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މަނާކުރިތާ ފަސް އަހަރުވީ ޕްލާސްޓިކް ހޮޅި ހުއްދަކޮށްފި

ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި، 2031 ވަނަ އަހަރާ ހަމައަށް އެތެރެކުރެވޭ ގޮތަށް ސަރުކާރުން އަލުން ހުއްދަ ދީފި. މީގެ އިތުރުން، ވަކި ސައިޒުތަކެއްގެ ފެންފުޅި އާއި ބުއިންތައް ބަންދުކުރާ ޕްލާސްޓިކް ފުޅި މަނާކުރުމަށް ކަނޑައަޅާފައިވާ ތާރީހުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ.

ޕްރެސްތަކަށް އަދަދުގެ ނޫސްވެރިން ނުވައްދާ މައްސަލަ ކޯޓަށް

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް "އަދަދު" ނޫހުގެ ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް ނިންމި ނިންމުން ބާތިލުކުރުމަށް އެ ނޫހުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ މިއީ ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދުމުގެ ހައްގަށް އުނިކަން އަންނަ، ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ.

އިންޑިއާއަށް 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދޭން އެދުނު

ކުރީގެ ސަރުކާރުން ނެގި ދަރަންޏެއްގެ ބާކީ އޮތް 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދޭން ދިވެހި ސަރުކާރުން އެދުނު ނަމަވެސް، އިންޑިއާއިން އެކަމަށް އިންކާރުކުރި. މީގެ ކުރިން އެކި ފަހަރުމަތިން މި ދަރަނި ރޯލްއޯވާކޮށްދީފައިވާއިރު، މިހާތަނަށް އިންޓްރެސްޓުގެ ގޮތުގައި އެރި 49 މިލިއަން ޑޮލަރު ވެސް ދ

ޔޭޔޭ ޕެކެޓަށް އަޅައިގެން ބޭރު ފައިސާ ބޭރުކުރަން އުޅުނު މައްަސަލައ

ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި، 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާއާއެކު ހަ ބިދޭސީއަކު އެއާޕޯޓުން ހައްޔަރުކުރި. ސީރިއަލް ޕެކެޓްތަކުގައި ފޮރުވައިގެން ރާއްޖެއިން ބޭރުކުރަން އުޅުނު މި ފައިސާތަކުގެ ތެރޭގައި 18 ގައުމެއްގެ ފައިސާ ހިމެނޭ.

ޔާމީނުގެ ވެރިކަމުގައި ޝަރުއީ ދާއިރާ މިނިވަނެއް ނޫން: މުއިއްޒު

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ސިޔާސީ ބޭފުޅުން ހައްޔަރުކޮށް، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ ރައީސް މުއިއްޒު އެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ވިލިމާލެއިން ދުވަސްވީ ނިކަގަސް ވަގަށް ކެނޑި މައްސަލަ ނުބަލާ

ވިލިމާލޭގެ ކުޑަކުދިންގެ ޕާކެއްގައި ހުރި ދުވަސްވީ ބިޔަ ނިކަގަހެއް ވަގަށް ކަނޑާލި މައްސަލަ ފުލުހުން ބަލަމުން ނުދާކަން އެ މުއައްސަސާއިން ބުނި. ސިޓީ ކައުންސިލުން އެ ގަސް ކަނޑާލި ބަޔަކު ހޯދަން މަސައްކަތް ކުރާ ކަމަށް ބުނެފައިވާއިރު، މި ހާދިސާ ހިނގާފައިވަނީ ވިލިމާލޭގައި ފްލެޓް އެޅުމާއި ގަސް ކެނޑުމާ މެދު އާންމުންގެ މެދުގައި ހިޔާލުތަފާތު.

ހުލާސާކޮށް އިއްޔެ: ބޭންކިން ނިޒާމުގެ ޑޮލަރުގެ ދަތިކަން

ބޭންކިން ނިޒާމުގެ ތެރެއިން ޑޮލަރު ޓްރާންސްފާ ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު، އިންޑިއާއަށް ދައްކަންޖެހޭ ބައެއް ދަރަނިތައް ސަރުކާރުން ވަނީ އަދާކޮށްފައެވެ. ސިޔާސީ ގޮތުން ޕީއެންސީން 2028 ގެ ރިޔާސީ ކެންޑިޑޭޓަކާ މެދު އެއްބަސްވުމަކަށް އައިސްފައިވާއިރު، ކުރީގެ ރައީސް ޔާމީން ވަނީ މިހާރުގެ ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މީގެ އިތުރުން، ހާބަރު ސަރަހައްދު ތަރައްގީކުރުމަށް އެތަނުގައި ހުރި ފުޑް ކޯޓުތައް ހުސްކުރުމަށް އެސްޓީއޯއިން ވަނީ އަންގާފައެވެ.

Newsletter

Get the latest news delivered straight to your inbox