ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ފުރަތަމަ ފަހަރަށް 21.75ރ. އަށް އަރައިފި

Aug 5, 2026, 7:48 AM
މީހަކު އެމެރިކާ ޑޮލަރު ބޮނޑިއެއް ގުނަނީ

މީހަކު އެމެރިކާ ޑޮލަރު ބޮނޑިއެއް ގުނަނީ

ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރެއްގެ އަގު ފުރަތަމަ ފަހަރަށް 21.75 ރ. އަށް އަރައިފި އެވެ.

މިދިޔަ ޖުލައި 29، 2026 އިން ފެށިގެން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21.70ރ. ގައި ހުރުމަށްފަހު، މިހާރު ވަނީ އިތުރަށް މައްޗަށް ގޮސްފަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ޑޮލަރުގެ އަގު މިހާ މަތީގައި ރެކޯޑު ކުރެވުނު ފުރަތަމަ ފަހަރެވެ. ނަމަވެސް، ޑޮލަރުގެ އަގު މައްޗަށް ނުދާނެ ކަމަށް މި ސަރުކާރުން ކުރިން ބުނެފައިވެ އެވެ. 

މަރުކަޒީ ބޭންކު, އެމްއެމްއޭ އިން ޑޮލަރު ވިއްކުމަށް ކަނޑައަޅާފައިވާ ރަސްމީ ރޭޓަކީ 15.42 ރުފިޔާއެވެ. ކަޅު ބާޒާރުގެ މިހާރުގެ އަގަށް ބަލާއިރު މިއީ ރަސްމީ ރޭޓަށްވުރެ 6.33ރ. ބޮޑު އަދަދެކެވެ. މިއީ ޕަސެންޓުން ބަލާނަމަ ރަސްމީ ރޭޓަށްވުރެ 41.05 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެއަށް އެތެރެކުރާ މުދަލަށް ބޭނުންވާ ޑޮލަރު ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން ލިބުން ދަތިވުމާއި، ބޭރުގެ ދަރަނިތައް ދެއްކުމަށްޓަކައި ބޮޑެތި އަދަދުތަކުން ޑޮލަރު ބޭނުންވުމުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑު ވަނީ އިންތިހާއަށް ބޮޑުވެގެން ގޮސްފަ އެވެ. 

ޑޮލަރުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް ވެސް ދަނީ މަތިވަމުންނެވެ.

ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާތީ އަދަދު ނޫހުން ޓްރެކާއެއް ތައާރަފުކޮށްފި

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ރެކޯޑު މިންވަރަކަށް އުފުލެމުންދާތީ، އެ ބަދަލުތައް ވަގުތުން ބަލާލެވޭނެ "ޑޮލަރު ޓްރެކާ" އެއް "އަދަދު" ނޫހުން ތައާރަފުކޮށްފިއެވެ. މި ޓްރެކާ މެދުވެރިކޮށް ޑޮލަރުގެ ރޭޓަށް އަންނަ ބަދަލުތަކާއި ތާރީހީ މައުލޫމާތު އާންމުންނަށް ފަސޭހައިން ފެންނަން ހުންނާނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox