ނިޒާމްބެ ދިނީ މުހިންމު މެސެޖެއް: "މަސައްކަތް މި ކުރެވެނީ ފުޓްބޯޅަ އަށް ރަނގަޅަކަށް ނޫން"

ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ): ފުޓްބޯޅައާ ދުރަށް ޖެހިލުމުގެ ވިސްނުން ގެންގުޅެމުން އަންނަ ކަަމަށް ވަނީ ބުނެފައި.--- ފޮޓޯ: އަދަދު ސްޕޯޓްސް

ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ): ފުޓްބޯޅައާ ދުރަށް ޖެހިލުމުގެ ވިސްނުން ގެންގުޅެމުން އަންނަ ކަަމަށް ވަނީ ބުނެފައި.--- ފޮޓޯ: އަދަދު ސްޕޯޓްސް

އިއްޔެ ހަވީރު ކުޅުނު މެޗުން، ބްލޫ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޯދި މެޗަށް ފަހު، ބުރުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)، ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލަށް ވިސްނައި ރަނގަޅު މެސެޖެއް ދީފި އެވެ. 

މެޗަށް ފަހު ދިން އިންޓަވިއުގައި ނިޒާމްބެ ވަނީ އަންނަ ސީޒަނުގައި އެއްވެސް ޓީމަކުން ފެނުމުގެ ފުރުސަތު ކުޑަ ކަމަށް ބުނެފަ އެވެ. އަދި، ވިސްނުން ހުރީ، ފުޓްބޯޅައާ ދުރަށް އެހެން ދިމާލަކަށް ދިއުން ކަމަށް ވެސް ނިޒާމްބެގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ. ރާއްޖޭގެ ފުޓްބޯޅައިގައި، ކުޅުމުގެ އިތުރުން ކޯޗިން ކެރިއަރަށް ބަލާނަމަ، 30 އަށް ވުރެން ގިނަ އަހަރު ހޭދަކޮށްފައިވާ ނިޒާމްބެ ފުޓްބޯޅައިން ދުރަށް ޖެހިލުމުގެ އެ ވިސްނުން އައި ސަބަބު، "އަދަދު ސްޕޯޓްސް" އަށް، މިއަދު ވަނީ ހިއްސާކޮށްފަ އެވެ. 

ނިޒާމްބެ ބުނީ ރާއްޖޭގެ ފުޓްބޯޅަ އަށް ޓަކައި އަމިއްލަ އަށް ހުންނަ ޝައުގުވެރިކަމުގެ ސަބަބުން ގިނަ ވަގުތުތަކެއް މި ކަމަށް ދީގެން އެތައް އަހަރުތަކެއް ވަންދެން މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެެެވެ. އެހެން ނަަމަވެސް ދިވެހި ކޯޗުންނަށް މި ކަމުން ކުރިއަރައިގެން ދިއުމަށް ބޭނުންވާ ފުރުސަތު އެކަށީގެންވާ މިންވަރަށް ނެތްއިރު، ފުޓްބޯޅައިގައި މިހާރު ފެންނަމުން އަންނަ މަންޒަރުތަކަށް ބަލާއިރު ކަންކަން ހުރީ މުޅި ފުޓްބޯޅަ އަށް އެންމެ ފައިދާ ކުރާ ގޮތަށް ނޫން ކަމަށް ނިޒާމްބެ ވަނީ ފާހަގަކޮށްފަ އެވެ. 

"ދައުލަތުގެ ފައިސާ އިން ދެ ޓީމެއް ވަރުގަދަވެގެންދާތަން މި ފެންނަނީ. ދެން ތިބި ޓީމުތަކަށް މީގެއިން ވާނީ ގެއްލުން. ރާއްޖޭގެ ފުޓްބޯޅައިގެ ދުރު މުސްތަގުބަލަށް ބަލާއިރު މީގެއިން ފައިދާއެއް ނެތް. އެހެންވީމަ، ހިތައް މި އަރަނީ ހަގީގަތުގައި މި ކުރެވެނީ ރާއްޖޭގެ ފުޓްބޯޅަ އަށް ރަނގަޅު މަސައްކަތެއް ބާއޭ. ހަގީގަތަކީ މި ގޮތަށް މި ކުރެވޭ ކަމަކީ ފުޓްބޯޅަ އަށް ރަނގަޅަށް (ސަސްޓެއިން ކުރެވޭނެ ގޮތަށް) ކުރެވޭ މަސައްކަތެއް ނޫނޭ،" ނިޒާމްބެ ބުންޏެވެ. 

"ހަގީގަތުގައި ވަރަށް އުނދަގޫ ދެން ހުރި ޓީމުތަކަށް، އެހެންވީމަ ފުޓްބޯޅައާ ދުރު އެހެން ދިމާލަކުން ވެސް ފެނިދާނެ،" 

ދައުލަތުގެ ފައިސާ އިން ހަރަދުކުރާ ދެ ޓީމެއް ކަމަށް ނިޒާމްބެ އިޝާރާތް އެ ކުރީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް އެވެ. ނިއު އާއި ވިކްޓަރީގެ ބޯޑުގައި މި ސަރުކާރާ ގުޅޭ ގިނަ ފަރާތްތަކެއް ހިމެނެ އެވެ. އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ވާހަކަތައް މިހާރު ޓީމުތަކުން ފަށާފައިވާއިރު، އެންމެ ވަރުގަދަ އަށް އިވެނީ ނިއު އާއި ވިކްޓަރީގެ އަޑެވެ. 

ނިޒާމްބެ ބުނީ ލީގުގެ ކަންކަން ހިނގަމުން އަންނަ ގޮތަށް ބަލާއިރު، ދިވެހި ކޯޗުންނަށް މީގެ ހުރި ފުރުސަތުތައް ހަނިވަމުން އައުމަކީ ވެސް ކަންބޮޑުވުމެއް ކަމަށެވެ. 

ރާއްޖޭގެ ފުޓްބޯޅަ "ވެންޓިލޭޓަރުން ނަގަން" ކުރެވޭ ކަންކަމާ މެދު ވިސްނަންޖެހޭ: ނިޒާމްބެ

ދެ އަހަރެއްހާ ދުވަހު ރާއްޖޭގައި ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ނުކުޅެ އޮވެފައި، އަލުން ފަށައިގެން މަސައްކަތް ކުރާއިރު، ރާއްޖޭގެ ފުޓްބޯޅަ "ވެންޓިލޭޓަރުން ނަގަން" ކުރެވޭ ކަންކަމާ މެދު ވިސްނަން ޖެހޭ ކަމަށް ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ ބުނެފައި

މި ސީޒަނުގައި ނިޒާމްބެ ވަނީ މީގެ ކުރިން ވެސް މި ވާހަކަތައް ހިއްސާކޮށްފަ އެވެ. 

އެ ގޮތުން، މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ބުރު ކުޅުނު މެޗަށް ފަހު، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި، ނިޒާމްބެ  ބުނެފައިވަނީ، ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ގިނަ ޓީމުތަކަށް ހުރި ޗެލެންޖަސް ބޮޑު ކަމަށެވެ.

"ޗެލެންޖަސް އެބަހުރި، ވަރަށް ބައިވަރު ޗެލެންޖަސް އެބަހުރި، ބުރަށް އެކަންޏެއް ނޫން ކަންނޭނގެ، ދެތިން ކްލަބެއް ނަގާފައި ހުރިހާ ކްލަބަކަށް ވެސް އެބަހުރި މި ޗެލެންޖު، ދެން، އަހަރެމެން އަދި ކިތަންމެ ބާރުލާފައި ވެންޓިލޭޓަރުން ނެގިޔޭ ބުންޏަސް، ވެންޓިލޭޓަރުން ނަގަން އެންމެ ރަނގަޅު ޕްރޮސަސްތޯ އަހަރެމެންނަށް ފޮލޯ ކުރެވުނީ އެ ވެސް ވިސްނަން ޖެހޭ ކަމެއް،" ނިޒާމްބެ ބުންޏެވެ.

"އަަހަންނަށް ފެންނަ ގޮތުގައި އަދިއެއް ބުނަން އަވަސް، އެންމެ ރަނގަޅޭ، އެންމެ ބަރާބަރޭ، ދެން، ހީވަނީ، ގިނަ ކްލަބްތަކަށް އަންނަ ސީޒަނާ ހަަމައަށް އަންނައިރު ވަރަށް ބޮޑެތި މަސައްކަތްތަކެއް ނުކޮށްފިކަމަށްވަންޏާމު ވަރަށް ބޮޑެތި ޗެލެންޖަސްތަކާ ކުރިމަތިލާން ޖެހޭނެއޭ،"

އެފްއޭ ކަޕްގެ ފައިނަލަށް ޓީސީ ގޮވައިގެން ދިޔަ ކޯޗު މުހައްމަދު އާތިފް (އާތީ) ވަނީ ސެމީ ފައިނަލުގައި ބުރު އަތުން މޮޅުވި މެޗަށް ފަހު، ބުރު ގޮވައިގެން އުނދަގޫ ހާލަތެއްގައި އޮވެ، ނިޒާމްބެ ކުރި މަސައްކަތް ފާހަގަކޮށްފަ އެވެ. 

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ލ. ކަލައިދޫ ފުޓްބޯޅަ ޓީމު، ވިޔަންސާ، ޓީސީ ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކޯޗުކޮށްދިން ނިޒާމްބެ ވަނީ، ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ސައިފް ސްޕޯޓިން ކްލަބަށް ކޯޗުކޮށްދީފަ އެެވެ. އޭގެ އިތުރުން، ގައުމީ އަންހެން ފުޓްބޯޅަ ޓީމާއި ޔޫތު ގައުމީ ޓީމުތަކަށް ބަލާއިރު، 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދީފަ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox