ތިލަފުށީގައި އެނދި ކުނިތައް ހދ. ކުނބުރުދޫއަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ހދ. ކުނބުރުދޫގައި ގާއިމުކުރަން ފަށާފައި ހުރި ވޭސްޓް ޓްރާންސްފާ ސްޓޭޝަން

ހދ. ކުނބުރުދޫގައި ގާއިމުކުރަން ފަށާފައި ހުރި ވޭސްޓް ޓްރާންސްފާ ސްޓޭޝަން

ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ) ގެ ތިލަފުށީ ސައިޓުގައި ރޯވެ އަނދައިގެންދިޔަ ކުނިތައް ހދ. ކުނބުރުދޫއަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ. 

މި މައްސަލަ ހުށަހެޅުއްވީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެވެ. އެ މައްސަލައަށް ބަހުސް ކުރުމަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލީ 27 މެންބަރުންގެ ވޯޓުންނެވެ.

މާލެ ސަރަހައްދުގައި އުފެދޭ ހުރިހާ ކުންޏެއް ގެންދާ ތިލަފުށީގައި ރޯވީ ޖުލައި 19، ގަ އެވެ. އެ އަލިފާނުގެ ހާދިސާއާ ގުޅިގެން ވެމްކޯގެ ތިލަފުށީ ސައިޓަށް ގެއްލުންވެ ކުނި ބަލައިގަންނަ މިންވަރު ވެސް ވަނީ މަދުކޮށްފަ އެވެ. އެނދި ހުރިހާ ކުންޏެއް ގެންދަނީ ހދ. ކުނބުރުދޫގައި ހުންނަ ވޭސްޓް މެނޭޖުމަންޓު ފެސިލިޓީއަށް ކަމަށް ވެމްކޯއިން އޮތީ ހާމަކޮށްފަ އެވެ. 

ފިއްޓޭ ހުށަހެޅުއްވި މައްސަލާގައި ބުނެފައިވާ ގޮތުގައި އެ ފެސިލިޓީގެ މަސައްކަތްތައް ނިމިފައި ނުވެ އެވެ. އެ ރަށަކީ ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ކަމަށާއި އެހެން ނަމަވެސް ވެމްކޯއިން އެ ރަށް ބޭނުންކުރަން އުޅެނީ އެހެން ބޭނުމެއްގައި ކަމަށް ފިއްޓޭގެ މައްސަލާގައި ބުނެފައިވެ އެވެ. 

އެ ކުނީގެ ސަބަބުން އެ ރަށުގެ ގުދުރަތީ ރީތިކަން ގެއްލި، ދަނޑުވެރިކަމާއި ގަސްގަހާގެއްސަށް އިއާދަނުކުރެވޭ ގެއްލުން ލިބުމުގެ ފުރުސަތު އޮތް ކަމަށް އެ މައްސަލާގައި ބަޔާންކޮށްފައިވެ އެވެ. ވެމްކޯގެ އެ ނިންމުމަކީ ރައްޔިތުންގެ ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ފިއްޓޭގެ މައްސަލާގައި ބުނެފައިވެ އެވެ.

ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވެސް ވަނީ އެއީ "ކޮށްގެންވާނޭ ކަމެއް ނޫން" ކަމަށް ވިދާޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox